Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބައެއް ގައުމުތަކަށް ދަތުރުކުރުން މަނާކުރުން

އީރާން، ލުބުނާން، އިސްރާއީލް އަދި ފަލަސްތީނަށް ދަތުރު ނުކުރުމަށް ފަރަންސޭސިވިލާތުން އިލްތިމާސްކޮށްފި

ނިރުބަވެރި ސިޙްޔޫނީން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 33،634 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2024 | ހުކުރު 13:03
ފްރާންސުން މިއިންޒާރު ދީފައިވަނީ އިރާނުން އިސްރާއީލަށް ހަމަލާދީފާނެކަމުގެ ބިރުއޮތުމުން

ފްރާންސުން މިއިންޒާރު ދީފައިވަނީ އިރާނުން އިސްރާއީލަށް ހަމަލާދީފާނެކަމުގެ ބިރުއޮތުމުން

އީރާން، ލުބުނާން، އިސްރާއީލް އަދި ފަލަސްތީނަށް ދަތުރު ނުކުރުމަށް ފަރަންސޭސިވިލާތުން އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އީރާނާއި ލުބްނާނާއި އިސްރާއީލާއި ފަލަސްތީނުގެ ބިންތަކަށް ދަތުރުނުކުރުމަށް އެޤައުމުގެ ރައްޔިތުންނަށް އިންޒާރު ދީފައިވާ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާއެއްގައި ދެ ޖެނެރަލުން ހިމެނޭ ގޮތަށް ހަތް ރިވޮލިއުޝަނަރީ ގާޑުން ޝަހީދުކޮށްލުމާ ގުޅިގެން، މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރުވެދާނެ ކަމުގެ ބިރު ހީވެފައިވާއިރު، އީރާނުން ވަނީ އިސްރާއީލާ ދެކޮޅަށް ބަދަލު ހިފުމުގެ އިންޒާރު ދީފައެވެ.

ފްރާންސްގެ ޚާރިޖީ ވަޒީރު ސްޓެފަން ސެޖޯން ވެސް ވަނީ އީރާނުގައި ތިބި ފަރަންސޭސި ޑިޕްލޮމެޓުންގެ އާއިލާގެ މެމްބަރުން ނެރުމަށާއި ފްރާންސްގެ ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކު ލިސްޓުކޮށްފައިވާ ގައުމުތަކަށް މިޝަންތަކުގައި ނުފޮނުވުމަށް ވެސް އެދިވަޑައިގެންފައެވެ.

ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަމާސް އިން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލާއި ދެކޮޅަށް ދިން ހަމަލާއަށް ފަހު އިސްރާއީލުން ދަނީ ޣައްޒާއަށް ބޮން އަޅަމުންނެވެ. އަދި ސީރިއާ އާއި ލުބްނާނުގައި ހަރަކާތްތެރިވާ އީރާނުގެ ސިފައިންނާއި ބައިވެރިންނާ ދެކޮޅަށް ވެސް ހަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ.

ޣައްޒާގެ އެންމެ ފަހުގެ ހަމަނުޖެހުންތައް ފެށުނީއްސުރެ އިޒްރޭލުން ވަނީ ލުބުނާނުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ހިޒްބުالله ޖަމާއަތާ އެކު ބޯޑަރު ހުރަސްކޮށް ކޮންމެދުވަހަކުވެސް ބަޑީގެ ހަމަލާތައް ބަދަލުކޮށްފައެވެ.

ސިޙްޔޫނީން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ މި ހަމަލާތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ފަލަސްތީނުގެ އެތައް ބަޔަކު އަންނަނީ ޝަހީދު ކުރަމުންނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ނިރުބަވެރި ސިޙްޔޫނީން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 33،634 އަށްވުރެ ގިނަ ފަލަސްތީނުގެ މީހުން ޝަހީދު ވެފައިވާއިރު، 76،214 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީއާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ފްރާންސްޣައްޒާފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު