Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގައި އެހީދޭ މީހުން ހިމާޔަތްކުރަން އިސްރާއީލުން އެކަށީގެންވާ މަސައްކަތެއް ނުކުރޭ: ބައިޑަން

3 އެޕްރީލު 2024 | ބުދަ 07:03

ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އދ.ގެ 175 އަށްވުރެ ގިނަ މުވައްޒަފުންނާއެކު 196 އެހީދޭ މަސައްކަތްތެރިން މަރުވެފައިވާ ކަމަށް އދއިން ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 3 އެޕްރީލު 2024 | ބުދަ 07:03
އިސްރާއީލްގެ ހަމަލާގައި ހަލާކުވެފައިވާ ވެހިކަލެއް

އިސްރާއީލްގެ ހަމަލާގައި ހަލާކުވެފައިވާ ވެހިކަލެއް | އަނަދޮލޫ

ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީދިނުމުގައި ހަރަކާތްތެރިވާ މީހުން ހިމާޔަތްކުރަން އިސްރާއީލުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެޖެއެވެ.

ޣައްޒާއަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއުސީކޭ) ގައި މަސައްކަތް ކުރާ ހަތް މީހަކު ޝަހީދުކޮށްލުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އިސްރާއީލުން އެހީދޭ މީހުން ހިމާޔަތް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

އެހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އިސްރާއީލުން ވައުދުވެފައިވާކަން ފާހަގަކުރައްވައި ބައިޑެން ވިދާޅުވީ ތަހުގީގަކީ އަވަސް ތަހުގީގެއް ކަމަށް ވާންޖެހޭނެކަމަށާއި، އެކަމުގެ ސަބަބުން ޖަވާބުދާރީވާން ޖެހޭ މީހުންހޯދާ އެމީހުން ޖަވާބު ދާރީ ކުރުވަންޖެހޭނެކަމަށާއި، އަދި އެކަން އާންމު ކުރަން ޖެހޭނެ ކަމަށެވެ.

ބައިޑަން ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަކީ ފަހުގެ ތާރީހުގައި ހިނގި މިފަދަ އެންމެ ގޯސް ހަނގުރާމަ ކަމަށެވެ.

އެމެރިކާއިން ތަކުރާރުކޮށް އިޒްރޭލަށް ގޮވާލަނީ ހަމާސްއާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތައް އިންސާނިއްޔަތާ ހިލާފަށް ހިންގާ އޮޕަރޭޝަންތަކަށް ވެގެން ނުވާނެކަމަށެވެ.

ބައިޑަން ވިދާޅުވީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށާއި އެ އެހީއަށް މަގުފަހިކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އިސްރާއީލަށް ބާރު އަޅަމުން ގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އދ.ގެ 175 އަށްވުރެ ގިނަ މުވައްޒަފުންނާއެކު 196 އެހީދޭ މަސައްކަތްތެރިން މަރުވެފައިވާ ކަމަށް އދއިން ބުނެއެވެ.

ޑަބްލިއުސީކޭއިން މީގެ ކުރިން ބުނެފައިވަނީ ހޯމަ ދުވަހު އިޒްރޭލުން ދިން "މާފު ނުކުރެވޭ" ހަމަލާތަކުގައި އިންސާނީ އެހީއަށް މަސައްކަތްކުރާ ހަތް މީހަކު މަރުވެފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއާ އެކު އެ ޖަމާއަތުގެ ހަރަކާތްތައް ކޯޑިނޭޓް ކުރި ނަމަވެސް، އެ ޗެރިޓީން ބުނީ ގާފިލާއަށް ގެއްލުން ވީ ކަނޑުގެ މަގުން ޣައްޒާއަށް ގެނައި 100 ޓަނަށް ވުރެ ގިނަ އިންސާނީ ކާބޯތަކެތީގެ އެހީ އެ ޓީމުން އަންލޯޑް ކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ތަނުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކްލިއާ މާކިން ޖަހާފައިވާ އެއް ވެހިކަލަކީ ވޯލްޑް ސެންޓްރަލް ކިޗަންގެ ބައެއްގެ ގޮތުގައި ލޭބަލް ކޮށްފައިވާ ވެހިކަލެކެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޣައްޒާއަށް ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 އެއްހާ މީހުން މަރުވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދޭން ފަށައިފައެވެ.

އެހަމަލާތަކުގައި މިހާތަނަށް ޣައްޒާގައި ފަލަސްތީނުގެ 32،916 މީހުން ޝަހީދުވެ، 75،000 އަށް ވުރެ ގިނަ މީހުންވަނީ ޒަޚަމްވެފައެވެ.

ޣައްޒާއެމެރިކާޖޯ ބައިޑަންއިސްރާއީލް

އިތުރަށް ކިޔާލަން

23 ޖުލައި 2026

އެމެރިކާގެ ރާގު ބަދަލުވެ، ސައުދީގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ދާނީ އިސްރާއީލާއެކު ގުޅުން ގާއިމު ކުރުމުން ކަމަށް ޓްރަމްޕް ހާމަ ކުރައްވައިފި

23 ޖުލައި 2026
އެމެރިކާގެ ރާގު ބަދަލުވެ، ސައުދީގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއަށް ދާނީ އިސްރާއީލާއެކު ގުޅުން ގާއިމު ކުރުމުން ކަމަށް ޓްރަމްޕް ހާމަ ކުރައްވައިފި
20 ޖުލައި 2026

އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް

20 ޖުލައި 2026
އިސްރާއީލުގެ ހައްދުފަހަނަ އެޅި ލީޑަރުން ފާޅުގައި ވައުދުވަމުންދަނީ އަލުން ސަރުކާރަށް އަތުވެއްޖެނަމަ ޣައްޒާ ގައި ޔަހޫދީން ވަޒަންވެރިކޮށްދޭނެ ކަމަށް
20 ޖުލައި 2026

ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި

20 ޖުލައި 2026
ޚަލީލް އަލް-ޙައްޔާ ހަމާސްގެ ލީޑަރަކަށް އިންތިޚާބުކޮށްފި
20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
19 ޖުލައި 2026

ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ

19 ޖުލައި 2026
ގަލްފްގެ ގައުމުތަކަށް އީރާނުން ދިން ހަމަލާތަކުގައި، ކުވޭތުގެ އިންޖީނުގެ އެއްގައި ރޯވެއްޖެ
19 ޖުލައި 2026

ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި

19 ޖުލައި 2026
ފަލަސްތީނު ގައިދީން ގެންގުޅޭ ޖަލުތައް ބެލެހެއްޓުމަށް ކިނބޫ ބޭނުންކުރުމުގެ ހުއްދަ އިސްރާއީލް ސަރުކާރުން ދީފި
19 ޖުލައި 2026

ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން

19 ޖުލައި 2026
ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން
18 ޖުލައި 2026

އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި

18 ޖުލައި 2026
އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި
18 ޖުލައި 2026

އިސްރާއީލް ސިފައިން ބެތުލެހެމްގައި ފަތިސް ނަމާދަށް ހުރަސްއަޅައި ނަމާދަށް ދިޔަ މީހުންނަށް ހަމަލާދީފި

18 ޖުލައި 2026
އިސްރާއީލް ސިފައިން ބެތުލެހެމްގައި ފަތިސް ނަމާދަށް ހުރަސްއަޅައި ނަމާދަށް ދިޔަ މީހުންނަށް ހަމަލާދީފި
18 ޖުލައި 2026

ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި

18 ޖުލައި 2026
ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް