Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަލަސްތީނު އިސްރާޢީލް ހަނގުރާމަ

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

15 އެޕްރީލު 2024 | ހޯމަ 09:29

މިފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ނުރައްކާ ގަތުލުއާންމުގައި ބެދިފައި ތިބެން ޖެހުނެއް ކަމަކު، ޣައްޒާގެ ރަށްވެހިންގެ ފަރާތުން ފެންނަ ހިތްވަރާއި ސާބިތުކަމަށް ސެލިއުޓް ޙައްޤު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 އެޕްރީލު 2024 | ހޯމަ 09:29
މާ ބޮޑު ތަނަވަސްކަމެއް ނެތް ނަމަވެސް، މީގެ ކުރީ އަހަރުތަކުގެ ފިޠުރު ޢީދު ދުވަސްތަކަކީ ޢާއިލާތަކުން އުފަލާއި މަޖަލުގައި ހޭދަ ކުރި ދުވަސްތަކެއް

މާ ބޮޑު ތަނަވަސްކަމެއް ނެތް ނަމަވެސް، މީގެ ކުރީ އަހަރުތަކުގެ ފިޠުރު ޢީދު ދުވަސްތަކަކީ ޢާއިލާތަކުން އުފަލާއި މަޖަލުގައި ހޭދަ ކުރި ދުވަސްތަކެއް

ބަވަނަވެފައި އޮތް އަދުގެ ދުނިޔެ މުށުތެރެއަށްލައިދިން ސޯޝަލް މީޑިޔާ ޕްލެޓްފޯމްގެ ކޮންމެ ހިސާބަކަށް ބަލައިލި ކަމުގައި ވީ ނަމަވެސް ނިމިދިޔަ ފިޠުރު ޢީދުގެ އުފާފާޅު ކުރުންތަކުގެ މަންޒަރުތައް ބަލާ ފޫހި ނުވާ ވަރަށް އާވެއާވެ ހުރެއެވެ. ހަމަ އެއާއެކު، ގަތުލުއާންމުގައި ހަފުސްކޮށްފައި އޮތް ޣައްޒާގެ ހިތްދަތި މަންޒަރުތައްވެސް ފެންނަ ވަރު މަދެކޭ ނުދެންނެވޭނެއެވެ. ޣައްޒާގެ މަސްރަހުން މުޅިންހެން ލިބެމުން ދަނީ ގިސްލާއި ރުއިމުގެ ހިތްދަތި މަންޒަރުތަކެވެ. ނަމަވެސް، ފިޠުރު ޢީދު ބަންދު ތެރޭގައި ފެނުނު ތަފާތު މަންޒަރެއްގެ ވާހަކަ ހިއްސާކޮށްލާނަމެވެ. ފަހަރެއްގައިވެސް، ޣައްޒާއަށް ހަމަޖެހުން އައިސްފައި ވާ ކަން ދެއްކުމުގެ މާނައިގައެއް ނޫނެވެ. ނަމަވެސް، މިންވަރަށް އީމާންވެ، ކިތަންމެ ބޮޑު ހިތްދަތިކަމެއްގެ ތެރެއިންވެސް އުފާ ހޯދިދާނެ ކަން އަންގައިދިނުމުގެ ގޮތުންނެވެ.

2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް ފޮހެލުމަށް ކަމަށް ބުނެ، ނިރުބަވެރި އިޒްރޭލުން މީގެ 6 މަސް ދުވަސް ކުރިން ހިންގަން ފެށި ގަތުލުއާންމުގައި، މުޅި ޣައްޒާ ސުންނާފަތި ކޮށްފައި ވާ އިރު، މުޅި އާބާދީހެން މިއަދު ދިރިއުޅެމުން ދަނީ ރެފިއުޖީންގެ ގޮތުގައެވެ. ގިނަ ބަޔަކު ތިބީ ދެކުނުގައެވެ. ރެފިއުޖީ ކޭމްޕުތަކުގައި ދުވަސްތައް ގުނަމުން ދާ އިރު، އެއީވެސް ވަކި ސަލާމަތްތެރިކަން ކަށަވަރުވާ ތަންތަނެއް ނޫނެވެ. ބޮމާއި ބަޑީގެ ހަމަލާތަކާއި އެނޫންވެސް ބަރު ހަތިޔާރުގެ އަޑުފަށްގަނޑު ކަނޑައިގެން ދާ ވަގުތެއް ނާދެއޭވެސް ދެންނެވިދާނެއެވެ.

އުފަން ފަސްގަނޑުގައި ރެފިއުޖީންނަށްވެ، އިންތިހާ ނިކަމެތި ހާލުގައި ޣައްޒާގެ ރަށްވެހިން މިއަދު "ދިރިއުޅެމުން" ގެންދާ އެއް ސަރަޙައްދަކީ، ޖަބާލިއާ ރެފިއުޖީ ކޭމްޕްއެވެ. ފިޠުރު ޢީދުގެ އުފާ ފާޅު ކުރުމަށް، އެ ކޭމްޕު ތެރޭގައި ކޮންމެވެސް ވަރެއްގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން ސަމާލުކަން ދަމައިގަތް އެއް ކަމަކަށް ވީ، ކުދިވެރިންގެ ބަޔަކު، ސީސޯ ހެއްލަން ތިބި ތިބުމެވެ.

ފަހަރެއްގައިވެސް އަހަރެމެން ގޮސް މި އުޅޭ ޕާކުތަކާއި މައިޒާންތަކުގައި ހުންނަ ކަހަލަ ސީސޯއެއް ނޫނެވެ. އުފަލާ މަޖަލުގައި ދުވަސްތައް ހޭދަ ކުރުމުގެ ފުރިހަމަ ޙައްޤު އޮތް މި ކުދިންކޮޅު މިއަދު ވަގުތުތައް ގުނަމުން އެދަނީ ކޮންތާކުން ނެރޭ ހިތްވަރެއްލައިގެން ކަން ދަންނަވާކަށް ހަމަ ހިލާ ނޭނގެއެވެ.

އެ ކުދިންކޮޅު ސީސޯއެއްގެ ގޮތުގައި އެ ބޭނުން ކުރަނީ، އިޒްރޭލުން ސުންނާފަތިކޮށް، ބިމާ ހަމަކޮށްފައިވާ އިމާރާތްތަކުގެ ގައުކުނޑިތަކުގެ މަތީގައި ހޮޅިގަނޑެއް ބާއްވާ، އެ ހޮޅިގަނޑުގެ ދެކޮޅުގައި އިށީނދެ ތިބެގެންނެވެ.

މިފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ނުރައްކާ ގަތުލުއާންމުގައި ބެދިފައި ތިބެން ޖެހުނެއް ކަމަކު، ޣައްޒާގެ ރަށްވެހިންގެ ފަރާތުން ފެންނަ ހިތްވަރާއި ސާބިތުކަމަށް ސެލިއުޓް ޙައްޤެވެ. ޢުމުރުން އެންމެ 14 އަހަރުގެ މުޙައްމަދު އަބޫ ޤުމްސާންގެވެސް އިސްތިސްނާއެއް ނެތެވެ. އެ ސަރަޙައްދަށް ޖަމާވެ ތިބި ކުދިންނާއެކު ލަވަކިޔާ ބެރުޖެހުމުގައި މުޙައްމަދު އުޅުނުއިރު، އެ ހިތުގައި ޖަހަމުން ދިޔަ ނުތަނަވަސްކަމުގެ ވިންދު، އަހަރެމެންނަށް ވަޒަން ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ލިބުނު އެއްޗަކުން ފުއްދާލައިގެން ދިރިއުޅުން ކުރިއަށް ގެންދިއުމަށް އާދަވެފައިވާ ޣައްޒާގެ ރަށްވެހިންނަށްވެސް މި ފަހަރުގެ ފިޠުރު ޢީދު ތަފާތެވެ. ޢާއިލާތަކުގެ އެތައް ޖީލުތަކެއް މި ދުނިޔެއާ ވަކިވެ ގޮސްފައި ވާ އިރު، ހިތް އުފާކޮށް ހިތްހަމަޖައްސާލަން މަޑުކޮށްލާނެ ހަމަ އެންމެ ތަންފުކެއްވެސް އެ ރަށުގައި ނެތެވެ. މާ ބޮޑު ތަނަވަސްކަމެއް ނެތް ނަމަވެސް، މީގެ ކުރީ އަހަރުތަކުގެ ފިޠުރު ޢީދު ދުވަސްތަކަކީ ޢާއިލާތަކުން އުފަލާއި މަޖަލުގައި ހޭދަ ކުރި ދުވަސްތަކެކެވެ. ޢާއިލާތަކުން ޕާކުތަކަށް ޖަމާވެ، އުފާ ފާޅު ކުރުމުގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ.  ނަމަވެސް އަދުގެ ހާލަތު ބަދަލުވެއްޖެއެވެ.

ޙަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ކުއްލި ޙަމަލާއެއްގެ ރައްދު ކަމަށް ބުނެ، ނިރުބަވެރި ޔަހޫދީން ޣައްޒާގައި ހިންގަން ފެށީ ނަސްލު ދޮވެލުމުގެ ގަތުލުއާންމުގައި ޣައްޒާއިން މަރުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 33500 އަށް ވުރެ މައްޗަށް އަރައިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

"އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް

30 މާރިޗު 2017
  "އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް
09 މާރިޗު 2017

މީހަކާ ނީނދެ ހުރެ ދަރިން ހޯދުމުން ކަރަން ޖޯހަރަށް ސިޔާސީ ލީޑަރެއް މަލާމާތް ކޮށްފި

09 މާރިޗު 2017
މީހަކާ ނީނދެ ހުރެ ދަރިން ހޯދުމުން ކަރަން ޖޯހަރަށް ސިޔާސީ ލީޑަރެއް މަލާމާތް ކޮށްފި
22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
17 ޖެނުއަރީ 2017

ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް

17 ޖެނުއަރީ 2017
ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިން ވަނަ ފިލްމަށް އިންޑިޔާގައި ތިން ދުވަސް ތެރޭ 17.5 ކްރޯޑް ރުޕީސް
16 ޖެނުއަރީ 2017

ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ

16 ޖެނުއަރީ 2017
ރިލީޒްކުރިތާ ދެ ދުވަސް ތެރޭ ފިލްމަށް 12.47 ކްރޯޑް ރުޕީސްގެ އާމްދަނީ
14 ޖެނުއަރީ 2017

އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު

14 ޖެނުއަރީ 2017
އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު
08 ޖެނުއަރީ 2017

"ރަންގޫން" ގެ އޮފިޝަލް ޓްރެއިލަރ އަށް އެއްދުވަސްތެރޭ ނުވަ މިލިއަން ވިއުސް

08 ޖެނުއަރީ 2017
 "ރަންގޫން" ގެ އޮފިޝަލް ޓްރެއިލަރ އަށް އެއްދުވަސްތެރޭ ނުވަ މިލިއަން ވިއުސް
07 ޖެނުއަރީ 2017

ކާޑޭޝިއަން އަނބުރާ ސޯޝަލް މީޑިއާއަށް!

07 ޖެނުއަރީ 2017
ކާޑޭޝިއަން އަނބުރާ ސޯޝަލް މީޑިއާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް