Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޓުޗެލްގެ ރުޅިގަނޑު ރެފްރީ އަށް!

ޓުޗެލް ބުނީ، އެންމެ ބޮޑަށް ރުޅި އަންނަން ޖެހުނީ ދަނޑު މަތީގައި ރެފްރީ ދިން ޖަވާބުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އެޕްރީލު 2024 | ބުދަ 00:31
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބަޔާން މިއުނިކާއި، އާސެނަލް ބައްދަލު ކުރި މެޗުގެ ރެފްރީ އަށް ބަޔާންގެ ކޯޗު، ތޯމަސް ޓުޗެލް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރުވެފައިވާއިރު، ބަޔާނަށް ޕެނަލްޓީއެއް ލިބެން ޖެހޭ ކަމަށް ބުނެ އެ ޓީމުގެ ކުޅުންތެރިން ވެސް ވަނީ އެޕީލްކޮށްފަ އެވެ. ނަމަވެސް، މެޗުގެ ރެފްރީ ޕެނަލްޓީއެއް ދީފައެއް ނުވެ އެވެ.

އެ މެޗަށް ފަހު އޮތްް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓުޗެލް ބުނީ، އާސެނަލްގެ ކުޅުންތެރިޔެެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށާއި، އެއީ ޕެނަލްޓީއެއް ދޭން ޖެހޭ ފަދަ ޙާލަތެއް ކަމަށެވެ. ނަމަވެސް އެ ޙާލަތުގައި ރެފްރީ ޕެނަލްޓީ ދީފައި ނެތްކަން ފާހަގަކޮށް ޓުޗެލް ބުނީ، އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ޓުޗެލް ބުނީ އެއީ ވަރަށް އުނދަގޫ ޙާލަތެއްކަން އޭނާ އަށް ވެސް އިނގޭ ކަމަށެވެ. އެހެން ނަމަވެސް ބޯޅަ އަތުގައި ޖެހުނު ވަގުތު، އާސެނަލްގެ ކުޅުންތެރިން ބޯޅަ ބިން މައްޗަށް ދޫކޮށްލި ކަމަށާއި، އެއާއެކު ރެފްރީ ކަށިގަނޑު ފުމުނު ކަމަށެވެ. އެއާއެކު ޑިފެންޑަރު އޭނާގެ އަތުން ބޯޅަ ނެގި ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޓުޗެލް ބުނީ، އެންމެ ބޮޑަށް ރުޅި އަންނަން ޖެހުނީ ދަނޑު މަތީގައި ރެފްރީ ދިން ޖަވާބުން ކަމަށެވެ. އެގޮތުން ބަޔާންގެ ކުޅުންތެރިން ގާތު ރެފްރީ ބުނެފައި ވަނީ އެއީ، "ކުޑަ ކުއްޖެއްގެ ގޯހެއް " ކަމަށް ޓުޗެލް ބުންޏެވެ. އަދި އެއީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ޕެނަލްޓީ ދޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރެފްރީ ބުނެފައިވާ ކަމަށް ވެސް ޓުޗެލް ބުންޏެވެ. ޓުޗެލް ސިފަ ކުރި ގޮތުގައި އެއީ ވަރަށް އުނދަގޫ ޖަވާބެކެވެ. އެގޮތުން "ކުޑަ ކުއްޖެއްގެ ގޯހަކަށް' ނުވަތަ "ބޮޑު މީހެއްގެ ގޯހަކަސް"، ރުޅި އަންނަން ޖެހެނީ، އެއީ ބަޔާނާ ދެކޮޅަށް ނިންމި ގޯސް ނިންމުމަކަށް ވާތީ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.

މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގުގެ ކުޅުން އޮންނާނީ ބަޔާންގެ ދަނޑުގަ އެވެ. މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބަޔާން މިއުނިކްތޯމަސް ޓުޗެލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު