Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެއްފަސް ކުރުމުގެ ސިޔާސަތު

ތަރައްޤީގެ މަޝްރޫތައް ހިންގާއިރު އިސްކަންދޭންޖެހޭނީ އާބާދީ ބޮޑު ރަށްތަކަށް، އެއްފަސް ކުރެވޭނީ އޭރުން: ރައީސް

ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގާއިރު، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އިސްކަންދޭންޖެހޭކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2024 | އާދީއްތަ 07:06
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ތަރައްޤީގެ މަޝްރޫތައް ހިންގާއިރު އިސްކަންދޭން ޖެހޭނީ އާބާދީ ބޮޑު ރަށްތަކަށް ކަމަށާއި، ރަށްރަށް އެއްފަސްކުރެވޭނީ އޭރުންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގަމުގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރަށްރަށުގެ ތަރައްޤީއަށް ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގާއިރު، އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. އެގޮތުން ބަލާއިރު އެކަމުގައި އިސްކަންދޭން ޖެހޭނީ އެންމެ ބިންބޮޑު، އާބާދީ އޮތް ތަންތަނަށްކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން، އެހެން ރަށްރަށުގެ ރައްޔިތުންވެސް އެއްފަސް ކުރުމުގެ ބޭނުމުގައި އެ ރަށްރަށް ހިޖުރަކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ކުރިން ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރުވެސް ރާއްޖެ އެއްފަސް ކުރުމުގެ ސިޔާސަތަށް ތާއީދު ކުރައްވައި ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާފައިވެއެވެ. އެގޮތުން ސައޫދީ އަރަބިއްޔާ އާއެކު ފ އަތޮޅާއި ގުޅޭގޮތުން ހަދާ ޑީލްގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރައްތަކެއްގެ މީހުން އެހެން ރަށްތަކަށް ބަދަލުކުރާނެ ކަމުގެ އިޝާރާތެއް އޭރުވެސް މުއިއްޒު ދެއްވާފައިވެއެވެ.

އޭގެ އިތުރުން، ވެރިކަމަށް ވަޑައިގެންނެވި ފަހުންވެސް ރައީސް މުއިއްޒު ގެންދަވަނީ އެކި ޕޯޑިއަމްތަކުގައި އެ ސިޔާސަތު ޕްރޮމޯޓު ކުރައްވަމުންނެވެ. އެގޮތުން އުތުރުގެ 4 އަތޮޅު ހިމެނޭ ތަރައްގީ ޒޯނުގެ ތެރޭގައި ވެސް އާބާދީއާ އެއްފަސްކުރެވޭ އަދި އިސްކަންދޭ ރަށްތަކެއް ހިމެނޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުން ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، ތަރައްގީ ކުރުމުގައި އޮތް ހަމައެކަނި މަގަކީ އެއްފަސް ކުރުމެއް ނޫން ކަމަށާއި، ރާއްޖެ ތަރައްގީ ކުރުމުގައި ލާމަރުކަޒީކޮށް އެކަން ކުރުމަކީ މުހިންމު ކަމެއް ކަމަށް އިދިކޮޅު މައިޕާޓީ އެމްޑީޕީން ގެންދަނީ ބުނަމުންނެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގައި ވަނީ އެ ސިޔާސަތުގެ ދަށުން ރަށްރަށް ގުޅުވާލައި، އާރްޓީއެލް ފެރީގެ ނިޒާމު ޤާއިމުކޮށް، ރަށްރަށުގައި މަޝްރޫއުތައް ހިންގާފައެވެ.

އިތުރަށް ކިޔާލަން

17 އޯގަސްޓު 2018

ހުޅުމާލެ އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭނެއް އެބަ އޮތް، މަޝްރުއޫތައް ހިންގާއިރު ކޮރަޕްޝަނެއް ނުފެންނާނެ: އިބޫ

17 އޯގަސްޓު 2018
ހުޅުމާލެ އިތުރަށް ތަރައްގީ ކުރުމުގެ ޕްލޭނެއް އެބަ އޮތް، މަޝްރުއޫތައް ހިންގާއިރު ކޮރަޕްޝަނެއް ނުފެންނާނެ: އިބޫ
28 ޖުލައި 2018

ތަރައްޤީގެ ނަމުގައި އިބޫ ވައްކަން ނުކުރައްވާނެ: ޝާހިދު

28 ޖުލައި 2018
ތަރައްޤީގެ ނަމުގައި އިބޫ ވައްކަން ނުކުރައްވާނެ: ޝާހިދު
11 ޖުލައި 2018

އާބާދީއާ ގުޅޭ ރިސަރޗްތައް ހެދުމަށް ގައުމީ ޔުނިވާރސިޓީއާ ޔޫއެންއެފްޕީއޭއާ އެކު އެއްބަސްވެއްޖެ

11 ޖުލައި 2018
އާބާދީއާ ގުޅޭ ރިސަރޗްތައް ހެދުމަށް ގައުމީ ޔުނިވާރސިޓީއާ ޔޫއެންއެފްޕީއޭއާ އެކު އެއްބަސްވެއްޖެ
08 މާރިޗު 2018

ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ޙިއްޞާ އޮވެގެން: ނާއިބު ރައީސް

08 މާރިޗު 2018
ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނީ އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ޙިއްޞާ އޮވެގެން: ނާއިބު ރައީސް
22 ޖެނުއަރީ 2018

ނޮވެމްބަރު ތަރައްޤީގެ މަޝްރޫޢުތަކާއި އާސަންދައަށް ކުރި ހޭދަ ކުޑަވެއްޖެ

22 ޖެނުއަރީ 2018
ނޮވެމްބަރު ތަރައްޤީގެ މަޝްރޫޢުތަކާއި އާސަންދައަށް ކުރި ހޭދަ ކުޑަވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު