Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑެނީ އަލްވެޒް ދޫކޮށްލުން

އަލްވެޒް ޖަލުން ނެރެން ފައިސާ ދިނީ ކާކު؟ އަންހެނުންގެ ނިންމުމަކީ ކޮބާ؟

ޖަލުން ނުކުތުމަށްފަހު އަންހެނުން އަލުން އެކުގައި އުޅެން ފަށައިފި ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނޭ

ރާއްޖެ އެމްވީ | 4 އެޕްރީލު 2024 | ބުރާސްފަތި 08:35
ބްރެޒިލްގެ ޑެނީ އަލްވެޒް ކޯޓަށް ހާޒިރުކޮށްފައި

ބްރެޒިލްގެ ޑެނީ އަލްވެޒް ކޯޓަށް ހާޒިރުކޮށްފައި

ބްރެޒިލްގެ ކުރީގެ ކެޕްޓަން ޑެނީ އަލްވެޒް މިހާރު ވަނީ ވަގުތީ ގޮތުން ޖަލުން ސަލާމަތްވެފަ އެވެ. ސްޕޭނުގެ ކެޓަލޯނިއާގެ ކޯޓުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ އެއް މިލިއަން ޔޫރޯ ހައި ކޯޓަށް ދެއްކުމާއެކު އޭނާގެ ބްރެޒިލް އަދި ސްޕޭން ޕާސްޕޯޓް ހައިކޯޓާ ހަވާލުކުރުމުންނެވެ. ޕާސްޕޯޓް އަތުލީ އޭނާ ފުރައިގެން ބްރެޒިލަށް ހިނގައިދާނެ ކަމަށް ލަފާކޮށްފަ އެވެ. ސްޕޭނުގައި އޮންނަ ފަދަ ހަރުކަށި އަދަބުތަކެއް ބްރެޒިލްގައި ނޯވެ އެވެ.

ސްޕޭނުގެ ބާސެލޯނާ ކައިރީގައިވާ ޖަލެއްހައި އޭނާ ދޮޅު އަހަރުވަންދެން ބަހައްޓާފައި ހުރީ ނައިޓް ކުލަބެއްގައި އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ކުށުގެ ޝަރީއަތް ފެށުމުންނެވެ. އަދި މި މައްސަލަ ސާބިތުވުމުން ހަތަރު އަހަރާއި ހަ މަހަށް ޖަލަށްލާން ހުކުމް ކުރި އެވެ.

ބާސެލޯނާ އާއި ޕީއެސްޖީގެ ކަނާތު ބެކަށް މޮޅަށް ކުޅުނު ޑިފެންޑަރު ޖަލު ހުކުމް ވަގުތީ ގޮތުން ސަސްޕެންޑްކޮށް ދޫކޮށްލީ އިތުރު ޝަރުތުތަކަކާވެސް އެކުގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޭނާގެ ޝިކާރައަކަށްވި އަންހެން ކުއްޖާ އުޅޭ ތަންތަނަށާއި އޭނާ އުޅޭ ހިސާބާ ކައިރިއަށް ދިއުމާއި އޭނާއާ އެއްވެސް ގޮތަކުން ވާހަކަ ދައްކަން މަސައްކަތް ކުރުން ވެސް މަނާކޮށްފަ އެވެ. މީގެ އިތުރުން ހަފުތާއަކު އެއް ފަހަރު ކޯޓަށް ހާޒިރުވާންޖެހެ އެވެ.

މިހާރު އުފެދިގެން އުޅޭ ސުވާލަކީ އޭނާ ޖަލުން މިނިވަންކުރަން ފައިސާ ދެއްކީ ކާކު ހެއްޔެވެ؟ މި މައްސަލާގައި ޝަރީއަތް ފެށުމާއެކު ކޯޓުގެ އެންގުމަށް އަލްވެޒްގެ ބޭންކް އެކައުންޓްތައް ވަނީ ފްރީޒްކޮށްފަ އެވެ. މިހެންވެ އޭނާ އަށް 1 މިލިއަން ޔޫރޯ ކޯޓަށް ދައްކަން ދަތިތަކެއް ދިމާވި އެވެ. ނަމަވެސް ކަފާލާތަށް ދިން މުއްދަތު ހަމަވުމުގެ ކުރިން އޭނާ މި ފައިސާ ހަމަކުރީ ކިހިނެތްކަމެއް އަދި ނޭނގެ އެވެ. ކުރިން ގިނަ ބަޔަކު ތުހުމަތު ކުރީ ބްރެޒިލްގެ ފޯވަޑް ނޭމާގެ ބައްޕައަށެވެ. ނަމަވެސް އޭނާ ވަނީ މައްސަލައިގެ ފުރަތަމަ މަރުހަލާގައި އަލްވެޒްއަށް އެހީވިޔަސް ކުށް ސާބިތުވުމުން އެކަން ހުއްޓާލައިފި ކަމަށް ބުނެފަ އެވެ.

އަލްވެޒްގެ ގާތް ރަހުމަތްތެރިންނަކީ މިލިއަނަރުންނެވެ. އެކަމަކު ރޭޕްގެ ކުށަކަށްވުމާއެކު އޭނާ އަށް އެހީތެރިވެދީގެން ލިބިދާނެ ހުތުރު ނަމަކާއި ކުރިމަތިވެދާނެ ބޭކާރު މައްސަލަތަކެއްގެ ސަބަބުން އެއްވެސް ކުޅުންތެރިއަކު އޭނާ އަށް އެހީވިކަން ޔަގީނެއްނުވެ އެވެ.

ނަމަވެސް އޭނާ މިނިވަންކުރަން ފައިސާދިނީ ބްރެޒިލްގެ މަޝްހޫރު މެގަޒިންއަކުން ކަމަށް ސްޕޭނުގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ މަރިސާ ބަލާޒް ކުއޭޒް ވަނީ ބުނެފަ އެވެ. އޭނާ ބުނެފައިވަނީ އެ މެގައިން އަކީ ބްރެޒިލް އާއި ދުނިޔޭގެ އެތަންމިތަނުގައިވާ މަޝްހޫރު މީހުންގެ ވާހަކަތައް ގެނެސްދޭ ހާއްސަ މަޖައްލާއެއް ކަމަށެވެ. އޭނާ މަޖައްލާގެ ނަމެއް ނުބުނެ އެވެ. ނަމަވެސް އެކަން ސާފުކޮށްދެން އޭނާ ބުނީ އެ މަޖައްލާއިން އަލްވެޒަށް އެއް މިލިއަން ޔޫރޯ ދައްކައިދިނީ ބަދަލެއްގެ ގޮތުން އޭނާގެ ހާއްސަ އިންޓަވިއުތަކެއް އެ މަޖައްލާއަށް ދޭގޮތަށް ކަމަށެވެ. އަދި އޭނާގެ މި ހާދިސާއަށް ކުރު ޑޮމިއުމެންޓަރީއެއް ވެސް އެ މަޖައްލާއިން ތައްޔާރުކުރާނެ ކަމަށާއި އެކަމަށް ވެސް އަލްވެޒް އެއްބަސްވި ކަމަށެވެ.

ސްޕޭނުގެ ރިޕޯޓްތައް ބުނާ ގޮތުން އަލްވެޒް ޖަލުން ނުކުމެ މިނިވަނެއްގެ ގޮތުގައި ހޭދަކުރި ފުރަތަމަ ރޭ އޮތީ އޭނާގެ ބައްޕަގެ އުފަންދުވަސް ފާހަގަ ކުރުން ކަމަށެވެ. އަދި އަމިއްލަ ގޭގައި ރައްޓެހިންނާއެކު ފަތިސް ވަންދެން މަޖާކުރި ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އޭނާގެ ކުރީގެ އަނބިމީހާ އާއި ދެމީހުން ސުލްހަވެ އެކުގައި އުޅެން ފަށައިފި ކަމަށެވެ. ރޭޕްގެ މައްސަލަ ފެންމަތިވުމުން އަލްވެޒްގެ އަންހެނުން ވަނީ ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް ކޯޓު މެދުވެރިކޮށް ވަރިވާނަމަ މިކަން 2025ގެ ކުރިން ތަފާތު ސަބަބުތަކާހުރެ ވާން ނެތްކަމަށްވެ އެވެ.

އަންހެނުން ޖޯނާ ސާންޒް އަލުން އޭނާއާ ގުޅުނުކަން މީޑިއާއަށް ކަށަވަރުކޮށްދިނުމަށްޓަކައި ދެމީހުން އަތާއަތް ޖޯޑުކޮށްގެން ތިބި ފޮޓޯއެއް ސޯޝަލް މީޑިއާ އަށް ޖޯނާ ވަނީ ދޫކޮށްލާފަ އެވެ. މިކަން ކުރީ އަލްވެޒްގެ އެދުމުގެ މަތީންނެވެ.

ޑެނީ އަލްވޭސްކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024
ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

ލަމީން ޔަމާލްގެ ލޯބިވެރިޔާ ދެނެގަތީ ކިހިނެތް؟

20 ޖުލައި 2024
ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

ކާމިޔާބު ހޯދުމަށް އިންގްލެންޑުން ކުރާ މަސައްކަތާއި، ސައުތުގޭޓްގެ ހިތްވަރު!

08 ޖުލައި 2024

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު