Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާނުން އިސްރާއީލަށް ހަމަލާދިނުން

އީރާނުން ދިން ވައިގެ ހަމަލާތަކުގެ 99 އިންސައްތަ ނާކާމިޔާބު ކޮށްލެވުނުކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ ދިފާއުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދިން ނަމަވެސް އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ދޭ ހަމަލާއެއްގައި ބައިވެރިނުވާނެ ކަމަށް ބުނެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2024 | އާދީއްތަ 09:05
އީރާނުން ދިން ހަމަލާތަކުގެ ރައްދު ވަރަށް އަވަހަށް ދޭނެކަމަށް އިސްރާއީލުން ބުނޭ

އީރާނުން ދިން ހަމަލާތަކުގެ ރައްދު ވަރަށް އަވަހަށް ދޭނެކަމަށް އިސްރާއީލުން ބުނޭ

ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ޔަހޫދީ ފައުޖުން ޙަމަލާދީ, ސިފައިންގެ ބަޔަކު ޝަހީދު ކޮށްލި މައްސަލައިގައި ބަދަލުހިފާނެކަމުގެ އިންޒާރުތަކާއެކު އިސްރާއީލަށް އަމާޒުކޮށް އީރާނުން ވަނީ ޑްރޯންއާއި މިސައިލްގެ 300 އެއްހައި ހަމަލާ ރޭދަންވަރު ފޮނުވާލައިފައެވެ.

މިހަމަލާތަކުގެ ސަބަބުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށް ބައެއް ނޫސްއެޖެންސީތަކުން ރިޕޯޓް ކޮށްފައިވީނަމަވެސް އިސްރާއީލުން ބުނީ ރައްދު ދިނުމުގެ ގޮތުން އީރާނުން ރޭ ފޮނުވައިލި ޑްރޯންއާއި މިސައިލް ހަމަލާތަކުގެ 99 އިންސައްތަ ނާކާމިޔާބުކޮށްލެވިފައިވާ ކަމަށެވެ.

އެކަމަކު، އިސްރާއީލުން ބުނީ އެ ހަމަލާތަކުގައި އަސްކަރީ މަރުކަޒަކަށް ކުދި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އެ ހަމަލާތަކުގައި ޒަޚަމުވެފައިވަނީ އެންމެ މީހެއްކަމަށާއި، އެއީވެސް ކުޑަ އަންހެން ކުއްޖެއްކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނި ގޮތުގައި އީރާނުން ފޮނުވައިލި 300 އެއްހައި ހަމަލާގެ ތެރެއިން 99 އިންސައްތަ ހަމަލާ ވަނީ ނާކާމިޔާބުކޮށްލައިފައެވެ. މިހަމަލާތައް ނާކާމިޔާބު ކޮށްލެވިފައިވާ ކަމަށް އިސްރާއީލުން ބުނާއިރު، މިހާރު އިސްރާއީލުގެ އެއާޕޯޓްސް އޮތޯރިޓީން ވަނީ އެ ގައުމުން ބަންދުކުރި ވައިގެ ސަރަހައްދު ވެސް އަލުން ހުޅުވާލިކަން ހާމަކޮށްފައެވެ.

މިހަމަލާތައް ނާކާމިޔާބު ކޮށްލުމުގައި އިސްރާއީލަށް އެހީތެރިވެފައިވާނެކަމަށް އެ މީހުންނަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. އަދި، އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ގުޅުއްވައި، އިސްރާއީލުގެ ދިފާއުގައި އެމެރިކާއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ވެސް ބައިޑަން ވަނީ ދީފައެވެ.

ބައިޑެން ވިދާޅުވީ އިސްރާއީލާއެކު އެމެރިކާ އަބަދުވެސް އޮންނާނެކަމަށާއި، އިސްރާއީލުގެ ދިފާއުގައި ކުރާކަންކަމަށް އިސްރާއީލަށް ފުރިހަމައަށް އެއްބާރުލުންދޭނެކަމަށެވެ. އަދި އީރާނާ މެދު ފިޔަވަޅު އަޅައި، އިތުރު އަސްކަރީ ހަމަލާއެއް ނުދޭނެކަން ކަށަވަރުކުރަން ވެސް އޭނާ ވަނީ ގޮވާލައިފައެވެ.

ހަމަލާތައް ފޮނުވައިލުމަށް ފަހު އީރާނުން އދ. ގެ ސަލާމަތީ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ގައުމުން މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްކުރަން ނޭދޭކަން ހާމަކޮށްފައެވެ. އަދި، ރޭ ފޮނުވައިލި ހަމަލާތަކަކީ ސީރިއާގައި ހުންނަ އެ ގައުމުގެ އެމްބަސީއަށް ދިން ހަމަލާގެ ރައްދު ހަމަލާތަކެއް ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ.

އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވެސް ވަނީ އެ ގައުމުން ވެސް މެދުއިރުމަތީގެ ހާލަތު ގޯސްކުރަން ނޭދޭ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އިސްރާއީލުގެ ދިފާއަށް އެހީތެރިވުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ބްލިންކެން ވެސް ވަނީ ދެއްވައިފައެވެ.

އިސްރާއީލުގެ ދިފާއުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދިން ނަމަވެސް އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ދޭ ހަމަލާއެއްގައި ބައިވެރިނުވާނެ ކަމަށް ވެސް ބުނެފައެވެ. އެފަދަ ހަމަލާއެއްގައި އެމެރިކާއިން ބައިވެރިނުވާނެ ކަމަށް އެމެރިކާގެ ރައީސް ބައިޑެން ނަތަންޔާހޫއަށް ވެސް ދަންނަވާފައިވާ ކަމަށް އަލްޖަޒީރާ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އިސްރާއީލަށް ހަމަލާދިނުމަށްފަހު އީރާނުންވަނީ އެމެރިކާއަށްވެސް އިންޒާރުދީފައެވެ. އީރާނުންބުނީ އެއްވެސް ގައުމެއްގެ ވައިގެ ސަރަޙައްދު އިސްރާއީލަށް ހުޅުވާލައިގެން އީރާނަށް ހަމަލާއެއްދޭ ކޮންމެ ގައުމަކާ ދެކޮޅަށް ހަމަލާދޭނެކަމަށެވެ.

އީރާނުން މިފަދަ އިންޒާރެއް ދީފައިވާއިރު، އެހެން ގައުމެއްގެ ވައިގެ ތެރޭގައި އުދުހުމުގެ ފުރުސަތު ނުލިބި އަދި އެހެން ގައުމެއްގެ ވައިގެ ޖައްވުގައި ތެޔޮ އެޅުމުގެ ފުރުސަތު ނުލިބި އިސްރާއީލުގެ ޖެޓްތަކަށް އީރާނަށް ބޮމެއް ނޭޅޭނެއެވެ. އީރާނާއި އިސްރާއީލާ ދެމެދު 2،000 ކިލޯމީޓަރުގެ ދުރުމިން ހުންނާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު