Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމް

ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ

މި ޖަލްސާގައި، 2023 ވަނަ އަހަރު ވީއޭއެމްގެ އަހަރީ ރިޕޯޓުގެ އިތުރުން، 2023 ވަނަ އަހަރުގެ މާލީ ރިޕޯޓު ފާސްކުރުން އޮންނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މާރިޗު 2024 | ހޮނިހިރު 08:52
ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން

ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އަހަރީ އާންމު ޖަލްސާ ހޮނިހިރު ދުވަހުގެ ރޭ (މިރޭ) ބާއްވަން ނިންމައިފި އެވެ.

ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 22:45 ގައި ސޮލައިޓް ރެސްޓޯރެންޓުގަ އެވެ. މި ޖަލްސާގައި، 2023 ވަނަ އަހަރު ވީއޭއެމްގެ އަހަރީ ރިޕޯޓުގެ އިތުރުން، 2023 ވަނަ އަހަރުގެ މާލީ ރިޕޯޓު ފާސްކުރުން އޮންނާނެ ކަމަށް އެ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ވަނީ ވިދާޅުވެފަ އެވެ.

ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ ބާއްވާއިރު، ދާދި ފަހުން ވަނީ އެ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައި، ހުސްވެފައިވާ މަޤާމުތަކަށް މެމްބަރުން ވެސް އިންތިޚާބު ކޮށްފަ އެވެ. އެގޮތުން ވީއޭއެމްގެ ރައީސްކަމުގެ މަޤާމަށް އިންތިޚާބު ކޮށްފައި ވަނީ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް (ލަތީބެ) އެވެ. ވީއޭއެމްގެ ރައީސްކަމުގެ މަޤާމަށް ލަތީފް އިންތިޚާބު ކޮށްފައި ވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވުމުން، އެ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ.

އެ ކޮންގްރެސްގައި ވަނީ ވީއޭއެމްގެ ހިންގާ ކޮމިޓީން ހުސްވެފައިވާ އެހެން މަގާމުތަކަށް ވެސް މެމްބަރުން އިންތިޚާބު ކޮށްފަ އެވެ. އެގޮތުން ސީނިއާ ނައިބު ރައީސަކަށް މުޙައްމަދު ސާޖިދު (ބޮޑު ކާއްޓެ) ވަނީ އިންތިޚާބު ކޮށްފަ އެވެ. އޭގެ އިތުރުން ނައިބު ރައީސް ވޮލީބޯޅައިގެ މަޤާމަށް އިންތިޚާބު ކުރީ އަލީ ލަތީފް އެވެ. އަދި ނައިބު ރައީސް އިދާރީގެ މަގާމަށް އިއްޒަތު ވަހީދު، އަންހެން ނައިބު ރައީސްގެ މަޤާމަށް އާއިދާ އަބްދުލް ހަކީމް އިންތިޚާބު ކުރި އެވެ. ހަމައެހެންމެ، ހިންގާ ކޮމިޓީ މެމްބަރުންގެ މަގާމަށް ފަތުހުﷲ ވަހީދު (ފައްލޯ)ގެ އިތުރުން، ސޮފްވާން އަޙުމަދު، ޝިޔާމް އަލީ އަދި ހިންގާ ކޮމިޓީ އަންހެން މެމްބަރުގެ މަގާމަށް އައިޝަތު ފަތީނަތު ވަނީ އިންތިޚާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

20 އެޕްރީލު 2018

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ

20 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން ފެށުމަށް ތައްޔާރުވެއްޖެ
18 އެޕްރީލު 2018

ސިޓީގެ ފަސް ކުޅުންތެރިންނާ އެކު ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ޓީމު އާންމުކޮށްފި

18 އެޕްރީލު 2018
ސިޓީގެ ފަސް ކުޅުންތެރިންނާ އެކު ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ޓީމު އާންމުކޮށްފި
03 އެޕްރީލު 2018

އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން މިއަހަރު ބ. ގޮއިދޫގައި

03 އެޕްރީލު 2018
އޮލިމްޕިކް ކޮމިޓީގެ އަހަރީ ބައްދަލުވުން މިއަހަރު ބ. ގޮއިދޫގައި
12 ޖެނުއަރީ 2018

ޔުއެފާގެ ޓީމް އޮފް ދަ އިޔަރ އާންމުކޮށްފި

12 ޖެނުއަރީ 2018
ޔުއެފާގެ ޓީމް އޮފް ދަ އިޔަރ އާންމުކޮށްފި
06 ނޮވެމްބަރު 2017

ބައިކް މޯލްޑިވްސްގެ އަހަރީ ފެމިލީ ޑިނާރ ނައިޓް ބާއްވައިފި

06 ނޮވެމްބަރު 2017
ބައިކް މޯލްޑިވްސްގެ އަހަރީ ފެމިލީ ޑިނާރ ނައިޓް ބާއްވައިފި
18 ސެޕްޓެމްބަރު 2017

ޝަރަފްގެ ބަދަލުގައި ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް ބޭބެ ހަމަޖައްސައިފި

18 ސެޕްޓެމްބަރު 2017
ޝަރަފްގެ ބަދަލުގައި ވީއޭއެމްގެ ޖެނެރަލް ސެކެޓްރީއަކަށް ބޭބެ ހަމަޖައްސައިފި
19 އެޕްރީލު 2017

ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށަނީ

19 އެޕްރީލު 2017
ތިންވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށަނީ
21 ފެބުރުއަރީ 2017

ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!

21 ފެބުރުއަރީ 2017
ކާނަލްގެ ބަދަލުގައި ވީއޭއެމްގެ އެކްސްކޯ އަށް އައްލަ!
08 ފެބުރުއަރީ 2017

ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ

08 ފެބުރުއަރީ 2017
ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު