Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޣައްޒާ ހަނގުރާމަ

ވޯލްޑް ސެންޓްރަލް ކިޗަންއަކީ ކޮބާ؟ އެމީހުން ކުރަނީ ކޮންކަމެއް؟

2010 ވަނަ އަހަރު އުފެދުނު ވޯލްޑް ސެންޓްރަލް ކިޗަންއަކީ ހާލުގައިޖެހިފައިވާ މީހުންނަށް ތާޒާކޮށް ތައްޔާރުކޮށްފައިވާ ކެއުން ފޯރުކޮށްދޭ ޗެރިޓީއެއް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2024 | އާދީއްތަ 10:35
ވޯލްޑް ސެންޓްރަލް ކިޗަން

ވޯލްޑް ސެންޓްރަލް ކިޗަން

ސެލެބްރިޓީ ޝެފް ހޯސޭ އަންދްރޭސް އުފައްދަވާފައިވާ ފުޑް ޗެރިޓީ ވޯލްޑް ސެންޓްރަލް ކިޗަންއިން ވަނީ، އިސްރާއީލުން ދިން ހަމަލާއެއްގައި އެ ޖަމާއަތުގެ ހަތް މަސައްކަތްތެރިން މަރުވުމާ ގުޅިގެން ޣައްޒާގައި އެ ޖަމިއްޔާގެ މަސައްކަތް ހުއްޓާލަން ނިންމާފައެވެ.

ވޯލްޑް ސެންޓްރަލް ކިޗަންގެ ވެރިޔާ ހޯސޭ ރަމޮން އަންދްރޭސް ޕުއެޓާއަކީ ސްޕެއިން-އެމެރިކާގެ ޝެފެކެވެ. އަދި ރެސްޓޯރެންޓް ހިންގާ މީހެކެވެ. އެމެރިކާގެ އެކި ސިޓީތަކުގައި ރެސްޓޯރެންޓްތައް ހިންގަމުން އަންނަ އޭނާ ވަނީ ކެއްކުމުގެ އިތުރުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގެ ސަބަބުން ގިނަ އެވޯޑްތަކެއް ވެސް ހާސިލްކޮށްފައެވެ. އޭނާއަކީ ޖޯޖް ވޮޝިންޓަން ޔުނިވަރސިޓީގެ ގްލޯބަލް ފުޑް އިންސްޓިޓިއުޓްގެ ޕްރޮފެސަރެއްގެ އިތުރުން އެތަނުގެ ފައުންޑަރެކެވެ.

މި ސަރަހައްދުގައި ދިގު ރާސްތާގެ ޕްލޭންތަކާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ބުނި ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއުސީކޭ)އިން އަންނަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ގެނެސް، ސައިޕްރަސްއިން ކަނޑުމަގުން އެހީ ފޯރުކޮށްދިނުމަށް ދާދި ފަހުން ފެށި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ. ވަގުތީގޮތުން ނަމަވެސް، އެ ޖަމާއަތުގެ މަސައްކަތް މެދުކެނޑިފައި އެވަނީ، ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ސަރަހައްދުގެ ހިތާމަ އިތުރަށް ބޮޑުވާނެ ކަމެއް ކަމަށް އދ.ން އިންޒާރު ދީފައި ވަނިކޮށެވެ.

ވޯލްޑް ސެންޓްރަލް ކިޗަންއަކީ ކޮބާ؟

2010 ވަނަ އަހަރު އުފެދުނު ވޯލްޑް ސެންޓްރަލް ކިޗަންއަކީ ތޫފާން ނުވަތަ ބިންހެލުންފަދަ ގުދުރަތީ ކާރިސާތަކާ ގުޅިގެން ހާލުގައިޖެހޭ މީހުންނަށް، ނުވަތަ ހަމަނުޖެހުންތަކަށް ހާލުގައިޖެހޭ މީހުންނަށް ތާޒާކޮށް ތައްޔާރުކޮށްފައިވާ ކާނާ ފޯރުކޮށްދޭ ޗެރިޓީއެކެވެ. މީގެ އިތުރުން އެމެރިކާގެ ދެކުނުގެ ބޯޑަރަށް އަންނަ ހިޖުރަވެރިންގެ އިތުރުން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި ކެނޑިނޭޅި މަސައްކަތްކުރި ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވެސް އެ ގްރޫޕުން ވަނީ ކެއުމުގެ ޚިދުމަތް ފޯރުކޮށްދީފައެވެ.

ވޯލްޑް ސެންޓްރަލް ކިޗަންއިން، ހާލުގައި ޖެހިފައިވާ އެތައް ސަރަހައްދެއްގައި މަސައްކަތް ކޮށްފައިވާއިރު، މިހާރު ހެއިޓީގައި އެ ޖަމާއަތުގެ ޓީމްތައް ދަނީ ހަރަކާތްތެރިވަމުންނެވެ. ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ޔޫކްރެއިންގެ ރައްޔިތުންގެ ބޭނުންތަކަށް ހައްލު ހޯދައިދިނުމުގެ އިތުރުން، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެ ޖަމާއަތުން ކާބޯތަކެތި ފޯރުކޮށްދެއެވެ.

ޣައްޒާގެ ހަނގުރާމައިގައި އެ ޖަމާއަތުން ކުރީ ކޮން ކަމެއް؟

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ދެކުނުގައި ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާތަކާއި، ޣައްޒާ ހަނގުރާމައިގައި ވެސް ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގައި އެ ޗެރިޓީގެ ޓީމުތައް ވަނީ އެ ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާން ފަށައިފައެވެ. އެ ހަމަލާގެ ސަބަބުން ގެދޮރު ގެއްލިފައިވާ އިސްރާއީލުގެ ރައްޔިތުންނާއި ރަހީނުކުރި މީހުންނަށް ވެސް ކާންދީފައިވާ ކަމަށް އެ ޖަމިއްޔާގެ ވެބްސައިޓުގައި ބުނެފައިވެއެވެ. ނަމަވެސް އެންމެ ޑިމާންޑް ބޮޑުވެފައިވަނީ ޣައްޒާގައި އެ ޖަމާއަތުގެ މަސައްކަތްތަކަށެވެ.

އެ ޖަމާއަތުން ބުނެފައިވަނީ ފަލަސްތީނުގެ ޣައްޒާގައި 43 މިލިއަނަށްވުރެ ގިނަ ކެއުން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ޖަމާއަތުން ވަނީ ދެކުނުގެ ރަފަހާއި މެދުތެރޭގެ އަވަށެއް ކަމަށްވާ ދީރް އަލްބަލާހުގައި މައި ދެ ބަދިގެ ގާއިމްކޮށްފައެވެ. އެގޮތުން އެ ސަރަހައްދުގެ 68 ކޮމިއުނިޓީއަށް އެހީތެރިކަން ފޯރުކޮށްދީ، ދުވާލަކު 170،000ށްވުރެ ގިނަ ތާޒާ ކެއުން ފޯރުކޮށްދެއެވެ. ރަމަޟާން މަހާ ދިމާކޮށް މުސްލިމުން ރޯދަ ވީއްލުމަށް 92،000 ކާނާ ޕާރުސަލް ނުވަތަ ގާތްގަނޑަކަށް 4.7 މިލިއަން ކެއުން ބަހަމުން ދިޔައެވެ.

އަދި ކާބޯތަކެތީގެ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ބޮޑަށް އޮތް ޣައްޒާގެ އުތުރުގެ ސަރަހައްދަށް އެތައް ސަތޭކަ ޓަނުގެ ކާބޯތަކެތި ހިފައިގެން ކަނޑުމަގުން ދެ ޝިޕްމަންޓެއް ގެނައުމުގައި އެ ޖަމާއަތުން ވަނީ އިސްކޮށް ހަރަކާތްތެރިވެފައެވެ.

ޣައްޒާގެ ރައްޔިތުންނަށް އެ ޗެރިޓީ ނެތުމުން ވާނީ ކިހިނެއް؟

ވޯލްޑް ސެންޓްރަލް ކިޗަންގެ މަސައްކަތް ވަގުތުން މެދުކަނޑާލުމުން ދުވާލަކު އެތައް ހާސް ބައެއްގެ ކޮއްތު ނުލިބިދާނެކަން ޔަގީނެވެ.

މި ނުރައްކާތެރި ހަމަލާއަށްފަހު ސައިޕްރަސްގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، މި ހަފުތާގައި ޣައްޒާއަށް އައި އެހީގެ އުޅަނދުތައް 240 ޓަނުގެ އެހީއާއެކު މެޑިޓަރޭނިއަން ޖަޒީރާ ގައުމަށް އެނބުރި އަންނާނެކަމަށެވެ. އަދި ގާތްގަނޑަކަށް 100 ޓަނުގެ މުދާ މިހާރުވެސް އޮފްލޯޑް ކޮށްފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އދ.ގެ އިތުރުން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދޭ އެހެން ޖަމްއިއްޔާތަކުން އަދިވެސް ތިބީ ޚިދުމަތުގައެވެ. ނަމަވެސް އެހީދޭ ޖަމާއަތްތަކުން ބުނަނީ ސަޕްލައި އެހާ އަވަހަށް ނުލިބޭ ކަމަށާއި ޣައްޒާއަށް ވަނުމަށްފަހު ޑެލިވަރީއަށް ލޮޖިސްޓިކަލް މައްސަލަތަކާއި އަދި އަބަދުވެސް ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ޑެލިވަރީއަށް ބުރޫއަރާ ކަމަށެވެ. އިސްރާއީލުން ވަނީ ޣައްޒާގައި ކާބޯތަކެތީގެ ދަތިކަން ހުރިކަން ދޮގުކޮށް، އދ.އާއި އެހެނިހެން އެހީދޭ ޖަމާއަތްތަކުން އެ ސަރަހައްދުގެ ތެރޭގައި ޑެލިވަރީ ކުރުން އިތުރު ނުކުރާ ކަމަށް ތުހުމަތުކޮށްފައެވެ.

މިހާތަނަށް ޣައްޒާއަށް އައިސްފައިވާ ކަނޑުގެ ދެ ޝިޕްމަންޓުގެ އެހީ ބެހުމުގައި އެންމެ ކުރީސަފުގައި އޮތީ ވޯލްޑް ސެންޓްރަލް ކިޗަންއެވެ. އެ ގްރޫޕާ ނުލައި ސީ ކޮރިޑޯ ކުރިއަށްދާނީ ކޮން ކިހިނެއްކަން ނޭނގޭއިރު، އެމެރިކާއިން ރާވާފައިވާ ފްލޯޓިންގ ޕިއާގެ މަސައްކަތް ފަށަން ވަގުތު ނަގާނެއެވެ.

ޣައްޒާފަލަސްތީނުއެމެރިކާވޯލްޑް ސެންޓްރަލް ކިޗަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު