Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސްގެ ވާހަކަފުޅު

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ވަރަށް ކުޑަކުޑަ ކަމެއް: ރައީސް ޔާމީން

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ނުވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2017 | އާދީއްތަ 12:49
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ

އެމްއެމްޕީއާރުސީގެ ފައިސާއިން ދައުލަތައް 1.22 ބިލިއަން ރުފިޔާ ގެއްލިގެން ގޮސްފައިވާއިރު، އެއީ ކުޑަކުޑަ ކަމެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕިއެމްއަށް މެންބަރުންތަކެއް ގުޅުމަށް ސްޓެލްކޯގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނަކީ އަދަދުގެ ގޮތުން ބޮޑު ހިޔާނާތެއް ކަމަށާއި އެހެން ނަމަވެސް މުޅި ދައުލަތަށް އައި ލޮޅުމަށް ބަލާ އިރު އެއީ ވަރަށް ކުޑަކުޑަކަމެއް ކަމަށެވެ. އެ މައްސަލައަށް ވުރެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭ މައްސަލަ މާބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ދިވެހި ތާރީހުގައި ސަރުކާރުގެ ތެރެއިން ހިންގި އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްބީއާރުސީގެ މައްސަލަ ކަމަށް ރައީސް ޔާމީން އިއުތިރާފުވެވަޑައިގެންފައިވާއިރު، އެ މަނިކުފާނު މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީން ދައުލަތަށް ގެެއްލިގެން ދިޔަ ފައިސާ އަނބުރާ ހޯދޭނެ ކަމަށެވެ.

ހިޔާނާތުގެ މައްސަލަތަކުގެ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާލޭގެ ދެކުނުން އޮތް އެނބޫދޫ ފިނޮޅު 3 މިލިއަން ޑޮލަރަށް ވުރެ ކުޑަ އަގެއްގައި ވިއްކާލާފައިވާކަން ހާމަވާ ސިޓީއެއް އޮތް ކަމަށާއި އެފަދަ ވަރަށް ގިނަ ސިޓީ ފެނިފައިވާ ކަމަށެވެ. އެނބޫދޫފަޅު މިހާރު ވިއްކާލާފައިވަނީ 40 މިލިއަން ޑޮލަރަށް ކަމަށާއި އޭގެތެރެއިން 30 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. ބާކީ 10 މިލިއަން ޑޮލަރު މިއަހަރު ފަހުކޮޅު ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 10 މެމްބަރަކު ސޮއިކޮށްފައިވާއިރު، އަދި އެ މެމްބަރުންގެ ތެރެއިން މެމްބަރުން ޕީޕީއެމުން ވަކިކޮށް ގޮނޑި ގެއްލުވާލާފައިވާއިރު، ރައީސް ޔާމީން މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ސަރުކާރު ފަޅީގައި ތިބި މެންބަރުންތަކެއް ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އެ މެމްބަރުންނަށް އެ ހެއްދެވުނީ ގޯހެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ޖުލައި 24 ވަނަ ދުވަހާއި 31 ވަނަ ދުވަހުގެ ޖަލްސާގައި ހިނގި ކަންކަމަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހާއްސަ އިމްތިޔާޒްތަކެއް ލިބިގެންވަނީ ވަކި ކަހަލަ ދާއިރާތަކެއްގެ ތެރޭގައި ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒްތައް ފެށޭ ހިސާބަކީ އިސްލާމްދީނުގެ އަސްލަކާއި ހިލާފު ނުވާގޮތަށް މެންބަރުން ކޮމިޓީގައި ނުވަތަ މަޖިލީހުގައި ވާހަކަފުޅު ދެއްކެވިދާނެ. އެބޭފުޅަކު ދެއްވާ ވޯޓެއް ދިނުމުގެ އިމްތިޔާޒް އެބައޮތް. އެނޫން އެހެން ކަމެއްގައި އިމްތިޔާޒްތަކެއް ނޯންނާނެ. މަޖިލީސް ތެރޭގައި މާރާމާރީއެއް ނުހިންގޭނެ،" ރައީސް ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި މަޖިލީހުގެ ދެ ޖަލްސާގައި ހިންގި ކަންކަމާ ގުޅިގެން މަޖިލީހުގެ ބައެއް މެމްބަރުން ހައްޔަރުކޮށް، އަދި ބައެއް މެމްބަރުންގެ ޖިނާއީ ތުހްމަތުކޮށް ވަނީ ތަހްގީގު ފަށައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ގާނޫނުތައް ހައްދަވަން ތިއްބަވާ ބަޔަކަށްވާއިރު އެ މެންބަރުން ވާންޖެހޭނީ އެހެން އިންސާނުންގެ އަބުރަށް ފުރިހަމައަށް އިހްތިރާމްކުރާ ބަޔަކަށް ކަމަށް ގަބޫލުކުރައްވަން ޖެހޭ ކަަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީސް މެންބަރުން މެދުވެރިކޮށްގެން ބަޣާވާތެއް ގެންނަން އުޅުމަކީ ކުރެވެގެންވާނެ ކަމެއް ނޫން. ބަޣާވާތަކީ ކިހާވަރެއްގެ ކަމެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެންވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

މަސީހު މަގާމުން ދުރުކުރުމަކީ ބަޣާވާތެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ހަމައެކަނި އެހާ ހިސާބުން ނިމޭނެ ކަމެއް ނޫން ކަމަށެވެ.

މަޖިލީހުގެ 45 މެމްބަރުން ސޮއި ކުރައްވައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު، އިދިކޮޅު މެމްބަރުން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ވަނީ ޖިނާއީ ދައުވާތައް އުފުލައިފަ އެވެ. އަދި އެ މައްސަލަ ހުށަހެޅުމާއެކު، މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން، ކުރި ހުކުމާ ގުޅިގެން ހަ މެމްބަރެއްގެ ގޮނޑި ވެސް ވަނީ ގެއްލުވާލާފަ އެވެ. އެއަށް ފަހު، މަސީހުގެ މައްސަލައިގެ ސައްހަކަން ގެއްލިފައިވާ ކަމަށް ކަނޑައަޅައި، މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

މަސީހު ރިޔާސަތުގައި ބަހައްޓައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، މަޖިލީހުގެ ޖަލްސާތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ. މަޖިލީހުގެ ޖަލްސާތައް ހުއްޓާލީ، މަޖިލީހުގެ އިދާރާގެ ފާހާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކަށް ފަހު އެވެ. މި ހާދިސާގެ ތަހްގީގު ކުރިއަށްދާ ގޮތެއް މަޖިލީހުގެ އިދާރާއިން ވެސް، ފުލުހުން ވެސް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު