Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ފަހަތުން އަރައި އުދިނޭޒީ ބަލިކޮށް، އިންޓަ އިން ލީގު ހޯދުމާ ގާތަށް

މެޗުން މޮޅުވެ އިންޓަ އެއް ވަނައިގައި އޮތީ މިހާތަނަށް ލީގުގައި ކުޅުނު 31 މެޗުން 82 ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އެޕްރީލު 2024 | އަންގާރަ 03:04
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގައި އުދިނޭޒީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާނުން ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

އުދިނޭޒީގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ 2-1 އިންނެވެ. އެއީ މެޗުގައި އުދިނޭޒީން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި އުދިނޭޒީ އަށް ލީޑު ނަގައިދިނީ ލަޒާ ސަމާޒިޗް އެވެ. އޭނާ އެ ލަނޑު ޖެހީ ރޮބާޓޯ ޕެރޭރާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި އިންޓަ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އިންޓަ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހަކަން ޗަނޮނޮގްލޫ އެވެ. މެޗުން އިންޓަ މޮޅުވީ، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަަހައިގެންނެވެ. އިންޓަ އަށް އެ ލަނޑު ޖަހައިދިނީ ޑޭވިޑް ފަރަޓެސީ އެވެ.

މެޗުން މޮޅުވެ އިންޓަ އެއް ވަނައިގައި އޮތީ މިހާތަނަށް ލީގުގައި ކުޅުނު 31 މެޗުން 82 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އޭސީ މިލާނަށް ލިބެނީ 68 ޕޮއިންޓެވެ.

އިޓާލިއަން ލީގުއިންޓަރ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު