Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ހާމަކަން ކުޑަވުން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނުނިމެނީސް މި ސަރުކާރުން އެއްވެސް ކަމެއް ހާމައެއްނުކުރާނެ - ރައީސް ސާލިހު

ވެރިކަމަށް ވަޑައިގަންނަވަން ހެއްދެވީ ދޮގުކަން ގަބޫލުކުރާ ރައްޔިތުން ގިނަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 އެޕްރީލު 2024 | ހުކުރު 07:31
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނުނިމެނީސް މި ސަރުކާރުން އެއްވެސް ކަމެއް ހާމައެއް ނުކުރާނެ ކަމަށާއި، ކޮށްފިކަމުގައިވާނަމަ އެ ވެގެންދާނީ ދޮގަކަށް ނުވަތަ އޮޅުވާލުމަކަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ މިސްރާބު ހަމަމަގަށް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދުފުޅުތަކަކީ ބޮޑު ދޮގުތަކެއްކަން ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާކަމަށެވެ. އަދި މިކަމާ މެދު ޝައްކުކުރާ އެއްވެސް މީހަކު ވެސް ރާއްޖޭގައި ނެތް ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ އަނެއްކާވެސް ކަންބޮޑުވެވަޑައިގަންނަވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި ދޮގު މައްޗަށް ދޮގު ހައްދަވާ އޮޅުވާލަމުން ގެންދަވާތީ ކަމަށެވެ. އަދި އެކަން ހުއްޓުވެން ޖެހޭ ކަމަށާއި، ވެވަޑައިގެންނެވި ވައުދުފުޅުތަކައް ވީގޮތެއް ސާފުކޮށް ސުވާލުކުރެވެންޖެހޭ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތު ސަރުކާރަށް ހާމަކުރަން ނުވެސް ކެރޭނެކަން ޔަގީންވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ކަންކަން ހާމަނުކުރަކަމުގައިވާނަމަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖަވާބުދާރީކުރައްވާނެ ކަމަށެވެ. އަދި އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށާއި، އެއީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށެވެ.

މީގެއިތުރުން ޑިމޮކްރެޓިކް ނިޒާމެއްގެ ޕްރައިމަރީއެއްގައި ބައިވެރިވެ ޓިކެޓް ލިބުނު މީހާ ދުރުގައި ބަހައްޓާފައި ޓިކެޓް ދޭނީ ރައްޓެހި މީހާއަށް ނޫން ކަމަށާއި، އެއީ ޑިމޮކްރަސީ ހިނގާ ގޮތް ނޫން ކަމަށެވެ.

އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައްޔިތުންގެ މަޖިލިސްމަޖިލިސް އިންތިޚާބު 2024ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު