Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގޫދޫ އެއާޕޯޓް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

29 މާރިޗު 2024 | ހުކުރު 17:27

ސިޔާސީ އަނިޔާކުރުން ހުއްޓާލުމަށް ވެސް އެއްވެފަިއވާ އާއްމުން ދަނީ ގޮވާލަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 މާރިޗު 2024 | ހުކުރު 17:27
މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ ކުރަނީ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ ކުރަނީ

ފ.މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެއެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުލް ހަމީދު ރާއްޖެ އެމްވީ އަށް ވިދާޅުވީ މުޒާހަރާ ކުރަން ފަށާފައި ވަނީ 21:30ގައި ކަމަށެވެ.

މަގޫދޫ އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން އަޅަން ފެށި އެއާޕޯޓެއް ކަމަށާއި އެ އެއާޕޯޓުގެ މަސައްކަތުގެ ބޮޑު އިންސައްތައެއް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލަން ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު ރަސްމީކޮށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތް ހުއްޓާލުމުގެ ކުރިން ކައުންސިލާއި އެއްވެސް މަޝްވަރާ އެއް ވެސް ކޮށްފަ ނުވާތީ އޭނާ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެއްވެފައިވާ އާއްމުންގެ ޑިމާންޑަކީ ވީ އެންމެ އަވަހަކަށް އެއާޕޯޓުގެ މަސައްކަތް ފެށުން ކަމަށެވެ.

އަދި އެއްވެފައިވާ މީހުންނަކީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ އެއްވި ބައެއްނޫން ކަމަށާއި އެ އެންމެން ވެސް އެދެނީ ރަށަށް ރަނގަޅު ގޮތްތަކެއް ވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިކަމަކީ ސިޔާސީ ބޭނުމަކަށް ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލީ މަޖިލިސް އިންތިޚާބުގައި ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އަށް އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިލަންދޫ އިން ޑިމާންޑްކުރަނީ ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އަވަސްކުރުމަށް ކަމަށާއި ސަރުކާރުން އެ މަސައްކަތް ކުރުމަށް ހިނގާ ހިނގާ އޮތް މަޝްރޫޢު އެއް މަޑު ޖައްސާލުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެފައިވާ އާއްމުން ދަނީ މަގޫދޫ ރައްޔިތުންނަށް ދެމުންދަނީ އަނިޔާ އެއް ކަމަށް ސިފަކުރަމުންނެވެ. އަދި ސިޔާސީ އަނިޔާކުރުން ހުއްޓާލުމަށް ވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް