Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާނުން އިސްރާއީލަށް ދިން ހަމަލާ

އިތުރަށް ހަނގުރާމަ ފުޅާކުރާނީ އިސްރާއީލުގެ އަމަލުތައް ހުންނަގޮތަކުން: އީރާން

14 އެޕްރީލު 2024 | އާދީއްތަ 13:08

އިސްރާއީލުން ބަދަލު ހިފުމުގެ ގޮތުން އީރާނަށް ދޭ އެއްވެސް ހަމަލާއެއްގައި އެމެރިކާއިން ބައިވެރިނުވާނެ ކަމަށް އެގައުމުން ވަނީ ބުނެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 14 އެޕްރީލު 2024 | އާދީއްތަ 13:08
އީރާނުން އދ.ށް ކަޑައަޅާފައި ހުންނަވާ ދާއިމީ ސަފީރު، އަމީރު ސައީދު އިރާވާނީ -- ފޮޓޯ: އީރާން ޕްރެސް

އީރާނުން އދ.ށް ކަޑައަޅާފައި ހުންނަވާ ދާއިމީ ސަފީރު، އަމީރު ސައީދު އިރާވާނީ -- ފޮޓޯ: އީރާން ޕްރެސް

އިސްރާއީލަށް ހައްގުވާ އަދަބު ދެވިއްޖެ ކަމަށާއި، ހަނގުރާމަ އިތުރަށް ފުޅާކުރާނީ އިސްރާއީލުގެ އަމަލުތައް ހުންނަގޮތަކުން ކަމަށް އީރާނުން ބުނެފިއެވެ.

އިރާނުން ބުނީ އިސްރާއީލުން ދިން ހަމަލާގެ ބަދަލުގައި ހަމަލާނުދޭހާ ހިނދަކު، އިސްރާއީލާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަން އިތުރަށް ކުރިއަށް ގެންދިޔުމުގެ ވިސްނުމެއް ނެތްކަމަށެވެ.

އީރާނުން އިސްރާއީލަށް ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ދިން ހަމަލާތަކަށްފަހު، އީރާނުން އދ.ށް ކަޑައަޅާފައި ހުންނަވާ ދާއިމީ ސަފީރު، އަމީރު ސައީދު އިރާވާނީ، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއާއި ސަލާމަތީ މަޖިލީހުގެ ރައީސް ވެނެސާ ފްރޭޒިއާއަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، އީރާނުން ގައުމު ދިފާއުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް ފަސްނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުންވެސް، މިދިޔަ ހަފުތާގައި ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީ ކޮމްޕްލެކްސްއަކަށް އިސްރާއީލުން ދިންފަދަ ހަމަލާއެއް ތަކުރާރުކޮށްފިނަމަ އީރާނުން ރައްދުގައި ދެން ދޭ ހަމަލާ މިއަށްވުރެ ވަރުގަދަވާނެ ކަމަށް ވެސް އެ ސިޓީފުޅުގައި ވެއެވެ.

އިރާވާނީ ވިދާޅުވީ، އީރާނުން އެ ގައުމުގެ ރައްޔިތުންނާއި ގައުމީ ސަލާމަތާއި މަސްލަހަތާއި، އިސްތިގުލާލާއި، ސަރަހައްދީ އެއްބައިވަންތަކަން ރައްކާތެރިކުރާނީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ކަމަށާއި، ގައުމަށް އަންނަ އިންޒާރުތަކަށް ހަމަލާދޭނީ ވެސް މިފަދައިން ކަމަށެވެ.

އީރާނުން އިސްރާއީލަށް ހަމަލާދީފައިވަނީ، ސީރިއާގައި ހުންނަ އީރާނުގެ އެމްބަސީ ކޮމްޕްލެކްސްއަކަށް މިދިޔަ ހަފުތާގައި އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ބުނެ ދެމުންދިޔަ އިންޒާރުތަކަށްފަހުއެވެ.

މިސައިލާއި ޑްރޯން ހިމެނޭގޮތަށް 200އަށްވުރެ ގިނަ ހަމަލާ އީރާނުން އިސްރާއީލަށް ފޮނުވާލިއިރު، އިސްރާއީލުގެ އަޔަން ޑޯމާއި ފައިޓަރ ޖެޓް ބޭނުންކޮށްގެން ބައެއް ހަމަލާތައް މަތަކުރިނަމަވެސް އިސްރާއީލުގެ ބައެއް އަވަށްތަކަށް ޑްރޯންތަކުގެ ހަމަލާތައް ވަނީ އަމާޒުވެފައެވެ.

މި ހަމަލާގެ ބަދަލުހިފާނެކަމަށް އިސްރާއީލުން ބުނެފައިވާއިރު، އިސްރާއީލުގެ މި އަމަލުގައި އެމެރިކާއިން ބައިވެރިނުވާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް