Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫސިޓީގެ ކުރިއެރުމާއި ތަރައްޤީ

ނިމިދިޔަ 5 އަހަރު 5.5 ބިލިއަން ރުފިޔާގެ މަޝްރޫޢު އައްޑޫސިޓީގައި ހިންގާފައިވޭ - ނާޒިލް

މަޝްރޫޢުތައް ކުރިއަށްނުގެންދާ ސަބަބާ މެދު ސުވާލުކުރުމަށް ވަޒީރުން ހާޒިރުކޮށް މިސްރާބު ހަމަމަގަށް އެޅުވުމަށް އެމްޑީޕީ އަށް މެޖޯރިޓީ ދޭން ޖެހޭ ކަމަށް ނާޒިލް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 އެޕްރީލު 2024 | ހުކުރު 07:50
މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް

މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް

ނިމިދިޔަ ސަރުކާރުން ހިންގި މަޝްރޫޢުތަކުގެ އަގު 32 ބިލިއަނެއްހާ ރުފިޔާ އަށް އަރާ ކަަމަށާއި އޭގެ ތެރެއިން 5.5 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިންގީ އައްޑޫ ސިޓީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ އައްޑޫސިޓީގައި ބޭއްވި އެމްޑީޕީ "މިސްރާބު ހަމަމަގަށް" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ 5 އަހަރަކީ އަމާން އޮމާން 5 އަހަރު ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެށި މަޝްރޫޢުތައް މިހާރުވެސް ފެންނަން އެބަހުރި ކަމަށާއި އޭގެ ތެރެއިން ބައެއް މަސައްކަތްތައް ނިމިފައިވާއިރު، ކުރިން ފަށާފައި ހުރި ބައެއް މަޝްރޫޢުތަކުގެ ބިންގާ އަޅާ ވާހަކަ ވެސް މި ސަރުކާރުން ދައްކަމުންދާ ކަަމަށް ނާޒިލް ވިދާޅުވިއެވެ. ކުރީގެ ރައީސް ސާލިހުގެ 5 އަހަރަކީ ފުރިހަމަ 5 އަހަރުކަމަށް ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ، އައްޑޫސިޓީ ތަމްސީލްކުރުމަށް އެމްޑީޕީގެ މެންބަރުން ހޮވަން ޖެހެނީ އައްޑޫގެ ތަރައްްޤީގެ މަޝްރޫޢުތައް ރަނގަޅު މިސްރާބަށް ދާކަން ޔަޤީންކުރުމަށް ކަމަށެވެ.

އައްޑޫސިޓީ އަށް އެންމެ ބޮޑަށް ހެޔޮ އެދެނީ އެމްޑީޕީ ކަމަށާއި މަޖިލީހުގައި އައްޑޫސިޓީ ތަމްސީލްކުރާ މެމްބަރުންގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިއްޖެ ނަމަ، ސަރުކާރަށް މަޖުބޫރުކޮށްގެން ވެސް އައްޑޫގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ މަގު ހޯއްދަވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް އިތުރަށް ވިދާޅުވީ 117 ޕްރޮޖެކްޓުގެ މަސައްކަތް މި ސަރުކާރު އައި ފަހުން ހުއްޓާލާފައިވާ ކަަމަށާއި އެއީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓްތައް ހުއްޓުމުން އާއްމުންނަށް ގެއްލުންވާ ކަމަށާއި އެކަންކަމާ މެދު ސަރުކާރުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން މަޝްރޫޢުތައް ކުރިއަށްނުގެންދާ ސަބަބާ މެދު ސުވާލުކުރުމަށް ވަޒީރުން ހާޒިރުކޮށް މިސްރާބު ހަމަމަގަށް އެޅުވުމަށް އެމްޑީޕީ އަށް މެޖޯރިޓީ ދޭން ޖެހޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

އެމްޑީޕީއައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު