Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެރީކޭން

ހެރީކޭން ދިޔައީ ފުރައިގެން، ދަރިން އެކްސިޑެންޓްވެ ހޮސްޕިޓަލުގައި

ކޭން އަށް މި ހަބަރު ލިބުނީ އިނގިރޭސިވިލާތަށް ދިޔަ ފަހުން

ރާއްޖެ އެމްވީ | 11 އެޕްރީލު 2024 | ބުރާސްފަތި 23:43
ހެރީކޭންގެ ތިން ކުދިން ބަޔާންގެ ދަނޑުގައި

ހެރީކޭންގެ ތިން ކުދިން ބަޔާންގެ ދަނޑުގައި

އިނގިރޭސި ކެޕްޓަން ހެރީކޭން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އާސެނަލްއާ ކުޅެން ފުރި ދުވަހު އޭނާގެ ތިން ކުދިން އެކްސިޑެންޓްވެ ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެ އެވެ.

ނަމަވެސް އެއްވެސް ކުއްޖަކަށް ސީރިއަސް އަނިޔާއެއްނުވެ ވަނީ ސަލާމަތްވެފަ އެވެ. ފުލުހުންނާ ހަވާލާދީ ޖަރުމަނުގެ ނޫސްތަކުން ބުނަނީ މިއުނިކްގެ ޝާފްޓްލާންގައި މި އެކްސިޑެންޓް ހިނގީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އެއިރު ކޭންވީ އަންގާރަ ދުވަހުގެ ރޭ ލަންޑަނުގައި އޮތް މެޗަށް ޓީމާއެކު ފުރާފަ އެވެ. އަދި އެކްސިޑެންޓްވި ދެ ކާރާއި ވޭންގައި ތިބި މީހުން އެންމެ ކައިރި ހޮސްޕިޓަލަށް ގެންދިޔައީ އެމްބިއުލާންސް އާއި ހެލިކޮޕްޓަރުގައި ކަމަށެވެ.

ކޭންގެ ތިން ކުދިން ތިބި ވޭން އެކްސިޑެންޓްވީ އެއް މަގުން އަނެއް މަގަށް ނުކުންނަން އުޅުމުގެ ތެރޭގައި 20 އަހަރުގެ އަންހެން ކުއްޖަކު ދުއްވަން އިން ކާރެއްގައި ޖެހިފަ އެވެ. މި އެކްސިޑެންޓްގައި އެހެން ކާރަކަށް ވެސް ވަނީ ގެއްލުންލިބިފަ އެވެ. އަދި ތިން ވެހިކަލުން ޖުމުލަ އަށް މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފަ އެވެ.

ވޭން އެކްސިޑެންޓްވިއިރު އޭގައި ތިބީ ކޭންގެ ތިން ކުދިންނަކީ ތިން އަހަރުގެ ލުއިސް އާއި ފަސް އަހަރުގެ ވިވިއޭން އާއި ހަތް އަހަރުގެ އިވީ އެވެ. އެންމެ ފަހުން ކޭން އަށް ލިބުނު ކުއްޖާ ހެންރީ މި އެކްސިޑެންޓްވިއިރުވީ މަންމަގާތުގައި ގޭގަ އެވެ.

މި އެކްސިޑެންޓްގެ ހަބަރު ކޭން އަށް ދިނީ އެރޭ އިރާކޮޅު ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ. މި ސީޒަނުގައި 100 މިލިއަން ޔޫރޯ އަށް ބަޔާންއަށް ބަދަލުވި ފޯވަޑް ވަނީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ އާސެނލް ކޮޅަށް ގޯޅު ވެސް ޖަހައިފަ އެވެ.

ހެރީ ކޭން

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
23 ނޮވެމްބަރު 2024

ބަޔާން މޮޅުވީ ކޭންގެ ހެޓްރިކުން

23 ނޮވެމްބަރު 2024
ބަޔާން މޮޅުވީ ކޭންގެ ހެޓްރިކުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު