Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީއެންއެފް ޖަލްސާއަށް ހުރަސްއެޅި މައްސަލަ

ތަހުގީގު ރިޕޯޓު އިރުއޮއްސި 6:00ގެ ކުރިން ލިބެންޖެހޭނެ، އެކަންކުރި ފުލުހުންނަށް ފިޔަވަޅު އަޅާނަން: ރައީސް މުއިއްޒު

ޖަލްސާއަށް ހުރަސްއެޅި އިންސްޓްރަކްޝަންއާއި ހިލާފަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2024 | ބުދަ 13:55
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓު އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ރޭ ހުރަސް އެޅި މައްސަލަ ބަލައި، އެކަން ކުރި ފުލުހުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މީޑިއާތަކާއި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ކުރިމަތިލީ ވެސް އަދި ރައްޔިތުންނަށް ވީ ވައުދަކީ ވެސް ގައުމުގައި ހަމަޖެހުން ގާއިމްކުރެއްވުމަށް ކަމަށެވެ. ކުރީގައި ފެނުނު ގޮތަށް ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭނެ ކަމަށާއި، ސިޔާސީ ހިޔާލެއް ފާޅުކޮށްގެން މީހަކަށް ދޭނެ އަދަބެއް ނޯންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޕީއެންއެފްގެ ޖަލްސާއަށް ހުރަސްއެޅި މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެކަމާއި ހިތާމަކުރައްވާ ކަމަށާއި، އެއީ އެމަނިކުފާނުގެ އިންސްޓްރަކްޝަންއާއި ހިލާފަށް ކުރިއަށް ގެންދިޔަ ކަމެއް ކަމަށެވެ. އަދި ފުލުހުންނަށް ގެއްލިފައިވާ އިތުބާރު ހޯދުމުގެ މަސައްކަތް ކުރުމަށް ޚާއްސަ އިސްކަމެއްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެސްއޯ ފުލުހުން ފޮނުވަންޖެހޭ ހާލަތްތައް އެންމެނަށް ވެސް އެނގޭނެ ކަމަށެވެ.

އެއީ ބަޔެއްގެ މުދަލަށް ގެންލުންދީ ތަނެއްގައި ރޯކޮށް، މީހުންނަށް އަނިޔާކޮށް، ޖިސްމާނީ އަނިޔާކޮށް، މުގައްދަސް ކަހަލަ ތަނަކަށް ގެއްލުން ދިނުން ފަދަ ކަންކަން ހިނގާނަމަ ކަމަށެވެ. އަދި އެފަދަ ހާލަތަކަށް މިގައުމު ނުދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޕީއެންއެފް ޖަލްސާއަށް ހުރަސްއަޅައި، ހިނގާ ދިޔަ ކަންކަން ބައްލަވާނެ ކަމަށެވެ. އެކަމާ މެދު ހޯމް މިނިސްޓަރާވެސް ސުވާލު ކުރެއްވި ކަމަށާއި، ހޯމް މިނިސްޓަރުވެސް އެކަން ހިނގާ ދިޔަ ގޮތް ބައްލަވާނެކަމަށް ވިދާޅުވިކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އެސްއޯ ފުލުހުން ދާން ޖެހުނީ ކާކުގެ އިރުޝާދެއްގެ ދަށުންތޯ ކޮމިޝަނަރު އަރިހުންވެސް ސުވާލު ކުރައްވާފައިވާނެ ކަމަށާއި، އެކަމުގެ ތަހުގީގު ރިޕޯޓު ބުދަ ދުވަހުގެ އިރު އޮއްސެންވާއިރަށް ލިބެންޖެހޭނެ ކަމަށް އަންގާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރިޕޯޓު ލިބިވަޑައިގަތުމުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ ޕީއެންއެފް އުފެއްދުމަށް ޣިޔާސުއްދީން ސްކޫލް ހޯލުގައި ބާއްވަން އުޅުނު ޖަލްސާއަށް ފުލުހުން ހުރަސްއަޅައި، ހިނގާދިޔަ ހަމަނުޖެހުންތަކުގައި ބައެއް އާއްމު ރައްޔިތުންނާއި، ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

ޕީއެންސީ އަށް ރައީސް ޔާމީން: "ޖަލްސާ އަށް މީހުން ގެންނަނީ ފައިސާ ދީގެން"

10 ނޮވެމްބަރު 2025
ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

ޕީއެންއެފްގެ ރައީސަކަށް ޔާމީން، ނައިބުންނަށް ޒޭން އާއި ޖަމީލު

31 އޮކްޓޯބަރު 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ

ޔާމީންގެ ޗެލެންޖެއް މުއިއްޒަށް: ކެރިވަޑައިގަންނަވާ ނަމަ ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ރިކޯލް ވޯޓެއް ނަންގަވާ

16 މެއި 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު