Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް

50ގެ ތެރެއިން 13 ކުޅުންތެރިން ތިބީ އަނިޔާގައި: ބްރެޒިލް ކޯޗު

މުހިންމު ކުޅުންތެރިން ނެތުމުން ޒުވާން ކުޅުންތެރިންގެ ވިދުން ގަދަ: ކޯޗު

ރާއްޖެ އެމްވީ | 26 މާރިޗު 2024 | އަންގާރަ 11:13
ގަބްރިއެލް ލަނޑު ޖެހުމަށްފަހު ނޭމާއާއެކު: ފޮޓޯ-ރޮއިޓަރސް

ގަބްރިއެލް ލަނޑު ޖެހުމަށްފަހު ނޭމާއާއެކު: ފޮޓޯ-ރޮއިޓަރސް

ގައުމީ ޓީމުގެ މެޗުތަކަށް ނެގި 50 ކުޅުންތެރިންގެ ތެރެއިން 13 ކުޅުންތެރިއަކު ތިބީ އަނިޔާވެފައި ކަމަށް ކޯޗު ޑޮރިވޯލް ޖޫނިއާ ބުނެފި އެވެ.

އޭނާ ބުނީ ސްޕޭނާ ދެކޮޅަށް ނުކުޅެވޭނެކަން އެންމެ ފަހުން ޔަގީންވި ކުޅުންތެރިއަކީ ޓީމުގެ ވައިސް ކެޕްޓަން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކަސެމީރޯ ކަމަށެވެ. އޭނާގެ ބަދަލުގައި ޓީމަށް ނެގީ ޕޯޓޯގެ ޕެޕޭ އެވެ. މިއީ ޒުވާން ކުޅުންތެރިޔާ ގައުމީ ޓީމަށް ނެގި ދެ ވަނަ ފަހަރެވެ.

މިހާތަނަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން ކަށަވަރުވެފައިވާ ކުޅުންތެރިންނަކީ ޓީމުގެ އެންމެ މުހިންމު ދެ ކީޕަރުން ކަމަށްވާ ލިވަޕޫލްގެ އަލިސަން ބެކާ އާއި މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަސަން އާއި އާސެނަލްގެ ފޯވަޑް ގަބްރިއަލް މާޓިނެއްލީ އާއި ޕީއެސްޖީގެ ޑިފެންޑަރު މާކިއުނޯސް އެވެ.

ކޯޗު ބުނީ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާވި ނަމަވެސް ބްރެޒިލުން ވާދަވެރި ޓީމެއް ނެރޭނެ ކަމަށެވެ.

މުހިންމު ދެ ކީޕަރުންނަށް އަނިޔާވުމުން ޓީމަށް ނަގާފައިވަނީ ވަސްކޮޑަމާގެ ކީޕަރު ލިއޯ ޖާރިމް އާއި ފްލެމިންގޯގެ ޑިފެންޑަރު ފަބްރިކޯ ބްރޫނޯ އާއި ޕޯޓޯގެ ފޯވަޑް ގަލެންކޯ އެވެ.

ބްރެޒިލްގެ ޒުވާން ކުޅުންތެރިން ދަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފަމުން ކަމަށް ވެސް ކޯޗު ބުންޏެވެ. އޭގެ ތެރެއިން މިހާރު އެންމެ ގިނަ ބަޔަކު ލޮލުގައި އަޅައިގެންފައިވަނީ 17 އަހަރުގެ ފޯވަޑް އެންރިކް އެވެ. އޭނާ ވަނީ އިނގިރޭސިން ކޮޅަށް ގޯލުޖަހައި ޓީމު މޮޅުކޮށްދީފަ އެވެ. މިހެންވެ މިރޭ ސްޕޭނާ ދެކޮޅަށް ފުރަތަމަ 11ގައި އޭނާ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ކޯޗު ބުންޏެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު