Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލޫކާ މޮޑްރިޗް

މޮޑްރިޗް ކުޅުން ހުއްޓާލާނީ 2026ގެ ވޯލްޑްކަޕް ކުޅެފައި

2026ގެ ވޯލްޑްކަޕަށް ތައްޔާރުވާން އެމެރިކާ ލީގަށް ބަދަލުވުން ގާތް

ރާއްޖެ އެމްވީ | 26 މާރިޗު 2024 | އަންގާރަ 05:57
ލޫކާ މޮޑްރިޗް

ލޫކާ މޮޑްރިޗް

ކްރޮއޭޝިޔާގެ ކެޕްޓަން އަދި އަދި ރެއާލް މެޑްރިޑުގެ ލެޖެންޑް ލޫކާ މޮޑްރިޗް ކުޅުން ހުއްޓާލާނީ 20206ގެ ވޯލްޑްކަޕް ކުޅެފައި ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.

މީޑިއާތަކުން މި ވާހަކަ ދައްކަން ފެށީ މި ސީޒަނުގެ ނިޔަލަށް އޭނާ ރެއާލް މެޑްރިޑާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާތީވެ ކުރިމަގުގައި ކުޅޭނެ ޓީމަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ރެއާލްއިން ބޭނުންވަނީ ފާއިތުވެދިޔަ 13 އަހަރު އެ ކުލަބަށް ކުޅެދިން މިޑްފީލްޑަރު ބޭނުންވާ މި ސީޒަނަށް ފަހު އޭނާ ދޫކޮށްލުމަށެވެ. އެކަމަކު އެކަމަށް މޮޑްރިޗް އެއްބަސްނުވާނަމަ އޭނާ ކުލަބުގައި ބެހެއްޓުމާމެދު ކޯޗު ކާލޯ އެންޗެލޯޓީގެ މައްސަލައެއްނެތެވެ.

ރިޕޯޓްތައް ބުނާ ގޮތުން މޮޑްރިޗް ގަތުމަށް ސައޫދީ އަރަބިއާގެ ލީގުން ވަނީ ހުށަހަޅަން ތައްޔާރުވެފަ އެވެ. އެކަމަކު އޭނާ އެލީގަށް ދާކަށް ބޭނުމެއްނުވެ އެވެ. ރެއާލްއިން ފުރުސަތު ނުލިބޭނަމަ އޭނާ ފެނުން ގާތީ ޔޫރަޕުގެ އެހެން ކުލަބަކުން ނުވަތަ އެމެރިކާގެ މޭޖަރ ސޮކާ ލީގުންނެވެ. މޮޑްރިޗް ގަބޫލުކުރާ ގޮތުގައި ސައޫދީ ލީގަށްވުރެ އެމެރިކާ ލީގު ވަރުގަދަ އެވެ. އަދި އޭނާ ބޭނުންވާ ކަންކަމަށް އެލީގުގައި ކުޅެން މާބޮޑަށް ފަރުވާލިބޭނެ އެވެ. އެއީ 2026ގެ ވޯލްޑްކަޕް ބާއްވަނީ އެމެރިކާގައި ކަމަށްވުމުން އެ މާހައުލަށް ހޭނެން ފަސޭހަވާނެތީ އެވެ.

އުމުރުން މިހާރު 38 އަހަރުގެ މޮޑްރިޗް ވަނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ފައިނަލަށް ޓީމު ގޮވައިގެން ދަތުރުކޮށްފަ އެވެ. އަދި އޭނާ ވަނީ އެ އަހަރު ވޯލްޑްކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު