Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރާންސްފަރ ޚަބަރު

ނޭމާ އަލުން އެނބުރި ދާން ބޭނުންވަނީ ކުރީގެ ކުލަބް ބާސެލޯނާއަށް

ބްރެޒިލްގެ ބޮޑެތި ކުލަބުތަކުގެ ތެރެއިން ކުލަބެއްކަމުގައިވާ ސަންޓޯސް އަށް ނޭމާ އެނބުރި އައީ ފާއިތުވި މަހުއެވެ. ސަންޓޯސްއަށް ބަދަލުވުމުގެ ކުރިން ނޭމާ ކުޅެފައިވަނީ ސައުދީ ޕްރޯ ލީހުގެ އަލް ހިލާލް އަށެވެ. އެހެން ނަމަވެސް އަލް ހިލާއަށް ނޭމާ ބަދަލުވިފަހުން، އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ، އޭނާއަށް ކުރިއަށް ދެވޭގޮތް ނުވުމުން އަލް ހިލާލާއެކު ވެފައިވާ އަހަރަކު 130 މިލިއަން ޕައުންޑުގެ އެއްބަސްވުން ދެފަރާތުގެ އެއްބަސްވުމާއެކު ނިމުމަކަށް ގެނައުމަށްފަހު ނޭމާ ވަނީ ސަންޓޯސްއަށް ބަދަލުވެފައެވެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 14 ފެބުރުއަރީ 2025 | ހުކުރު 08:48
ބްރެޒިލް ތަރި ނޭމާ އަލުން އެނބުރި ސަންޓޯސްއަށް ބަދަލުވެ، ކުޅުނު މެޗެއްގެ ތެރެއިން

ބްރެޒިލް ތަރި ނޭމާ އަލުން އެނބުރި ސަންޓޯސްއަށް ބަދަލުވެ، ކުޅުނު މެޗެއްގެ ތެރެއިން

ބްރެޒިލްގެ ތަރި ނޭމާ ބްރެޒިލްގެ ސަންޓޯސް އަށް އެނބުރި އައީ ފާއިތުވި މަސްތެރޭގައެވެ. ސަންޓޯސްއަށް ބަދަލުވުމުގެ ކުރިން ނޭމާ ކުޅެފައިވަނީ ސައުދީ ޕްރޯ ލީހުގެ އަލް ހިލާލް އަށެވެ.

އެހެން ނަމަވެސް ނޭމާ އަލް ހިލާއަށް ބަދަލުވިފަހުން، އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ، އޭނާއަށް ކުރިއަށް ދެވޭގޮތް ނުވުމުން އަލް ހިލާލާއެކު ވެފައިވާ އަހަރަކު 130 މިލިއަން ޕައުންޑުގެ އެއްބަސްވުން ދެފަރާތުގެ އެއްބަސްވުމާއެކު ވަނީ ނިމުމަކަށް ގެނެސްފައެވެ. އަދި އޭގެ ފަހުން ނޭމާ ވަނީ އަލުން އެނބުރި ކުރީގެ ކުލަބު ސަންޓޯސްއަށް ބަދަލުވެފައެވެ.

ބްރެޒިލްގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ ނޭމާ ސަންޓޯސްގައި ފުރަތަމަ ކުޅުނީ 2009 ވަނަ އަހަރުއެވެ. އަދި 2011 ވަނަ އަހަރު ކޮޕާ ލިބަރްޓަޑޯރެސްގެ ފައިނަލްގައި ގޯލެއް ޖަހައި އެ މުބާރާތް ކާމިޔާބުކުރިއެވެ. އޭނާގެ ސަންޓޯސްގައި ހޭދަކުރި ހަތަރު އަހަރުގެ މުއްދަތުގައި ޖުމުލަ 225 މެޗު ކުޅެ، 136 ގޯލު ޖަހައި، 64 އެސިސްޓް ހަދާފައި ވެއެވެ.

އުމުރުން 33 އަހަރުގެ ނޭމާ އަށް ފަހަކަށް އައިސް ކުރިމަތިވަމުން އައި އަނިޔާތަކުގެ ސަބަބުން އޭނާއަށް ފާއިތުވި ހަތަރުވަރަކަށް އަހަރު ހޭދަކުރަން ޖެހުނީ ކުޅުމާއި ދުރުގައެވެ. ހިލާލް އިންވެސް ނޭމާގެ އެއްބަސްވުން އުވާލި އެންމެ ބޮޑު ސަބަބަކީ ވެސް އެއީ އެވެ.

ނަމަވެސް، ސްޕެއިންގެ ނޫސް ވަސީލަތެއް ކަމުގައިވާ ކަޑެނާ ސެރްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ނޭމާ މިހާރުވެސް ވިސްނަމުންދަނީ ކުރިއަށް އޮތް ހޫނު މޫސުމުގައި އެހެން ކުލަބަކަށް ބަދަލުވުމަށެވެ. އޭނާގެ އެންމެ ބޮޑު އިސްކަމެއް ދޭ ކުލަބުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އޭނާ ކުރިން ކުޅެފައިވާ ސްޕެއިންގެ ބާސެލޯނާއެވެ.

ނޭމާއަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ މަޝްހޫރު ކުޅުންތެރިންގެ ތެރެއިން އެކަކަށް ވެފައިވާއިރު، އޭނާ ވަނީ ބާސެލޯނާގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ކުޅެފައެވެ. ނޭމާ ބާސެލޯނާއަށް ކުޅެދިން 185 މެޗުގައި 105 ގޯލު ޖަހައި 76 އެސިސްޓް ވަނީ ދީފައިވެއެވެ.

ބާސެލޯނާއަށް މޮޅުކުޅުމެއް ދައްކައި ގިނަ އަހަރުތަކެއް ވަންދެން އެ ކުލަބުގައި ކުޅުމަށް ފަހު 2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑު އަގަކަށް ނޭމާ ބަދަލުވީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށެވެ. ޕީއެސްޖީން އޭނާ ބަދަކުވީ އަލް ހިލާލްއަށެވެ. އަލް ހިލާލް އަށް ބަދަލުވި އިރުވެސް ނޭމާ ހުރީ އަނިޔާގައެވެ.

ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ނޭމާ ސަންޓޯސްއަށް އެނބުރި ދިޔުމަކީ، އޭނާއަށް އަދިވެސް މަތީ ފަންތީގެ ޓީމެއްގައި މުހިންމު ދައުރެއް އަދާކުރެވޭނެކަން ޔޫރަޕިއަން ކުލަބުތަކަށް ސާބިތުކޮށްދިނުމަށް އޮތް ފުރުސަތެކެވެ. އަދި މީގެ އިތުރުން، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކުޅޭ ބްރެޒިލްގެ ސްކޮޑުން ޖާގައެއް ހޯދުމަކީ ވެސް ނޭމާގެ އަމާޒަކަށް ވަނީ ވެފައެވެ.

ބާސެލޯނާގެ ސްޕޯޓިންގ ޑިރެކްޓަރ ޑެކޯ މި ހަފްތާގައި ބުނެފައިވަނީ ސަމަރ މާކެޓުގައި ކުލަބުގެ މައިގަނޑު އަމާޒަކީ ވާތް ފަރާތު ވިންގެއް ހޯދުން ކަމަށެވެ. ނަމަވެސް ބާސާ އަކީ މިވަގުތު ވެސް ޒުވާން މޮޅުކުޅުންތެރިންތަކެއް ތިބި ކުލަބެއް ކަމުން އިތުރު ކުޅުންތެރިއަކު ބާސާއަށް ގެނައުން މާ މުހިންމު ނޫންކަމަށް ޑެކޯ ބުނެފައިވެއެވެ. ނަމަވެސް އެއް ކުޅުންތެރިއަކު އެ ކުލަބަށް ގެނައުމަކީ އެކަށީގންވާ ކަމެއްކަމަށް ވެސް އޭނާ ބުންޏެވެ.

ބާސެލޯނާއަށް ދިމާވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން މާކެޓުގައި އެ ކުލަބުގެ ހަރަކާތްތެރިކަން ބޮޑުތަނުން ވަނީ ދައްވެފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު