Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

އެހީ ހޯދަން އުޅުނު 71 މީހުން ޣައްޒާ ގައި އިސްރާއީލުން ޝަހީދު ކޮށްލައިފި

ޣައްޒާ ގައި އެހީ ހޯދަން މަސައްކަތްކުރި ފަލަސްތީނު މީހުންނަށް އިސްރާއީލުން ދިން ރަހުމްކުޑަ ހަމަލާގައި 71 މީހުން ޝަހީދުވެ، ސަތޭކައިން މީހުން ޒަހަމްވެފައިވާއިރު، ހައިހޫނުކަމާއި ނުރަނގަޅު ކާނާގެ ސަބަބުން މަރުވާ މީހުންގެ އަދަދުވެސް ދަނީ މައްޗަށެވެ.

ރާއްޖެ އެމްވީ | 31 ޖުލައި 2025 | ބުރާސްފަތި 03:00
އިސްރާއީލާއި އެމެރިކާގެ މަދަދު ލިބިގެން ހިންގާ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ބަހާ އެހީ ހިފައިގެން ފަލަސްތީނުގެ ރައްޔިތުން ޓެންޓްތަކަށް އެނބުރި ދަނީ- 1 މެއި 29، 2025

އިސްރާއީލާއި އެމެރިކާގެ މަދަދު ލިބިގެން ހިންގާ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ބަހާ އެހީ ހިފައިގެން ފަލަސްތީނުގެ ރައްޔިތުން ޓެންޓްތަކަށް އެނބުރި ދަނީ- 1 މެއި 29، 2025

ހައިހޫނުކަމުގެ ތެރޭގައި އޮތް ޣައްޒާ ގައި އިންސާނީ އެހީ ހޯދަން މަސައްކަތް ކުރި ބަޔަކަށް ހަމަލާދީ އިސްރާއީލުން މަދުވެގެން 71 ފަލަސްތީނު މީހުން ޝަހީދު ކޮށްލައިފި ކަމަށް އަލްޖަޒީރާ އަށް ސިއްހީ މަސްދަރުތަކުން މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، ހައިހޫނުކަމާއި ނުރަނގަޅު އެއްޗެހި ކެއުމުގެ ސަބަބުން އިތުރު 7 މީހުން މަރުވެފައިވާކަމަށް އިސްރާއީލުން ހިސޯރު ކޮށްފައިވާ ޣައްޒާގެ ހޮސްޕިޓަލްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، ބުދަ ދުވަހު އުތުރު ޣައްޒާ އަށް އެހީގެ ޓްރަކުތައް ވަންނަ ޒިކިމް ކްރޮސިންގ ޕޮއިންޓަށް ދަނިކޮށް އިސްރާއީލުގެ ބާރުތަކުން ދިން ހަމަލާއެއްގައި މަދުވެގެން 51 މީހުން މަރުވެ، 648 އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ.

މީގެ އިތުރުން، ދެކުނު ޣައްޒާގެ ޚާން ޔޫނިސް ގައި އޮންނަ މޮރާގް ކޮރިޑޯ ކައިރީގައި އެހީ ހޯދަން އުޅުނު އިތުރު 20 މީހުން މަރުވެފައިވާކަމަށް ނާސިރު މެޑިކަލް ކޮމްޕްލެކްސްއިން ރިޕޯޓުކޮށްފައިވެއެވެ.

މޭ މަހުގެ ފަހުކޮޅު ހަރަކާތްތެރިވާން ފެށި އެމެރިކާ އަދި އިސްރާއީލުގެ އެހީތެރިކަން ލިބިގެން ހިންގާ ޖީއެޗްއެފްގެ އެހީ ބެހުމުގެ މަރުކަޒުތައް ކައިރީގައި އެހީ ހޯދަން އުޅުނު 1،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން މިހާތަނަށް އިސްރާއީލު ބާރުތަކުން ޝަހީދު ކޮށްލާފައިވެއެވެ.

ޖީއެޗްއެފް އިން އެކަށީގެންވާ މިންވަރަށް އެހީ ފޯރުކޮށްނުދޭ މައްސަލަގައާއި އެތަނުގެ އެހީ ބަހާ ސައިޓުތަކުގަ އާއި އެ ސަރަޙައްދުގެ ސަލާމަތީ ހާލަތު ދަށްވެފައިވާތީ، އދ އާއި އެހެނިހެން އިންސާނީ ޖަމްޢިއްޔާތަކުން ވަނީ ހަރުއަޑުން ފާޑުކިޔާފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި އިތުރު ފުރާނަތަކެއް ގެއްލިފައި މިވަނީ، ޚާއްޞަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހައިހޫނުކަން އިތުރުވަމުންދާކަމަށް އެހީދޭ އޭޖެންސީތަކާއި ޞިއްޙީ އޮފިޝަލުން އިންޒާރުދެމުންދާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން ބުނާ ގޮތުގައި މި ފާއިތުވި ދެތިން ހަފްތާ ތެރޭގައި 89 ކުޑަކުދިން ހިމެނޭ ގޮތަށް، 154 މީހުން ނުރަނގަޅު ތަކެތި ކެއުމުގެ ސަބަބުން މަރުވެފައިވެއެވެ. ދުނިޔޭގެ ހައިހޫނުކަން މޮނިޓަރކުރާ ފަރާތަކުން އަންގާރަ ދުވަހު ބުނެފައިވަނީ ޣައްޒާ ގައި ހައިހޫނުކަމުގެ ހާލަތު ގޯސް ވަމުން އަންނަ ކަމަށެވެ.

ޣައްޒާ އަށް އެހީ ބޭނުންވާ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް، ޣައްޒާ އަށް ވަންނަ އެހީގެ މިންވަރު ބޭނުންވާ މިންވަރަށްވުރެ މާ ދަށުގައި އޮތްކަމަށް ރިޕޯޓްތައް ބުނެއެވެ. ފަލަސްތީނު ރެފިއުޖީންނަށް ޚިދުމަތްދޭ އދ.ގެ އޭޖެންސީ އަންރުވާގެ ތަރުޖަމާނު އަދްނާން އަބޫ ހަސްނާ އަލްޖަޒީރާ އަރަބިކް އަށް ބުނި ގޮތުގައި ޣައްޒާ އަށް ވައްދަން ހުއްދަދޭ އެހީގެ ކުޑަ މިންވަރު ވެސް "އާބާދީގެ ބޮޑު ބަޔަކަށް ނުލިބޭ" ކަމަށެވެ.

އދ. އިން ބުނާ ގޮތުގައި އަސާސީ އިންސާނީ ބޭނުންތައް ފުއްދުމަށް ޣައްޒާ އަށް ދުވާލަކު މަދުވެގެން 500 އާ 600 އާ ދެމެދުގެ އަދަދެއްގެ އެހީގެ ޓްރަކު ބޭނުންވެއެވެ. ނަމަވެސް، ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި އެ ސަރަޙައްދަށް ވަދެފައިވަނީ އެންމެ 269 ޓްރަކެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު