Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގުން

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގޭ ގޮތަށް ހެދީ "ރާޖޫ" އަށްޓަކައި، އެކަން ބަދަލުކޮށްދެއްވާ - އީސަ

އެމްޑީޕީން ވަނީ މި ނިންމުން އިއާދަކުރުމަށް ގޮވާލާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 އެޕްރީލު 2024 | އަންގާރަ 08:23
"މިސްރާބު ހަމަމަގަށް" ގެ ތަރުޖަމާން އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

"މިސްރާބު ހަމަމަގަށް" ގެ ތަރުޖަމާން އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގޭ ގޮތަށް މި ސަރުކާރުން ހަމަޖައްސާފައިވަނީ ރަސްމާލެ މަޝްރޫއު ހަރަދު ކުޑަކޮށް ހިންގުމަށްޓަކައި ކަމަށާއި އެކަން ކުރީ "ރާޖޫ" އަށްޓަކައި ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީ އިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިއަށްގެންދާ ކެމްޕެއިން "މިސްރާބު ހަމަމަގަށް" ގެ ތަރުޖަމާން އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީން ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަކީ ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަމެއް ކަަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގުން ހުއްދަކުރުމަށް ނިންމާފައިކަމަށާއި ކުރިން އެ ޤާނޫނުގައި ބުނެފައި ވާގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނުވަތަ އެންވަޔަރަމެންޓަލީ ސެންސެޓިވް އޭރިއާތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެލި ނެގުމަކީ މަނާ ކަމެއް ކަމުގައި މެންބަރު އީސަ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ގަވާއިދު ބަދަލުކުރުމުން ކަންބޮޑުވުން ފާޅުކުރައްވާ މެންބަރު އީސަ ވަނީ މިއީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ)ގެ އިސް ފަރާތެއްކަމަށްވާ ސިވަރާޖަ މަނިވަންނަން (ރާޖޫ)އަށްޓަކައި ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ގަވާއިދު އިސްލާހުކޮށްފައި ވަނީ ސީއެމްސީ ކުންފުނި މެދުވެރިކޮށް، އެ ސަރަހައްދާ ކައިރިން ވެލި ނަގައިގެން ރަސްމާލެ ޕްރޮޖެކްޓު ހިއްކުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އީސަ ވިދާޅުވީ މިކަމުގެ ސަބަބުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށްފައި ތިބި އެންމެހައި ފަރާތްތައް ކަންބޮޑުވާކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އާންމުކޮށްފައިވާ މި އިސްލާހުގައި ވާގޮތުން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ބޭނުމަށް، ވަކި ޝަރުތުތަކެއް ފުރިހަމަކޮށް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި "ސެންސިޓިވް" ސަރަހައްދުތަކުން ބިން ހިއްކުމާއި ވެލި ނެގުމާއި ފަޅު ފުންކުރުމުގެ ހުއްދަ ދެވިދާނެއެވެ. މިކަމަށް އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

އަހުމަދު އީސަ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ވެރިކަން އަޒުލުކުރުމަށް ރައްޔިތުންނަށް މިހާރު ވަނީ މަޖުބޫރުވެފައި: އަހުމަދު އީސަ

ރައީސް މުއިއްޒުގެ ވެރިކަން އަޒުލުކުރުމަށް ރައްޔިތުންނަށް މިހާރު ވަނީ މަޖުބޫރުވެފައި: އަހުމަދު އީސަ

27 ޖެނުއަރީ 2025
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސައަށް މަރުގެ އިންޒާރު ދެވަނަ ފަހަރަށް ދީފި

ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސައަށް މަރުގެ އިންޒާރު ދެވަނަ ފަހަރަށް ދީފި

18 ސެޕްޓެމްބަރު 2024
މަޖިލީހުގެ މެޖޯރިޓީ ލިިބިއްޖެނަމަ މި ސަރުކާރުން އިދިކޮޅު ސިޔާސީ ހަރަކާތްތައް ނައްތާލުމުގެ މަސައްކަތް ރާވައިގެން ކުރަމުން ގެންދާނެ - އީސަ

މަޖިލީހުގެ މެޖޯރިޓީ ލިިބިއްޖެނަމަ މި ސަރުކާރުން އިދިކޮޅު ސިޔާސީ ހަރަކާތްތައް ނައްތާލުމުގެ މަސައްކަތް ރާވައިގެން ކުރަމުން ގެންދާނެ - އީސަ

10 އެޕްރީލު 2024
ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތުކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައި އެބަހުރި، މައްސަލަ ބަލަން ޖެހޭ - އީސަ

ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތުކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައި އެބަހުރި، މައްސަލަ ބަލަން ޖެހޭ - އީސަ

09 އެޕްރީލު 2024
ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ފުލެޓް ކޮމިޓީން ކުރަން އުޅޭ ކަންކަން ހުއްޓުވާނަން - އީސަ

ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ފުލެޓް ކޮމިޓީން ކުރަން އުޅޭ ކަންކަން ހުއްޓުވާނަން - އީސަ

18 މާރިޗު 2024

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު