Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީ މަޖިލިސް އިންތިހާބު ކެމްޕެއިން

ޕްރައިމަރީގައި ބަލިވި ކެންޑިޑޭޓުންނަށް ތާއީދުކުރައްވާފައި ވަޑައިގެން ރައީސް އެ ތުހުމަތު އެހެން މީހުންގެ ބޮލުގައި އަޅުއްވައިފި

ރައީސް ގެންދަވަނީ އެމަނިކުފާނު ބޭނުންފުޅު ކެންޑިޑޭޓަކަށް ތާއީދުކުރައްވާ ކެމްޕޭން ކުރައްވަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 އެޕްރީލު 2024 | ބުދަ 03:29
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ބޭއްވި ޕްރައިމަރީގައި ބަލިވި ކެންޑިޑޭޓުންނަށް ތާއީދުކުރައްވާފައި ވަޑައިގެން އެ ތުހުމަތު އެހެން މީހުންގެ ބޮލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިފިއެވެ.

ޕީއެންސީގެ ޕްރައިމަރީން ބަލިވި ފަރާތްތަކުގެ ތެރެއިން އެމަނިކުފާނު ތާއީދުކުރައްވާ ފަރާތްތަކަށް ގެންދަވަނީ ކެެމްޕޭން ވެސް ކުރައްވަމުންނެވެ. އަދި ބައެއް ކެންޑިޑޭޓުން ގަސްތުގައި ފެއިލް ކޮށްލުމަށްޓަކައި ޕްރައިމަރީ އޮތް ދުވަސް ނޫން އޭގެ ކުރީ ދުވަހު ވޯޓާސް ލިސްޓަށް ބަދަލުތަކެއް ގެނެސް އާންމުން މެންބަރުން ވެސް ވަނީ ޕާޓީގެ ދަފުތަރުން އުނިކޮށްފައެވެ.

Advertisement - newsAdvertisement

އަދި މިގޮތަށް އަމަލުކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ޕާޓީގެ ޕްރައިމަރީން ބަލިވި މީހުން އަމިއްލަ ގޮތުން ވާދަކުރާތީ ފާޑު ވިދާޅުވެފައެވެ. އެގޮތުން ކެމްޕޭން ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޕްރައިމަރީގައި ވަކިގޮތަކަށް ނިމުނީމަ ނުވަތަ ސަރުކާރުން ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުން އަމިއްލަ މަސްލަަހަތު އިސްކުރައްވައިގެން ބައެއް ކެންޑިޑޭޓުން ވާދަކުރައްވާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ވަރަށް ފަސޭހައިން ކާމިޔާބު ކުރެއްވޭނެ ދާއިރާތަކުގައި އެގޮތަށް ފެންނާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ގޮނޑި ފަސޭހަކަމާއެކު ގެއްލޭ ކަމަށެވެ. އަދި އެކަން ނުކުރެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތު ފަހަތަށްޖައްސާލަން ޖެހޭ ކަމަށާއި، ގައުމު ކުރިއަށް ނެރެ ގައުމު އިސްކުރަންޖެހޭ ކަމަށެވެ. އަދި ގައުމު އިސްނުކޮށް އަމިއްލަ މަސްލަހަތު އިސްކޮށްގެން ވާނެ ކާމިޔާބެއް ނުވަތަ ކުރިއެރުމެއް އެބައޮތްތޯ އެމަނިކުފާނު ވަނީ ސުވާލުކުރައްވާފައެވެ. އަދި ޕީއެންސީގެ މެންބަރުން އެމްޑީޕީއަށް ބައިއަތު ހިފަމުންދާ ކަމަށާއި، އެކަން ނުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ހުރާ ދާއިރާގެ ޕީއެންސީގެ ޓިކެޓު ލިބުނު ކެންޑިޑޭޓުގެ ބަދަލުގައި ޕްރައިމަރީން ބަލިވެ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަކަށް ސަރުކާރުން ގެންދަނީ ތާއީދުކުރަމުންނެވެ. އަދި ތިމަރަފުށީ ދާއިރާއާއި އެހެން ބައެއް އިތުރު ދާއިރާގެ ވެސް ޓިކެޓް ލިބުނު ކެންޑިޑޭޓުން ފިޔަވައި ރައީސް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް ސަރުކާރުން ދަނީ ކެމްޕެއިން ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޕީޕީއެމް-ޕީއެންސީރައްޔިތުންގެ މަޖިލިސްމަޖިލިސް އިންތިޚާބު 2024

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު