Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޙިޒުބުﷲއިން ހަމަލާދިނުން

ލުބުނާނުގައި ހަރަކާތްތެރިވާ ޙިޒުބުﷲ އިން ވެސް އިސްރާއީލަށް ރޭ ހަމަލާދީފި

14 އެޕްރީލު 2024 | އާދީއްތަ 09:48

އައިޑީއެފް އިން ބުނީ އޭގެ ރައްދުގައި ލުބުނާނުގެ ދެކުނުގެ ހަތަރު ސަރަހައްދެއްގެ ހިޒްބުاللهގެ ތަންތަނަށް އެއްފަހަރާ ވައިގެ ހަމަލާތައް ދީފައިވާ ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 14 އެޕްރީލު 2024 | އާދީއްތަ 09:48
ރޭ ދަންވަރު އިސްރާއީލަށް ހަމަލާތަކެއް ދިންކަމަށް ޙިޒްބުﷲއިންވެސް ވަނީ ކަށަވަރުކޮށްދީފައި -- ފޮޓޯ: އަނަޑޯލު

ރޭ ދަންވަރު އިސްރާއީލަށް ހަމަލާތަކެއް ދިންކަމަށް ޙިޒްބުﷲއިންވެސް ވަނީ ކަށަވަރުކޮށްދީފައި -- ފޮޓޯ: އަނަޑޯލު

އިރާނުގެ ހަމަލާތަކާއެކު ލުބުނާނުގައި ހަރަކާތްތެރިވާ ޙިޒުބުﷲ އިން ވެސް އިސްރާއީލަށް ރޭ ހަމަލާދީފައިވާ ކަމަށާއި، އިރާނުގެ ޑްރޯންތަކުގެ އިތުރުން، ހިޒުބުﷲގެ  މިސައިލާއި ޑްރޯންތަކެއް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ދެނެގަނެވިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އީރާނުގެ ތާއީދު އޮންނަ ހިޒްބުالله އާ އިސްރާއީލާ ދެމެދު ބޯޑަރު ހުރަސްކޮށް ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އިސްރާއީލުގެ އުތުރުގެ ސަރަހައްދަށް ހޮނިހިރު ދުވަހު ލުބުނާނުން ފޮނުވާލި ތިން ރޮކެޓާއި ގޮވާތަކެތި ބަރުކޮށްފައިވާ ދެ ޑްރޯން ފެނިފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ނެރުނު ބަޔާނެއްގައި ބުނީ އުތުރު ބޯޑަރު ކައިރީގައި އޮންނަ ހަނީތާ އާބާދީގެ އެލާޓްތަކާ އެކު ލުބްނާނުން އިސްރާއީލަށް ތިން ރޮކެޓް ފޮނުވާލި ކަން އަސްކަރިއްޔާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ލުބުނާނުން އިސްރާއީލުގެ ހަނީތާ ސަރަހައްދަށް ފޮނުވާލި ދެ ޑްރޯން ވެސް ވަނީ ގޮއްވާލައިފައެވެ.

އައިޑީއެފް އިން ބުނީ އޭގެ ރައްދުގައި ލުބުނާނުގެ ދެކުނުގެ ހަތަރު ސަރަހައްދެއްގެ ހިޒްބުاللهގެ ތަންތަނަށް އެއްފަހަރާ ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ. 

ލުބުނާނުގެ ޝީއީ މުސްލިމް ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން އެކަމުގެ ޒިންމާ އުފުލާފައިވަނީ ހަނީތާ ޖަންގަލީގައި އިސްރާއީލުގެ އަސްކަރީ އެއްވުމަކާ ދިމާލަށް ރޮކެޓާއި ޑްރޯން ފޮނުވާލާފައިވާ ކަމަށް ބުނެއެވެ.

ބޯޑަރު ހުރަސްކޮށް މި ހަމަލާތައް ބަދަލުކޮށްފައި މިވަނީ ޣައްޒާގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެކޮޅަށް އިސްރާއީލުން ދެމުން ގެންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން އިސްރާއީލާއި ލުބްނާންގެ ބޯޑަރު ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ހަމާސް އިން އިސްރާއީލުގެ ސިޓީތަކަށް ރޮކެޓް ހަމަލާތަކެއް ދޭން ފެށުމުން އިސްރާއީލުން މި އޮޕަރޭޝަން ފެށީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ ރޮކެޓާއި ޑްރޯންގެ ހަތިޔާރު އޮންނަ އީރާނަށް ތާއީދުކުރާ ހިޒްބުاللهގެ އިތުރު ޕްރޮޖެކްޓަލް ހަމަލާތަކާ ދެކޮޅަށް އަސްކަރިއްޔާ އިން ހައި އެލާޓްގައި ތިބުމުން އުތުރުގައި އިތުރު ގޮވުންތަކެއް ގޮއްވާލާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިސްރާއީލުގެ އުތުރުގައި އެންމެ ފަހުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިޒްބުاللهގެ އަލް މަނާރު ޓީވީން ބުނީ އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އަދިވެސް ލުބުނާނުގެ އެތެރޭގެ އެގައުމުތަކުގެ ތަންތަނަށް ހަމަލާދެމުން އަންނަ ކަމަށެވެ.

އިތުރަށް ކިޔާލަން

06 އޮކްޓޯބަރު 2017

ޔަމަނުގެ ދާޚިލީ ހަނގުރާމާގައި ހަރަކާތްތެރިވާ ސައުދީ-ކޯލީޝަން އދ. އިން ބްލެކްލިސްޓް ކޮށްފި

06 އޮކްޓޯބަރު 2017
ޔަމަނުގެ ދާޚިލީ ހަނގުރާމާގައި ހަރަކާތްތެރިވާ ސައުދީ-ކޯލީޝަން އދ. އިން ބްލެކްލިސްޓް ކޮށްފި
27 އޯގަސްޓު 2017

ބަންގާޅު ބޯޑަރުކައިރިން ރޯހިންގޔާ މުސްލިމުންނަށް ހަމަލާދީފި

27 އޯގަސްޓު 2017
ބަންގާޅު ބޯޑަރުކައިރިން ރޯހިންގޔާ މުސްލިމުންނަށް ހަމަލާދީފި
27 ޖޫން 2017

ތުރުކީ ސިފައިން ގަތަރުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުމަކީ "އަސްކަރީ ގޮތުން ކަންކަން ހަލަބޮލިކުރަން އުޅޭ އުޅުމެއް": ބަހްރައިން

27 ޖޫން 2017
ތުރުކީ ސިފައިން ގަތަރުގައި ހަރަކާތްތެރިވާން ފުރުސަތު ދިނުމަކީ "އަސްކަރީ ގޮތުން ކަންކަން ހަލަބޮލިކުރަން އުޅޭ އުޅުމެއް": ބަހްރައިން
17 މެއި 2017

ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

17 މެއި 2017
ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި
08 މެއި 2017

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އިސްވެރިޔާ އަބްދުލް ހާސިބް މަރާލައިފި

08 މެއި 2017
އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ގެ އިސްވެރިޔާ އަބްދުލް ހާސިބް މަރާލައިފި
14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް