Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ފަލަސްޠީން

އިސްރާއީލުން ވެސްޓް ބޭންކުގައި އެތައް ހާސް ޒައިތޫނި ގަސް ނައްތާލައިފި

އިސްރާއީލުގެ ސިފައިން ރާމަﷲގެ ލޮކްޑައުން ކުރެވިފައިވާ އަލް-މުޣައްޔިރު އަވަށުން 3،000 އަހަރުވީ ޒައިތޫނި ގަސް ނައްތާލައިފިއެވެ. މިއީ އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންގެ ސަގާފަތާއި ދިރިއުޅުމަށް ހަމަލާދިނުމުގެ ގޮތުން ހިންގި އަނެއްކާވެސް އެއް ޖަރީމާއެވެ.

ރާއްޖެ އެމްވީ | 24 އޯގަސްޓު 2025 | އާދީއްތަ 08:52
މި ފަނާކުރުން ހިންގާފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ރާމަالله ކައިރީގައި އޮންނަ ގާތްގަނޑަކަށް 4000 މީހުން ދިރިއުޅޭ ފަލަސްތީނުގެ އަވަށެއް ކަމަށްވާ އަލް މުޣައްޔިރުގައި.

މި ފަނާކުރުން ހިންގާފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ރާމަالله ކައިރީގައި އޮންނަ ގާތްގަނޑަކަށް 4000 މީހުން ދިރިއުޅޭ ފަލަސްތީނުގެ އަވަށެއް ކަމަށްވާ އަލް މުޣައްޔިރުގައި.

އިޒްރާއީލުގެ ސިފައިން ވެސްޓް ބޭންކުގައި ހިސޯރުކޮށްފައިވާ ރާމަﷲ އިން ގާތްގަނޑަކަށް 3،000 ޒައިތޫނި ގަސް ނައްތާލައިފި ކަމަށް އެ އަވަށުގެ ލޯކަލް ކައުންސިލްގެ ވެރިޔާ ހާމަކޮށްފިއެވެ.

މިއީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ އިތުރުން ވެސްޓް ބޭންކުގެ އެކި ސަރަޙައްދު ތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތި ކުރުވަމުން ގެންދާ އަނިޔާވެރިކަމުގެ ރާޅުގެ ތެރެއިން ހިންގި ޖަރީމާ އެކެވެ.

އިސްރާއީލުގެ ސިފައިން ރާމަﷲ ގެ އުތުރު އިރުމަތީގައި އޮންނަ އަލް-މުޣައްޔިރު އަވަށުގެ ބޮޑު ސަރަޙައްދެއްގައި ހުރި ޒައިތޫނި ގަސްތައް ނަގައި ނައްތާލުމުގެ އަމުރެއް ވަނީ ނެރެފައެވެ. މި އަވަށަކީ ގާތްގަނޑަކަށް 4،000 މީހުން ދިރިއުޅޭ ރަށެކެވެ.

މި ގަސްތައް ނައްތާލުމަށް ސިފައިން ދައްކާފައިވާ ބަހަނާ އަކީ އެ އަވަށުގެ ތެރެއިން އިސްރާއީލުގެ އާބާދީއެއްގެ ތެރެއަށް ގޮސް ގުޅޭ މަގަކަށް މި ގަސްތަކުން "ސަލާމަތީ ގޮތުން ނުރައްކާ" ކުރިމަތިވާތީ ކަމުގައެވެ.

މި ގަސްތައް ނައްތާލީ އަލް-މުޣައްޔިރު އަވަށް ލޮކްޑައުނެއްގައި އޮއްވައެވެ. ބުރާސްފަތި ދުވަހުން ފެށިގެން މި އަވަށް ލޮކްޑައުން ކޮށްފައި ވަނީ އިސްރާއީލުގެ މީހެއްގެ ގަޔަށް އެ އަވަށުގެ މީހަކު ބަޑި ޖެހި ކަމަށް ބުނުމާ ގުޅިގެންނެވެ.

އަވަށު ކައުންސިލްގެ ނައިބު ރައީސް މަރްޒޫޤު އަބޫ ނައީމް ފަލަސްޠީނުގެ ނޫސް އޭޖެންސީ ވަފާ އަށް ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުގެ ސިފައިން 30 އަށްވުރެ ގިނަ ގެއަށް ވަދެ، ރައްޔިތުންގެ މުދަލާއި އުޅަނދުފަހަރަށް ގެއްލުން ދީފައި ވެއެވެ.

އެތައް އަހަރެއް ވަންދެން އިސްރާއީލުގެ ސިފައިން ވަނީ ފަލަސްޠީނުގެ މުހިންމު ސަގާފީ ނިޝާނެއް ކަމުގައިވާ ޒައިތޫނި ގަސްތައް ހިސޯރު ކޮށްފައިވާ ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުން ނަގައި ނައްތާލަމުން ގެންގޮސްފައެވެ. މިއީ ފަލަސްޠީނުގެ ބިންތައް އަތުލައި، އެތަންތަނުގައި ދިރިއުޅޭ ފަލަސްތީނު މީހުން ބާރުގެ ބޭނުން ކޮށްގެން ނަމަވެސް ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ގައި ހަނގުރާމަ އިއުލާނު ކުރުމާ ގުޅިގެން ވެސްޓް ބޭންކުގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް އިސްރާއީލުގެ އާބާދީތަކުގެ މީހުން ކުރާ އަނިޔާވެރި ޢަމަލުތައް އިތުރުވެފައިވެއެވެ. އަދި މިކަމުގެ ސަބަބުން އެތައް ހާސް ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނުކުތުމަށް މަޖުބޫރު ވެފައި ވެއެވެ.

މަސްދަރު: އަލް ޖަޒީރާ

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު