Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލްގެ ބޯޓެއް ހިފެހެއްޓުން

އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ އާގު ބޯޓެއް އީރާނުގެ އަސްކަރިއްޔާއިން ހިފަހައްޓައިފި

13 އެޕްރީލު 2024 | ހޮނިހިރު 12:16

އީރާނުން ބުނީ ބޯޓް ހިފެހެއްޓީ އަސްކަރިއްޔާއިން ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަނެއްގެ ދަށުން ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 13 އެޕްރީލު 2024 | ހޮނިހިރު 12:16
ކޮންޓެއިނަރ އުފުލާ އާގުބޯޓެއް -

ކޮންޓެއިނަރ އުފުލާ އާގުބޯޓެއް -

އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ ކޮންޓެއިނަރު އުފުލާ ބޮޑު އާގު ބޯޓެއް އީރާނުގެ އަސްކަރިއްޔާއިން ހޮރްމޫޒް ކަނޑުއޮޅި ކައިރިން ހިފަހައްޓައިފިއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރްޖީސީ) އިން ވަނީ އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ ކޮންޓެއިނަރު ބޯޓެއް ހޮރްމޫޒް ކަނޑުއޮޅި ކައިރިން ހިފެހެއްޓިކަން ކަށަވަރުކޮށްދީފައެވެ.

އެމްއެސްސީ އެރީޒް ނަމަކަށް ކިޔާ މި ބޯޓު އައިއާރްޖީސީގެ މެރިން ޔުނިޓުން ހިފަހައްޓާފައި ވަނީ ހެލިބޯންގެ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ އިރްނާއިން ހޮނިހިރު ދުވަހު ވަނީ ބުނެފައެވެ.

ޕޯޗުގީޒުންގެ ދިދަ ޖަހާފައިވާ މި އުޅަނދު ދަތުރުކުރަމުން ދިޔައީ އީރާނުގެ ކަނޑުގެ ސަރަހައްދާ ދިމާލަށް ކަމަށް އެ ރިޕޯޓުގައި ވެއެވެ.

މީގެ ކުރިން އިސްރާއީލުގެ ޗެނަލް 14 އާއި ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަތުލައިގަތް އުޅަނދަކީ އިސްރާއީލުގެ ވިޔަފާރިވެރިޔާ ޔަލް އޮފަރގެ ޒޮޑިއަކް މެރިޓައިމް ޝިޕިން ކުންފުނީގެ ބޯޓެކެވެ.

އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ސަރަހައްދުން އުޅަނދެއް ހިފަހައްޓާފައިވާ ކަމަށާއި އުޅަނދުފަހަރުން ރައްކާތެރިކަމާއެކު ޓްރާންސިޓްކޮށް ޝައްކު ކުރެވޭ އެއްވެސް ކަމެއް ކުރާނަމަ ޔޫކޭއެމްޓީއޯއަށް ރިޕޯޓް ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް މި މަހުގެ ކުރީކޮޅު ދިން ހަމަލާއާ ގުޅިގެން އީރާނުން އިސްރާއީލާ ދެކޮޅަށް އަސްކަރީ ހަމަލާއެއް ދޭން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާގައި 13 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި އީރާނުގެ ހަތް އަސްކަރީ އެޑްވައިޒަރުން ވެސް ހިމެނޭ އިރު، އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އިސްރާއީލުގެ މައްޗަށް އެ ތުހުމަތުކޮށްފައެވެ.

މަރުވި މީހުންގެ ތެރޭގައި ސީރިއާ އާއި ލުބުނާނުގައި ހުންނަ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރްޖީސީ)ގެ ސީނިއާ ކޮމާންޑަރު ޖެނެރަލް މުހައްމަދު ރިޒާ ޒަހެދީ އާއި އޭނާގެ ޑެޕިއުޓީ ޖެނެރަލް ހާދީ ހާދީ ހައްޖު ރަހެމީ ވެސް ހިމެނެއެވެ.

މި ހަމަލާއަށްފަހު އީރާނާއި އަސްކަރިއްޔާގެ އިސް ވެރިން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައި ވާއިރު، ބައެއް ފަރާތްތަކުން ހުކުރު ދުވަހު ވަނީ ބަދަލުހިފުމުގެ ހަމަލާ 48 ގަޑިއިރަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަންނާނެ ކަމަށް ލަފާކޮށްފައެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި މިދިޔަ ބުދަ ދުވަހު ފިތުރު އީދުގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ ބަދަލު ހިފުމުގެ އިންޒާރު އާކުރައްވައި އެ ހަމަލާގެ އަދަބު އިޒްރޭލަށް ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި މި މައްސަލައިގައި ޔަހޫދީ ސަރުކާރުން ހެދީ ގޯހެއް ކަމަށާއި އެކަމަށް އަދަބު ދޭން ޖެހޭނެ ކަމަށާއި އަދަބު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަވާބުގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވީ އީރާނުން ދީފާނެ ހަމަލާ އަކަށް އެގައުމު އޮތީހުރިހާ ގޮތަކުންވެސް ތައްޔާރަށް ކަމަށާ ހަމަލާދީފިނަމަ ތެލްއަވީވްއިން ރައްދު ދޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

07 ޖޫން 2017

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި

07 ޖޫން 2017
އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ބަޑިޖަހައި ބައެއް މީހުން ޒަހަމްކޮށްލައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
09 މެއި 2017

މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ

09 މެއި 2017
މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
03 އެޕްރީލު 2017

އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ

03 އެޕްރީލު 2017
އަޑިއަށްދިއަ ދެކުނު ކޮރެއާގެ އާގު ބޯޓުން ދިރިހުއްޓައި މީހަކު ފެނޭތޯ މަސައްކަތް ކުރަނީ
02 އެޕްރީލު 2017

ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި

02 އެޕްރީލު 2017
ދެކުނު ކޮރެއާގެ ގެއްލިގެން އުޅޭ އާގު ބޯޓް އަޑިއަށް ގޮސްފައިވަކަމަށް ބެލެވެން ފަށައިފި
18 މާރިޗު 2017

ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

18 މާރިޗު 2017
ކެނެޑާގެ ޝޮޕިންގ މޯލެއްގެ މައްޗަށް ދެ މަތިންދާ ބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް