Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަދުރު ބަހަން ފެށުން

ސައޫދީއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ފަށައިފި

ކޮންމެ ގޭބީސީއަކަށް 1 ޕަކެޓް ކަދުރު ދޫކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 8 އެޕްރީލު 2024 | ހޯމަ 05:00
ކަދުރު ބެހުމުގެ މަސައްކަތް ކުރަނީ -ފައިލް ފޮޓޯ

ކަދުރު ބެހުމުގެ މަސައްކަތް ކުރަނީ -ފައިލް ފޮޓޯ

ސައޫދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކުރި ކަދުރު އިސްލާމިކް މިނިސްޓްރީން ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބަހަނީ 8 އޭޕްރީލްވާ ހޯމަ ދުވަހުން ފެށިގެން 09 އޭޕްރީލްވާ އަންގާރަ ދުވަހުގެ މެންދުރު 1:00ން 3:00ށް ކަމަށެވެ. އަދި 14 އޭޕްރިލްވާ އާދިއްތަ ދުވަހުން ފެށިގެން 18 އޭޕްރީލްވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00ން 3:00ށް ކަދުރު ދޫކުރަމުން ގެންދާނެ ކަމަށެވެ. މީގެ އިތުރުން 23 އޭޕްރީލްވާ އަންގާރަ ދުވަހުން ފެށިގެން 25 އޭޕްރީލްވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30ން 12:00ށް ކަދުރު ދޫކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީން ބުނީ މާލެއާއި، ވިލިމާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހަނީ އެ މިނިސްޓްރީން ކަމަށެވެ.

ކޮންމެ ގޭބީސީއަކަށް 1 ޕަކެޓް ކަދުރު ދޫކުރަނީ، ކަދުރާ ހަވާލުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށް މިނިސްޓްރީން ބުނެއެވެ.

އާންމު ގޮތެއްގައި ސައޫދީން ރާއްޖެއަށް ކަދުރު ހަދިޔާކުރަނީ ރޯދަމަހާ ދިމާކޮށެވެ. މި އަހަރު ސައޫދީން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 55 ޓަނުގެ ކަދުރެއެވެ. އެއީ ސައޫދީ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކުރި 50 ޓަނުގެ ކަދުރާއި، ސައޫދީގެ އިސްލާމިކް މިނިސްޓްރީން ހަދިޔާކުރި ފަސް ޓަނުގެ ކަދުރެވެ.

ސައޫދީ އަރަބިއްޔާކަދުރުއިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު