Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤުރުއާން ކިޔެވުން

ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ

މިފަދަ ކަންކަމަކީ ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައިވެސް މުހިންމުކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 މާރިޗު 2024 | ހުކުރު 03:47
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޚާއްޞަކޮށް ރަމަޟާންމަހުގައި ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މަރްޙޫމް އިބްތިޙާލްގެ ހަނދާނުގައި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) ގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތް 1445 ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވަނީ ކެޕްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތެއް ކުރިޔަށްގެންގޮސްފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އަދި މިފަދަ ކަންކަމަކީ ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައިވެސް މުހިންމުކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ޖަލްސާގައި މި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވިފައިވާ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ޖުމްލަ 53 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތަކީ ވިލިމާލޭގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އަދި މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ޖުމްލަ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން އަދި ޚާއްޞަ ކެޓަގަރީއެއްގެ ގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފުރުޞަތު ހުޅުވާލައިގެންނެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2018

ދަރިންނަށް ކީރިތި ޤުރުއާން ކިޔަވައިދީ ގޭގައި ޤުރުއާން ކިޔެވުމަށް ބާރު އެޅަން ޖެހޭ: ޚުތުބާ

19 އޮކްޓޯބަރު 2018
ދަރިންނަށް ކީރިތި ޤުރުއާން ކިޔަވައިދީ ގޭގައި ޤުރުއާން ކިޔެވުމަށް ބާރު އެޅަން ޖެހޭ: ޚުތުބާ
06 އޯގަސްޓު 2018

ނ. އަތޮޅު ޤުރުއާން މުބާރާތް 2018 ނިންމައި ވަނަ ހޮވައިފި

06 އޯގަސްޓު 2018
ނ. އަތޮޅު ޤުރުއާން މުބާރާތް 2018 ނިންމައި ވަނަ ހޮވައިފި
22 ޖުލައި 2018

ޕީ.އެލް.ކިޑްސް ޕްރައިމެރީން ބޭއްވި ފުރަތަމަ ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

22 ޖުލައި 2018
ޕީ.އެލް.ކިޑްސް ޕްރައިމެރީން ބޭއްވި ފުރަތަމަ ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
30 މެއި 2018

އަލް ނޫރު އަލް މުބިން ޤުރުއާން މުބާރާތުގައި ތިންވަނަ ހޯދި އަޝްރަގަށް ސްކޮލާރޝިޕެއް

30 މެއި 2018
އަލް ނޫރު އަލް މުބިން ޤުރުއާން މުބާރާތުގައި ތިންވަނަ ހޯދި އަޝްރަގަށް ސްކޮލާރޝިޕެއް
04 ޖެނުއަރީ 2018

ސްކޫލުތަކުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

04 ޖެނުއަރީ 2018
ސްކޫލުތަކުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު