Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އޮސްޓްރޭލިއާގައި ދިން ވަޅީގެ ޙަމަލާ

"ކަލޭމެންނަށް އިފުރީތެއް، އަހަންނަށް އެއީ ވަރަށް ބަލި ކުއްޖެއް"

މީހެއްގެ މޫނަށްވެސް ބަލައިލުމެއް ނެތި ވަޅި ޖަހާ މަރަމުން ދިޔަ ފިރިހެން މީހާވެސް ވަނީ މަރުވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2024 | އަންގާރަ 10:14
އެންޑްރޫ ކައުޗީ؛ އޮސްޓްރޭލިއާގެ ވަޅީގެ ޙަމަލާ ދީ 6 މީހުން މަރާލި ޖޯލްގެ ބައްޕަ

އެންޑްރޫ ކައުޗީ؛ އޮސްޓްރޭލިއާގެ ވަޅީގެ ޙަމަލާ ދީ 6 މީހުން މަރާލި ޖޯލްގެ ބައްޕަ

އޮސްޓްރޭލިއާއަކީ ސުލްޙަމަސަލަސްކަމުގެ ގޮތުން ބަލާއިރު ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ޤައުމެކެވެ. ދުނިޔޭގެ ސުލްޙައިގެ ރޭންކިންގްއަށް ބަލާ އިރު ސުލްޙަމަސަލަސްކަން އެންމެ ވަރުގަދަ 30 ޤައުމުގެ ލިސްޓުން ޖާގަ ހޯދާ ޤައުމެކެވެ. ނަމަވެސް، ދޭތެރެ ދޭތެރެއިން، ނުރައްކާތެރި ހާދިޘާތައް ހިނގާ ޤައުމެކެވެ. އޭޕްރިލް 13 ވީ ހޮނިހިރު ދުވަހަކީވެސް މި ދެންނެވި ފަދަ ދުވަހެކެވެ. ސިޑްނީގެ އިރުމަތީ ސަރަޙައްދުގެ އެންމެ ވަރުގަދަ ވިޔަފާރި މަރުކަޒުތަކުގެ ތެރޭގައި ގުނާލެވޭ ވެސްޓްފީލްޑް ބޮންޑާއި ޖަންގްޝަންގައި ވަޅިއެއް ބޭނުން ކޮށްގެން އެންމެ މީހަކު ހިންގި ޖަރީމާގައި 6 މީހެއްގެ ފުރާނަ ގެއްލި، އިތުރު 12 މީހަކު ޒަޚަމްވި ޚަބަރާއެކު މުޅި ދުނިޔެ ސިއްސުވާލިއެވެ.

ޙަމަލާ ފެށިގެން އައީ އޮސްޓްރޭލިއާ ގަޑިން މެންދުރުން އަނބުރާ 3 ވެސް ޖެހި ފަހުންނެވެ. މާ ސިންގާ ވަޅިއެއް ހިފައިގެން، ވެސްޓްފީލްޑް ބޮންޑާއި ޖަންގްޝަން ވިޔަފާރި މަރުކަޒަށް މީހަކު ވަދެގެން ދިޔައެވެ. އޭނާއަށް ހުރަސް އެޅުމަށްވެސް ބައެއް މީހުން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ދަނީ ދައުރުވަމުންނެވެ. ކުޅިވަރު ކުޅޭ މީހުން ލައި އުޅޭ ކަހަލަ ޖަރޒީއެއް ލައިގެން ހުރި ފިރިހެން މީހާ، ވެސްޓްފީލްޑް ބޮންޑާއި ޖަންގްޝަން މޯލްއަށް އެންމެ ފުރަތަމަ ވަނީ އޮސްޓްރޭލިއާ ގަޑިން މެންދުރުން އަނބުރާ 03:10 ހާއިރުއެވެ. އޭގެ ފަހުން އޭނާ އެތަން ދޫކޮށް ދިޔައެވެ. ބޮޑު ވަޅި ހިފައިގެން އަނބުރާ މޯލްއަށް ވަނީ އޭގެ 10 ވަރަކަށް މިނެޓް ފަހުންނެވެ. ބައެއް މީހުންނަށް ބިރުދައްކާ، ސިއްސުވަމުން ދިޔައިރު، އޭނާގެ "ރާޑަރު" މުޅިންހެންވެސް ޢަމާޒު ވަނީ އަންހެނުންނަށް ކަމަށް ޝައްކުވި ބައެއް މީހުންވެސް ތިއްބެވެ.

ނިއު ސައުތު ވޭލްސް ސަރަޙައްދުގައި ހުންނަ 4 ވަނަ އަށް އެންމެ ބޮޑު ވިޔަފާރި މަރުކަޒުގައި ބަޔަކަށް ތޫނު އެއްޗަކުން ޙަމަލާ ދީގެން އުޅޭ ކަމުގެ ރިޕޯޓް، އެ ސަރަޙައްދުގެ ފުލުހުންނަށް ލިބުނީ ހަވީރުޔ 4 ޖަހަން އުޅެނިކޮށެވެ. ވެސްޓްފީލްޑް ބޮންޑާއި ޖަންގްޝަން މޯލްއިން މީހުން ހުސްކޮށް، ޝިކާރައަކަށް ވި މީހުންގެ ކަންކަމުގައި ޞިއްޙީ ޚިދުމަތްތެރިން ހަރަކާތްތެރިވަމުން ދިޔައެވެ.

މީހެއްގެ މޫނަށްވެސް ބަލައިލުމެއް ނެތި ވަޅި ޖަހާ މަރަމުން ދިޔަ ފިރިހެން މީހާވެސް ވަނީ މަރުވެފައެވެ. އޭނާ މަރުވީ އެ ސަރަޙައްދުގައި ހުރި ޕޮލީސް އިންސްޕެކްޓަރ އޭމީ ސްކޮޓް، އެ ފިރިހެން މީހާއަށް ޢަމާޒުކޮށް، ބަޑިޖެހިމުންނެވެ. ވަޒަން ޢަމާޒުވީ ފިރިހެން މީހާގެ ގެއަށެވެ. ބަޑިޖެހުމަށް ފަހު އޭމީ ސްކޮޓް ވަނީ އެ ފިރިހެން މީހާ ނޭވާ ލެއްވުމަށް މަސައްކަތް ކޮށްފައެވެ. އޭމީ ސްކޮޓް ބަޑިޖެހި އަޑަކީވެސް އެތައް ބައެއްގެ ސަމާލުކަން ދަމައިގަތް ކަމެކެވެ. ކަމެއް ގޯސްވެއްޖެ ކަމުގެ އިންޒާރެއްގެ ގޮތުގައެވެ. އިތުރު ބައެއްގެ ފުރާނަ ސަލާމަތް ކުރާނެ ފުރުޞަތު ލިބުނެވެ.

ބައިބޯ މޯލްއަކަށް ވަދެ، އެޔެއް މިޔެއް ބެލުމެއް ނެތި، ބޮޑު ވަޅިއަކުން ޙަމަލާދީ މީހުން މަރަމުން ދިޔަ މީހާގެ ވަނަވަރާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ މީޑިއާގައި ތަފާތު އެކި ގޮތްގޮތަށް ބަހުސްތައް ފެށިއެވެ. އެމީހަކީ ޔުނިވަރސިޓީގައި ތައުލީމު ހާސިލު ކުރަމުން ދިޔަ، ޔަހޫދީ ދަރިކޮޅުގެ މީހެއް ކަމަށް އެއް ބަޔަކު ވަކާލާތު ކުރިއިރު، އެއީ "ހައްދުފަހަނަ އަޅާފައިވާ" މުސްލިމެއް ކަމަށް ބުނަމުން ދިޔަ ބަޔަކުވެސް އުޅުނެވެ. ކަންވީ މުޅިން ތަފާތު ގޮތަކަށެވެ. 6 މީހުންގެ ޤާތިލަކީ މި ދެންނެވި 2 މީހުން ކުރެ އެކެއްވެސް ނޫނެވެ. 

ވެސްޓްފީލްޑް ބޮންޑާއި ޖަންގްޝަންގައި ގިނަ ބަޔަކު މަރާލުމުގެ ޖަރީމާ ހިންގި މީހަކީ އޮސްޓްރޭލިއާގެ ކުއީންސްލަންޑްއަށް އުފަން، ޢުމުރުން 40 އަހަރުގެ ޖޯލް ކައުޗީ ކަމުގައި އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން ރަސްމީކޮށް ޢިއުލާން ކުރިއެވެ. އެއީ ކާކުކަން ދެނެގަނެވުނީ މޯލްގައި ޙަމަލާ ދީގެން އުޅޭ ކަމުގެ ޚަބަރުތައް ޓީވީ މެދުވެރިކޮށް ދުރަށް ފޮނުވަން ފެށި ހިސާބުން، ކައުޗީގެ ޢާއިލާއަށް އެއީ ކާކުކަން އެނގި، ފުލުހުންނަށް އެކަން ކަށަވަރުކޮށްދިން ހިސާބުންނެވެ.

މި ފަހަކަށް އައިސް ދޭ މިފަދަ ޙަމަލާތަކުގައި ކުށްވެރި ވާ މީހަކީ އިސްލާމަކު ކަމުގައި ނުވާނަމަ އެ މީހަކަށް "ވެދުމަށް އަރުވާ ލަޤަބަކަށް" ވެފައި އޮންނަނީ "ނަފްސާނީ ބަލީގެ ޕޭޝަންޓެއް" ކަމުގެ ލަޤަބެވެ. ނުވަތަ ޓެގެވެ. ނުވަތަ "ބަހަނާ" އެއްގެ ގޮތުގައިވެސް އެއް ބަޔަކަށް ސިފަ ކުރެވިދާނެއެވެ. ޖޯލް ކައުޗީގެ ކޭސްވެސް ހިނގަނީ މި ދެންނެވި މޭރުމުންނެވެ. އެ ޙަމަލާތަކަކީ ސީދާ އަންހެނުންނަށް ޢަމާޒު ކޮށްގެން ދިން ޙަމަލާތަކެއް ކަމަށް ބުރަވާއިރު، އެއީ ސަބަބަކާ ހެދި އަންހެނުން ދެކެ އިންތިހާއަށް ރުޅި އަންނަ، ނަފްސާނީ ބަލި މީހެއް ކަމަށް ފިސާރި އަޑު ހަރުކޮށް ގޮވަން ފެށިއެވެ. އޭނާއަކީ ނަފްސާނީ ބަލީގެ އެންމެ ނުރައްކާ ބަލިތަކުގެ ތެރޭގައި ގުނާލެވޭ ސްކިޓްޒަފްރީނިޔާ ޕޭޝަންޓެއް ކަމަށް ބުނަން ފެށިއެވެ.

ޖޯލް ކައުޗީގެ ބައްޕަ، މީޑިއާއަށް ދިން އިންޓަރވިއުތައްވެސް ހުރީ އެފަދަ ރާގެއްގައެވެ. ޖޯލްގެ ބައްޕަ، އެންޑްރޫ ކައުޗީ، ފެންކަޅިވެފައި ހުރެ ރޮއިޓަރޒްއާ ވާހަކަދައްކަމުން ބުނީ، އޭނާގެ ދަރިފުޅަކީ ނަފްސާނީ ބަލީގެ ދިގު ތާރީޚެއް އޮތް މީހެއް ކަމަށާ، އަންހެނުންނާ މެދު އޭނާގެ ހިތުގައި އިންތިހާ ނަފުރަތު އުފެދިފައި އޮތް ކަމަށެވެ.

ޖޯލް ކައުޗީގެ ވަޅީގެ ޝިކާރައަކަށް ވެ، މި ދުނިޔެ ދޫކުރި 6 މީހުންގެ ތެރެއިން 1 ފިޔަވާ ދެން ހިމެނެނީ ހުސް އަންހެނުންނެވެ. 5 އަންހެނުންގެ އިތުރުން ދެން މަރުވީ ސެކިއުރިޓީ ގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ފިރިހެނެކެވެ. ޒަޚަމްކޮށްލި އަނެއް 12 މީހުންގެ ތެރޭގައިވެސް ގިނައީ އަންހެނުންނެވެ. ޖޯލް ކައުޗީގެ ހިތުގައި އަންހެނުންނާ މެދު މިހާ ބޮޑު ހަސަދައެއް އުފެދިގެން އުޅެނީ ކީއްވެތޯ އެތައް ބައެއްގެ ހިތުގައި އުފެދޭ ސުވާލަށް، ބައްޕަ އެންޑްރޫ ވަނީ ޖަވާބެއްވެސް ދީފައެވެ.

ފަހަރެއްގައިވެސް ނަފްސާނީ ބަލީގެ ޕޭޝަންޓުންނަށް ދެރަބަހެއް ބުނަނީއެއް ނޫނެވެ. ނުވަތަ ދިފާޢީ ހަތިޔާރަކަށް ހަދަނީއެއްވެސް ނޫނެވެ. ޖޯލް ކައޫޗީއަކީ ސްކިޓްޒަފްރީނިޔާ ޕޭޝަންޓެއް ކަން ދޮގު ކުރަނީއެއްވެސް ނޫނެވެ. ނަމަވެސް، ހާދިޘާއަށް ފަހު މިހާތަނަށް ހިންގި ތަޙްޤީޤުތަކުން، ވަޅި ހޯދާނެ ގޮތާއި، މީހުން މަރާނެ ގޮތްތައް އޭނާ ވަނީ ބަލާ، ދިރާސާކޮށްފައި ކަން ފުލުހުންގެ ވާހަކަތަކުން އެނގެއެވެ. އަދި ޙަމަލާ ދިން މޯލްގެ އިތުރުންވެސް އެފަދަ ދެތިން ތަނެއް އޭނާ ބަލައިފާސްކުރި ކަން މިހާރު އެނގެން އެބަ އޮތެވެ. އެހެން ކަމުން، ވެސްޓްފީލްޑް ބޮންޑާއި ޖަންގްޝަންގައި ދިން ޙަމަލާތަކަކީ ދުރާލާ ރާވައިގެން ދިން ޙަމަލާތަކެއް ކަމަށް ބުރަވެވޭނެ ފުރުޞަތު ބޮޑެވެ.

ޖޯލް ކައުޗީގެ ޝިކާރައަކަށްވި މީހުންގެ ތެރޭގައި، ޢުމުރުން އެންމެ 9 މަހުގެ ތުއްތު ކުއްޖެއްގެ މަންމަވެސް ހިމެނެއެވެ. މަންމަ މި ދުނިޔެއާ ވަކިވެ ދިޔައީ، ނުވެސް ދަންނަ މީހެއްގެ އަތަށް އެ ދަރިފުޅު ދީފައެވެ. އެ ދަރިފުޅުވެސް އޮތީ އިންތިހާއަށް ޒަޚަމްކޮށްލާފައެވެ. އެންމެ 9 މަހުގައި މަންމަ ވަކިވެ ދިޔައިރު، އެ ތުއްތުތުއްތު ކުއްޖާވެސް މިއަދު އެ ދަނީ ދިރިހުރުމަށްޓަކައި ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. ސީރިއަސް ޒަޚަމްތަކަކަށް ފަރުވާ ހޯދުމަށް އޮޕަރޭޝަންކޮށް، އައިސީޔޫގައި ފަރުވާ ހޯދަމުން އެދަނީ މަންމަ ކޮބައިކަންވެސް ނޭނގޭ ޙާލުގައެވެ. ވާނުވާ އެނގޭ ވަރުވާ ދުވަހަކުން، މަންމައަށް ވީ ގޮތް އެނގި، އެ ދަރިފުޅުގެ ހިތުގައި އަޅާނެ ވޭން އިޙްސާސް ކޮށްލެވޭނެ ހެއްޔެވެ؟

ނަފްސާނީ ބަލިމަޑުކަމަކީ ފަހަރެއްގައިވެސް އީމާންތެރިކަން ކުޑަވެގެން، ނޫނީ މީހެއްގެ ފަރުވާ ކުޑަކަމަކުން ޖެހޭ ބައްޔެއް ނޫނެވެ. އަމިއްލަ އިޚްޔާރުން ބޭރުން ޖެހޭ އެހެން ބަލިތައް ފަދައިން، ނަފްސާނީ ބައްޔަކީވެސް އެ ބަލީގެ ޕޭޝަންޓުންނަށް ގިނަ ފަހަރަށް އަމިއްލަ ކޮންޓްރޯލް ގެއްލުވާލާ ބަލިމަޑުކަމެކެވެ. އެހެން ބަލުތައް ތަޙައްމަލު ކުރާ މީހުންގެ ހަށިގަނޑުގެ ބޭރުފުށުން ނުވަތަ ޖިސްމާނީ ގޮތުން ކޮންމެވެސް ކަހަލަ ނިޝާންތަކެއް، ނުވަތަ އަސަރުތަކެއް ފެންނަން ހުރެއެވެ. ނަމަވެސް ނަފްސާނީ ބަލީގެ ޕޭޝަންޓުންގެ ޙާލަތު މުޅިން ތަފާތެވެ. ގިނަ ފަހަރަށް ބޭރުފުށުން ފެންނަ ނިޝާންތަކަކީ، އެ މީހެއްގެ ނުބައި، ނުލަފާ ކަމުން "އުޅޭ ވައްތަރު" ކަމަށް އޮންނަނީ "ލޭބަލް" ކޮށްފައެވެ.

މިފަދަ ހިތާމަވެރި ހާދިޘާތައް ހިނގާ ދުވަސްކޮޅެއްގައި ވިއްޔާ ނަފްސާނީ ބަލީގެ ޙައްޤުގައި ވަކާލާތު ކުރާނެ މީހުން ފިސާރި ގިނަވެއެވެ. ނަމަވެސް، އަޑުފަށްގަނޑު ފަނޑުވަމުން ގޮސް، ވީ ކަމެއްކަން ހަނދާންވެސް ނެތޭ ގޮތް އޮންނަނީ ވެފައެވެ. އަހަރެމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުގައިވެސް އެކަން އޮތީ ހަމަ އެހެންނެވެ. ނަފްސާނީ ބަލީގެ ފަރުވާގެ އިންތިޒާމްތައް މި ޤައުމުގައި އޮތް ގޮތުގެ ވާހަކަ ރަނގަޅު ވާނީ މި ވަގުތަށް ނުދެއްކިއްޔާއެވެ! އެކަން، އެހެން ފަހަރަކަށް ބާއްވަމާ ހިނގާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު