Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ ސިފައިން

ހާހަކުން 90ށް ދަށްވި ސިފައިންގެ ދެވަނަ ބެޗް ފުރައިފިކަމަށް ރައީސް ވިދާޅުވެއްޖެ

ދެވަނަ ބެޗްގެ ސިފައިން ފުރި ތާރީހުވެސް ރައީސަށް އޮޅިވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 އެޕްރީލު 2024 | ހޮނިހިރު 00:35
އައްޑޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ

އައްޑޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ

ރާއްޖޭގައި ތިބިކަމަށް މި ސަރުކާރުން ބުނަމުންދާ އިންޑިއާ ސިފައިންގެ ތެރެއިން 2 ޕްލެޓްފޯމެއްގައި ތިބި ސިފައިން އަނބުރާ ފޮނުވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސްކޫލްތައް ސިޔާސީ ހަރަކާތްތަކަށް ދޫނުކުރެވޭނެކަމަށް ބުނުމަށްފަހު އައްޑޫ ހައިސްލޫގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ބެއްވި ކެމްޕޭން ޖަލްސާގައި ޔަގީން ނުވެ ހުންނަވާ މޭރުމަކުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާ ސަރުކާރާއެކީގައި ފުރަތަމަ ދުވަހުން ފެށިގެން މަޝްވަރާކުރަން ފެށުނު ކަމަށާއި، މިހާރު މަސައްކަތް ގޮސްފައި އޮތް ހިސާބަކީ ދެފަރާތުން މަޝްވަރާ ފެށި ޓައިމްޓޭބަލް ހެދި 3 ބެޗަށް 3 ޕްލެޓްފޯމްގައި ތިބި ސިފައިން ފައިބާ ގޮތަށް ކަމަށެވެ. ފުރަތަމަ ޓީމް ފައިބާފައިވާ ކަމަށާއި، 9 އެޕްރީލް ގައި ދެވަނަ ޕްލެޓްފޯމްގައި ތިބި ސިފައިން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

ދެވަނަ ބެޗްގެ ސިފައިން ދިޔަކަމަށް ރައީސްއަށް އޮޅިވަޑައިގެން ވިދާޅުވެވުނީ ހުކުރު ދުވަހުއެވެ. އަދި ޔަގީންކަމެއް ނެތް ގޮތަށް ސިފައިން ދިޔައީ 9 އެޕްރީލްގައި ކަމަށް ފަހުން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 3 ޕްލެޓްފޯމްގެ ތެރެއިން 2 ޕްލެޓްފޯމްގައި ތިބި މީހުން ގޮސްފި ކަމަށާއި، 10 މެއިގައި އެއްބަސްވެފައިވާ ގޮތަށް ބާކީ ތިބި ސިފައިން ވެސް ގެންދާނެ ކަމަށެވެ. އެހެންކަމުން ވައުދު ފުދުނީ ކަމަށާއި، އެމަނިކުފާނު ވިދާޅުވި ގޮތަށް ވައުދު ފުދުނީ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް އިންޑިއާ ސިފައިން ތިބިކަމަށް ސަރުކާރުން ބުނެފައިވަނީ 90 ވަރަކަށް ސިފައިންނެވެ. ނަމަވެސް ރާއްޖޭގައި އިންޑިއާގެ ހާހަކަށްވުރެ ގިނަ ސިފައިން ތިބި ކަމަށް ރައީސް ވަނީ ރިޔާސީ އިންތިހާބުގައި އެކިފަހަރު މަތިން ވިދާޅުވެފައެވެ. އެހެންކަމުން ބާކީ ސިފައިންގެ އަދަދު ނޭނގެނީސް އަދި އެ ސިފައިންނަށް ވީގޮތެއް ނޭނގެނީސް ރައީސްގެ މި ވައުދު ފުދުނުކަމަށް ނުބުނެވޭނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރައީސް ވިދާޅުވީ އަދިވެސް މިނިވަންކަން ޔަގީންކުރަން އެތަކެއް ކަމެއް ކުރަން އެބަހުރި ކަމަށާއި، މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އިންޑިއާ ސިފައިން ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު