Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ގާނޫނު

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް!

ގާނޫނަށް ގެނެވުނު އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ހަނިވެ، މުވައްޒަފުން ނެގުމާއި ބިން ކުއްޔަށް ދިނުން މަނާވެއްޖެ

ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 10:49
އއ. ރަސްދޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - 20 އޮގަސްޓް 2025

އއ. ރަސްދޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން - 20 އޮގަސްޓް 2025

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫން (ލާމަރުކަޒީ ގާނޫން) އަށް ގެނައި އިސްލާހް ބާތިލު ކުރުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީީ) އިން ކޯޓަށް ހުށަހަޅައިފިއެވެ.

އެމްޑީޕީ އިން ބުރާސްފަތި ދުވަހު ހުށަހެޅި މައްސަލައިގައި ލާމަރުކަޒީ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫން ގެ 70 ވަނަ މާއްދާގެ (ޅ) ގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާ އާއި 1-144 ގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާތަކަކީ، ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އިން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ ހިލާފު މާއްދާތަކެއް ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، މި މާއްދާތަކުގެ ސަަބަބުން ގާނޫނު އަސާސީ އިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ރައްޔިތުން ހިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމަށް ލިބިދޭ ހައްގާއި، ގާނޫނުއަސާސީ އިން ކަށަވަރުކޮށްދޭ މުދާ ހޯދައި ގެންގުޅުމުގެ ހައްގު ނިގުޅިގެން ދާތީ އާއި، މި މާއްދާތައް ފާސްކޮށްފައި ވަނީ، ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ހިލާފަށްކަމަށްވާތީ، އާއި މި އިސްލާހުގެ މި ދެ މާއްދާ ބާތިލުކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.

ސަރުކާރުން ހުށަހަޅައިގެން، ލާމަރުކަޒީ ގާނޫނު އަށް 16 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، 14 އޮގަސްޓު 2025 ގައި، ރައީސުލްޖުމްހޫރިއްޔާ އެ ގާނޫނު ތަސްދީގު ކުރެއްވުމުން އެ ގާނޫނަށް އެ ތާރީހުގައި ވަނީ އަމަލު ކުރަން ފަށާފައެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ލޯކަލް ކައުންސިލުގެ ދައުރާއި ބާރުތައް ހަނިވާގޮތަށް އުސޫލުތައް ކަނޑައަޅައިފައިވާ ކަމަށް ބުނެފައިވެއެވެ.

އެ ގޮތުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ ވަކި ހާއްސަ ޝަރުތުތަކެއް ފުރިހަމަވާ ކަންކަން ކަމުގައިވާންވާނެ ކަމަށް ކަނޑައެޅުމާއި، އެ ކުންފުނިތަކުގެ ދާއިރާ ހަނިކޮށްފައިވާ ކަމަށާއި، އެ މަސައްކަތަކީ، ރަށުގައި ނުވަތަ ރަށްތަކުގައި އުމްރާނީ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވާން ޖެހޭނެ ކަމަށް ކަނޑައެޅުމާއި، އެ މަސައްކަތުގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލުގެ އަދަދު، 10،000،000 ރުފިޔާއަށްވުރެ ބޮޑުވާން ޖެހޭނެ ކަމަށް ކަނޑައެޅުން ފާހަގަ ކޮށްފައިވެއެވެ.

ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ލޯކަލް އޮތޯރިޓީ ކުންފުނިން ކުރިން ފަށައިފައިވާ ވިޔަފާރިތަކުގެ ތެރެއިން، މި ޝަރުތުތަކާ ތަޢާރުޟުވާ ވިޔަފާރިތައް، ޤާނޫނަށް ޢަމަލުކުރަންފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްޓައިލަން ވާނޭ ކަމަށްވެސް މި މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި ކައުންސިލުގެ 5 އަހަރުގެ ދައުރުގެ ތެރެއިން، ފަހު އަހަރުގައި، މާލީ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިން މެނުވީ، ބައެއް ކަންކަން ކުރުމަށް ނިންމައިގެންނުވާނެ ކަމަށް ކަނޑައަޅައި، ކައުންސިލުގެ ޒިންމާ އަދާކުރުމަށް އޮތް މުއްދަތު ކުރު ކުރު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މި ގާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލުގެ އިދާރާއަށް ނުވަތަ ކައުންސިލުގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި، ދިނުމާއި، ކައުންސިލުތަކުން އެކަށައަޅައިފައިވާ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅައިފައިނުވާ އާ ތަރައްޤީގެ މަޝްރޫއުތައް ފެށުން ވަނީ ނިމުމަކަށް ގެނެސްފައެވެ.

މައްސަލައިގައި ބުނެފައި ވަނީ ކައުންސިލްތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅައި، ގާނޫނުއަސާސީ އިން އެކަށައަޅާފައިވާ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލާތީ، މި މާއްދާތައް، ގާނޫނުއަސާސީގެ 230 ވަނަ މާއްދާއާ ހިލާފުވާ ކަމަށް ދެކޭ ކަމަށެވެ.

މި އިސްލާހުތަކުގެ ސަބަބުން، ރައްޔިތުން ހިޔާރުކުރާ މަންދޫބުން މެދުވެރިކޮށް އެމީހުންގެ ކަންކަން ހިންގުމުގެ ހައްގަށް ހުރަސްއަޅާ އިރު، މި އިސްލާހުތައް ރެޓްރޯއެކްޓިވްކޮށް ހިނގާގޮތަށް ގާނޫނު ފާސްކޮށްފައި ވަނީ ގާނޫނުއަސާސީގެ ކަމާ ގުޅުން ހުރި މާއްދާތަކާ ހިލާފަށް ކަމަށް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާއިން ލާޒިމުކުރާ ކަމެކެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާ ގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ޖެހޭނީ ރައްޔިތުން އިންތިހާބުކުރާ ކައުންސިލްތައް މެދުވެރިކޮށްގެން ކަމަށް ވެސް ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުއެމްޑީޕީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުލޯކަލް ކައުންސިލްލޯކަލް އޮތޯރިޓީ ކުންފުނިލޯކަލް ގަވަމަންޓް އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު