Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓާ ޔުނައިޓެޑް

އޮނާނާގެ ޝުކުރު ޔުނައިޓެޑްގެ ސަޕޯޓަރުންނަށް

ޓީމަށް ހޭނެން ހަ މަސް ދުވަސް ނެގި: އޮނާނާ

ރާއްޖެ އެމްވީ | 15 އެޕްރީލު 2024 | ހޯމަ 06:18
ޕެނަލްޓީ މަތަކުރުމަށްފަހު އޮނާނާ އުފާފާޅުކުރަނީ: ފޮޓޯ-ރޮއިޓަރސް

ޕެނަލްޓީ މަތަކުރުމަށްފަހު އޮނާނާ އުފާފާޅުކުރަނީ: ފޮޓޯ-ރޮއިޓަރސް

މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އެކުލަބުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފި އެވެ.

އޭނާ ބުނީ އިޓަލީގެ އިންޓަމިލާނުގައި ހުރެފައި ޔުނައިޓެޑަށް ބަދަލުވުމަށްފަހު އިނގިރޭސިވިލާތަކަށާއި ޔުނައިޓެޑަށް ހޭނެން އޭނާ އަށް ފުރަތަމަކޮޅު ވަރަށް ބޮޑަށް ދަތިވި ކަމަށެވެ. މި ގޮތުން ޓީމަށާއި މާހައުލަށް ހޭނުނީ ހަމަސް ދުވަސް ފަހުން ކަމަށެވެ.

އޮނާނާ ބުނީ ސީޒަނުގެ ފުރަތަމަ ދުވަސްކޮޅު އޭނާ ހުއްޓައި ޔުނައިޓެޑްގެ ގޯލަށް ގިނަ ބޯޅަތަކެއްވަދެ ޗެމްޕިއަންސް ލީގުން ޔުނައިޓެޑް ކެޓުން ފަދަ ދެރަނެތީޖާތައް ނުކުތީ އޭނާ ޓީމަށް ހޭނެން ވަގުތު ނެގުމުން ކަމަށެވެ.

ކެމަރޫނުގެ ގައުމީ ކީޕަރު ބުނީ މެންޗެސްޓާ ޔުނައިޓެޑަކީ ބޮޑު ކުލަބެއް ކަމަށާއި މިހެންވެ ކޮންމެ ސީޒަނެއްގައި ޗެމްޕިއަންސް ލީގު ކުޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިހާރު ޓީމުގައި ތިބި އެކަމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ.

ޔުނައިޓެޑުގައި ފަހަކަށް އައިސް އޮނާނާ ކުޅުނު މެޗުތަކުގައި އޭނާ ވަނީ ބައިކޮޅަށް ގޯލު ވަނަނުދީ ގިނަ މެޗުތަކެއްގައި މޮޅަށް ކުޅެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ވަނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ކުޅެން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހިފަ އެވެ. އެއީ ލީގު ޕާފޯމަންސް ދަށްވެ، ޕްރެމިއާ ލީގުގެ ތާވަލުގެ މެދުތެރެއަށް ސޮއްސާލާފައިވާތީ އެވެ.

އިތުރަށް ކިޔާލަން

31 މެއި 2017

ޓްރާންސްފާ ބާޒާރުގައި ބާސާ އިން ހޯދަން ބޭނުންވަނީ ޔުނައިޓެޑްގެ ހެރޭރާ

31 މެއި 2017
ޓްރާންސްފާ ބާޒާރުގައި ބާސާ އިން ހޯދަން ބޭނުންވަނީ ޔުނައިޓެޑްގެ ހެރޭރާ
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
11 މެއި 2017

ސެލްޓާވިގޯ މެޗަކީ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ މުހިތްމު މެޗު: މޮރީނިއޯ

11 މެއި 2017
ސެލްޓާވިގޯ މެޗަކީ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ މުހިތްމު މެޗު: މޮރީނިއޯ
08 މެއި 2017

އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

08 މެއި 2017
އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި
07 އެޕްރީލު 2017

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު