Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ބަޔާން ބަރޯސާ ވާނީ ތަޖުރިބާ އަށް: ޓުޗެލް

ޗެމްޕިއަންސް ލީގުގެ އެންމެ ކުޑަ އަމާޒަށް ވާސިލްވެވިފައިވާކަން ޓުޗެލް ފާހަގަ ކުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 އެޕްރީލު 2024 | އަންގާރަ 06:57
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލާ ދެކޮޅަށް ނިކުންނައިރު، ބަޔާން މިއުނިކުން ބަރޯސާ ވާނީ ތަޖުރިބާ އަށް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އޭނާ މިހެން ބުނީ، އަންގާރަ ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗާ ކުރިމަތިލާއިރު، ޖަރުމަނު ލީގުގައި މި ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެ، ބަޔާންގެ ފޯމު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ޓުޗެލް ބުނީ، ބަޔާނަށް ސީޒަން ނިމުނީ ކަމަށް ޤަބޫލު ނުކުރާ ކަމަށާއި، އެކަމުގައި ސަބަބުތަކެއް ވެސް ހުންނާނެ ކަމަށެވެ. ބަޔާނުން ޖަރުމަނު ލީގު އަދި ޖަރުމަނު ކަޕްގައި ދެއްކި ކުޅުމަށް ބަލާއިރު، އެ ކުޅުމަކީ ޓީމަށް ފާޑު ކިޔުން ހައްގު ކުޅުމެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން، އެ ފާޑު ކިޔުންތައް ޤަބޫލު ކުރާ ކަމަށާއި، ކުރިއަށް ދާން ބޭނުން ވަނީ އެކަންކަމާއެކު ކަމަށް ވެސް ޓުޗެލް ވަނީ ބުނެފަ އެވެ.

ޖަރުމަނު ލީގުގައި ބަޔާންގެ ކުޅުން އެންމެ ރަނގަޅު ނޫންކަން ފާހަގަކޮށް އޭނާ ބުނީ، ލީގަށް ވާދަކޮށް ދިފާއު ކުރެވޭނެ ފެންވަރުގެ ކުޅުމެއް މުޅިން ނުދެއްކޭ ކަމަށެވެ. ނަމަވެސް އެކަންތައްތަކާއެކު ވެސް، ޗެމްޕިއަންސް ލީގުގެ އެންމެ ކުޑަ އަމާޒަށް ވާސިލްވެވިފައިވާކަން ޓުޗެލް ފާހަގަ ކުރި އެވެ.

އޭނާ ބުނީ މުބާރާތުގެ ކުއާޓާ ފައިނަލް ފަހަނަ އަޅައި، ސެމީ ފައިނަލަށް ދެވޭނެ ފެންވަރު ވެސް ބަޔާންގެ ކިބައިގައި ހުރި ކަމަށެވެ. އެކަން ޙާސިލު ކުރުމަށް ބޭނުން ވަނީ ކުއާޓާ ފައިނަލްގެ ދެ މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކުން ކަމަށާއި، ބާކީ ހުރި އެހެން މެޗުތަކުގައި ވެސް ފޯމު ހިފަހައްޓަން ޖެހޭ ކަމަށެވެ. އެކަން ކުރެވިއްޖެ ނަމަ، މުބާރާތުގެ ސެމީ ފައިނަލަށް ބަޔާން ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ޓުޗެލް ބުންޏެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލްގެ ދަނޑުގައި ބަޔާނުން އެ ޓީމާ ދެކޮޅަށް ނިކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު، ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބަޔާން މިއުނިކްތޯމަސް ޓުޗެލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު