Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލުން ލުބުނާނަށް ހަމަލާދިނުން

އިސްރާއީލުން ލުބުނާނުގެ ބާލްބެކް ސަރަހައްދުގެ ހިޒްބުالله ސައިޓްތަކަށް ބޮން އަޅައިފި

އިސްރާއީލުން ބުނީ އެގައުމުގެ މަތިންދާބޯޓުތަކުން ހަމަލާދީފައި ވަނީ އެ ޖަމާއަތުގެ ޑްރޯންއެއް ވައްޓާލުމުން ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2024 | އާދީއްތަ 13:01
އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަަމަލާތައް ވަނީ ވަރުގަދަ ކޮށްފައި

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަަމަލާތައް ވަނީ ވަރުގަދަ ކޮށްފައި

އިސްރާއީލްގެ ޑްރޯންއެއް ވައްޓާލުމުން ބަދަލުހިފުމަށް ކަމަށްބުނެ އިސްރާއީލުން ލުބުނާނުގެ ބާލްބެކް ސަރަހައްދުގެ ހިޒްބުالله ސައިޓްތަކަށް ބޮން އަޅައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އާދީއްތަ ދުވަހު ބުނީ އީރާނުގެ ތާއީދު ލިބޭ ޖަމާއަތެއް ކަމަށްވާ ލުބުނާނުގެ އިރުމަތީގައި އޮންނަ ހިޒްބުاللهގެ ސަރަހައްދުތަކަށް އެގައުމުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީފައި ވަނީ އެ ޖަމާއަތުގެ ޑްރޯންއެއް ވައްޓާލުމުން ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

ހިޒްބުاللهގެ އަރިސް ބޭފުޅަކު ލުބުނާނުގެ އިރުމަތީ ގެ ބާލްބެކް ސަރަހައްދުގައި ހުންނަ އޭއެފްޕީގެ ނޫސްވެރިޔަކަށް މައުލޫމާތު ދެމުން ބުނީ ހަމަލާތައް އަމާޒުކޮށްފައި ވަނީ ބެކާ ވާދީގެ ޖަންތާ އާއި ސިފްރީއަށް ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޓެލެގްރާމްގައި ބުނެފައި ވަނީ "ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ހަމަލާ ދީފައި ވަނީ އެ ސަރަހައްދުގައި ހުންނަ ހިޒްބުاللهގެ ވައިގެ ދިފާއީ ނެޓްވޯކަށް ނިސްބަތްވާ އަސްކަރީ ކޮމްޕްލެކްސް އަކާއި ޓެރަރިސްޓް އިންފްރާސްޓްރަކްޗާގެ އިތުރު ތިން ސައިޓަކަށް" ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ މި ހަމަލާތަކަކީ މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލުގެ އަސްކަރިއްޔާގެ "ޑްރޯން ވައްޓާލި" ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

ސިފްރީ އަކީ ބެކާ ވާދީގެ މައިދާނުގައި އޮންނަ ސަރަހައްދަކަށް ވާއިރު ކައިރީގައި އޮންނަ ޖަންތާ އަކީ ސީރިއާގެ ބޯޑަރާ ކައިރީގައި އޮންނަ ހިކި ފަރުބަދަމަތީ ސަރަހައްދެކެވެ.

ލުބުނާނުގެ މަދަނީ ދިފާއީ އިދާރާގެ މަސްދަރަކުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާއާއި ގުޅިގެން ޣައްޒާގައި ހަނގުރާމައެއް ފެށުނު ފަހުން އިސްރާއީލާއި ހިޒްބުالله އިން ވަނީ ކޮންމެ ދުވަހަކު ވެސް ބޯޑަރު ހުރަސްކޮށް ބަޑީގެ ހަމަލާތައް ބަދަލުކޮށްފައެވެ.

ހަމާސްގެ ބައިވެރިއެއް ކަމަށްވާ ހިޒްބުالله އާންމުގޮތެއްގައި ބޯޑަރު ކައިރީގައި ހުންނަ އިސްރާއީލުގެ މަރުކަޒުތަކަށް ހަމަލާތައް އަމާޒުކުރާއިރު، އިސްރާއީލުން ވަނީ ލުބުނާނުގެ ސަރަހައްދަށް ވަރުގަދަ ހަމަލާތަކެއް ދީ، ހިޒްބުاللهގެ ކޮމާންޑަރުންނަށް ވެސް އަމާޒުކޮށް ހަމަލާތައް ދީފައެވެ.

ހިޒްބުالله އިން ހޮނިހިރު ދުވަހުގެ ރޭ ލުބުނާނުގެ ސަރަހައްދުން އިސްރާއީލުގެ ހަރމީސް 900 ޑްރޯނެއް ވައްޓާލާފައިވާކަން އިއުލާނުކުރީ، އެއީ ހަރމީސް 450 ގެ ޑްރޯންއެއް ކަމަށް ފުރަތަމަ ފާހަގަކުރުމަށްފަހުއެވެ.

ލުބުނާނުގެ ދައުލަތުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނީ އިސްރާއީލުން ސިފްރީއަށް ދިން ހަމަލާތަކުގެ އަމާޒަކީ "ހޭންގަރެއް" ކަމަށެވެ.

އިސްރާއީލުން މިދިޔަ ފެބްރުއަރީ މަހު ވެސް ބެކާ ވާދީގައި ހުންނަ ހިޒްބުاللهގެ އަމާޒުތަކަށް މިފަދަ ހަމަލާތަކެއް ދީފައި ވަނީ އެ ޖަމާއަތުން އިސްރާއީލުގެ އިތުރު ޑްރޯނެއް ވައްޓާލި ކަމަށް ބުނުމުންނެވެ.

ހިޒްބުاللهގެ ލީޑަރު ސައްޔިދު ހަސަން ނަސްރުالله ހުކުރު ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ވިދާޅުވީ އެ ޖަމާއަތުގެ "މައި" ހަތިޔާރު އަދި ބޭނުންކޮށްފައި ނުވާ ކަމަށާއި ހިޒްބުاللهގެ ހަމަލާތައް ހުއްޓާލާނީ ޣައްޒާގެ ހަނގުރާމަ ނިމުމުން ކަމަށެވެ.

ބޯޑަރު ހުރަސްކޮށް ލުބްނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 359 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ހިޒްބުالله ހަނގުރާމަވެރިންނެވެ. އޭގެ އިތުރުން އާންމުންގެ 70 މީހުން ވެސް މަރުވެފައިވާ ކަމަށް އޭއެފްޕީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި ހަނގުރާމައިގެ ސަބަބުން ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކާއި އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުގައި އެތައް ހާސް ބަޔަކު ގެދޮރު ގެއްލިފައިވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަނީ 10 ސިފައިންނާއި އާންމުންގެ އަށް މީހަކު މަރުވެފައިވާ ކަމަށެވެ.

ހިޒްބުالله އާއި ގުޅިފައިވާ އަމާލް މޫވްމަންޓާ ގުޅިފައިވާ އަދި ދެކުނު ލުބްނާނުގައި އިމަޖެންސީ ޓީމުތައް ހިންގަމުން އަންނަ ރިސާލާ ސްކައުޓް އެސޯސިއޭޝަނުން ހޮނިހިރު ދުވަހު ބުނީ ޒަޚަމްތަކެއް ލިބުނު މީހަކު މަރުވެފައިވާ ކަމަށެވެ.

އެ ޖަމާއަތުގެ އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ އޭނާ ޒަހަމްވެފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން ދެކުނު ލުބްނާނުގައި ކަމަށެވެ.

މީގެ ކުރިން އިސްރާއީލުން ބޯޑަރު އަވަށެއް ކަމަށްވާ ޔާރިންއަށް ދިން ޑްރޯން ހަމަލާއެއްގައި ޒަހަމްވި އަންހެނަކު ވެސް މަރުވެފައިވާ ކަމަށް އެންއެންއޭ އިން ވަނީ ބުނެފައެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން ހިޒްބުالله އާއި އިސްރާއީލާ ދެމެދު އެންމެ ފަހުން 2006 ވަނަ އަހަރު ހަނގުރާމައަކަށް ދިޔަ އިރު، އެ ދެބައި މީހުންގެ ދެމެދުގައި އަނެއްކާވެސް ވަރުގަދަ ހަމަނުޖެހުންތައް އުފެދިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ލެބަނަންއިޒްރޭލްހިޒްބުﷲ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު