Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

ދަރުމަވެރި ޒުވާނުންތަކެއްގެ ވަރުގަދަ މެސެޖެއް، މުޅި ދުނިޔެއަށް!

ޣައްޒާގެ ސަރަހައްދުގައި ކުނި ޖަމާވުމުގެ ނުރައްކާ އިންޒާރު، އިންސާނީ ހައްގުތަކާއި ތިމާވެށީގެ ޖަމިއްޔާތަކުން ފާއިތުވި އަހަރުތަކުގައި ދީފައިވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 މާރިޗު 2024 | ހޯމަ 09:09
ބޯހިޔާވަހިކަން ހޯދައިދިނުމުގެ އިތުރަށް، މި ޙާލަތުގައިވެސް ތިމާވެށި ހިމާޔަތް ކުރުމަކީ ޒުވާނުންގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް

ބޯހިޔާވަހިކަން ހޯދައިދިނުމުގެ އިތުރަށް، މި ޙާލަތުގައިވެސް ތިމާވެށި ހިމާޔަތް ކުރުމަކީ ޒުވާނުންގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް

ހިތްވަރާއި ސާބިތުކަމުގައިވެސް އެއީ ނަމޫނާއެކެވެ. މިންވަރަށް ޝުކުރުކޮށް، ލިބުނު އެއްޗަކުން ފުއްދާލައިގެން އުޅުމުގައިވެސް އެއީ ހަމަ ނަމޫނާއެކެވެ. އިންސާނީ ޙަޟާރާތު، އެތައް ގޮތަކުން ކުރިއަރާފައިވާ އަދުގެ ދުނިޔޭގައި، ބައެއްގެ މުށްދަށުވެ ގަތުލުވާން ޖެހުނު ކަމުގައި ވީ ނަމަވެސް ޣައްޒާގެ މަސްރަހުން މުޅިންވެސް ފެންނަނީ ހަމަ މި ދެންނެވި ފަދަ ސާބިތު ނަމޫނާ ދަރިންތަކެކެވެ. ކުޑައެއް ބޮޑެއް ކިޔާނެ ކަމެއް ނެތެވެ. ޒުވާނުންވެސް ހަމަ އެފަދައެވެ.

ޟަރޫރަތަކީ އީޖާދުގެ މަންމައޭ ބުނާނެ އެތައް މިސާލެއް ޣައްޒާއިން ދެއްކި ދާނެއެވެ. މިއީވެސް އެކަހަލަ މިސާލެކެވެ. ނިރުބަވެރި އިޒްރޭލުގެ ޢުދުވާންތަކުގައި މުޅި ޣައްޒާ ހަފުސްކޮށް، ޢާބާދީގެ އެންމެހެން މަގުމަތިކޮށްފައި ވާ ދަނޑިވަޅެއްގައި، ޣައްޒާގެ ޒުވާނުންގެ ޓީމަކުން ދަނީ އާދަޔާ ޚިލާފު މަސައްކަތެއް ކުރަމުންނެވެ. އެ މީހުންގެ މަސައްކަތަކީ، ޣައްޒާއަށް އެތެރެ ކުރެވޭ މަދު ކާބޯތަކެތިކޮޅު ބަންދުކޮށްފައި ހުންނަ ދަޅު ހުސްވުމުން، އެ ދަޅުތައް ބޭނުން ކޮށްގެން ގެދޮރު އެޅުމެވެ. ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ. އިންސާނީ ކާރިޘާއެއް އޭގެ އެންމެ ހިތްދަތި ފައްތަރަށް ވެއްޓި، ވަޞީލަތްތައް އިންތިހާއަށް ހީނަރުވެފައި ވާ ޣައްޒާގެ ޒުވާނުންނަށް މިއަދު ވަނީ، އެކިއެކި އީޖާދުތައް ކުރަން މަޖުބޫރުވެފައެވެ.

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ވަޢުދުވަމުން އިޒްރޭލުން ގަތުލުއާންމު ހިންގަން ފެށިފަހުން 5 މަސްދުވަސް ފާއިތުވެ، 6 ވަނަ މަހަކާ ދަނީ ގާތް ވަމުންނެވެ. ދީރް އަލް ބަލާހްގައި ގެދޮރު ގެއްލިފައި ވާ މީހުންނަށް ޚާއްޞަކޮށްފައި އޮންނަ އަލް ނަޚީލް ކޭމްޕުގެ މެދަކާ ހިސާބުގައި، ޒުވާނުންގެ ދަރުމަވެރި ގުރޫޕަކުން ވަނީ ކާބޯތަކެތި ބަންދުކުރާ ދަޅުތަކުން ކޮޓަރިއެއް އަޅާފައެވެ. ޒުވާނުންގެ ގުރޫޕުން މިހާރު ވަނީ އެ ކޮޓަރި، ޢާއިލާއަކަށް ހަދިޔާވެސް ކޮށްފައެވެ. އެ ޢާއިލާއަކީ އެއްވެސް ވަރެއްގެ ހިޔާވަހިކަމެއް ނެތި، މަގުމަތީގައި ދިރިއުޅެމުން ދިޔަ ޢާއިލާއެކެވެ.

ޒުވާން ދަރުމަވެރިންގެ ތެރޭގައި ހިމެނުނު އެކަކީ އާސިމް ކަރީމްއެވެ. އާސިމް ކިޔައިދިން ގޮތުގައި އެ ކޮޓަރީގެ މަސައްކަތަށް ބޭނުންވާ ދަޅުތައް އެއްކުރީ 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައެވެ. 3000 އަށް ވުރެ ގިނަ ދަޅު ބޭނުންކޮށްގެން އަޅާފައި ވާ އެ ކޮޓަރިން ފެންނަން ހުރި ބައެއް ބާވަތްތަކަށް ބަލާއިރު، އެއްގަމު މަސް، ފާވާ ބީންސް، ހަމަސް، އަދި ގްރީން ބީންސް ފަދަ ބާވަތްތައް ބަންދުކޮށްފައި ހުންނަ ދަޅުތައް ފާހަގަ ކުރެވެއެވެ. މި ބާވަތްތަކަކީ އިޒްރޭލުގެ ރަޙުމެއް ނެތް ވަކިތަކުގެ ތެރެއިން ޣައްޒާއަށް ފޯރާ ކާބޯތަކެތީގެ އެންމެ އަސާސީ މިންވަރުގެ ތެރޭގައި ހިމެނޭ ބާވަތްތަކެކެވެ.

މި އާދަޔާ ޚިލާފު ހިޔާވައްސަކީ، އެފަދަ އެތައް ހިޔާވައްސެއްގެ ފެށުން ކަމަށް ޒުވާނުންގެ ގުރޫޕުން ބުނެއެވެ. ބޯހިޔާވަހިކަން ހޯދައިދިނުމުގެ އިތުރަށް، މި ޙާލަތުގައިވެސް ތިމާވެށި ހިމާޔަތް ކުރުމަކީ ޒުވާނުންގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހުގެ އާބާދީ މިހާރު ވަނީ 1.5 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. ގިނަ މީހުން ދިރިއުޅެމުންދާ ޓެންޓްތަކާއި މަގުތައް ތަޣައްޔަރު ވެފައި ވަނީ އެކި ޒާތްޒާތުގެ ކުނިބުނިންނެވެ. ޔަހޫދީން ދެމުންދާ ހަމަލާތަކުގެ ސަބަބުން އުފެދޭ ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން އެ ސިޓީގެ ސާފުކުރުމުގެ ހިދުމަތް އެކަށީގެންވާ މިންވަރަކަށް ކުރިއަކަށް ނުގެންދެވެއެވެ. ނަތީޖާއަކަށް ވީ، އިންތިހާ ބަލިމަޑުކަން ފެތުރެމުން ދިއުމެވެ.

ޣައްޒާގެ ސަރަހައްދުގައި ކުނި ޖަމާވުމުގެ ނުރައްކާ އިންޒާރު، އިންސާނީ ހައްގުތަކާއި ތިމާވެށީގެ ޖަމިއްޔާތަކުން ފާއިތުވި އަހަރުތަކުގައި ދީފައިވެ އެވެ. އިޒްރޭލުން ހިންގަން ފެށި ގަތުލުއާންމާއެކު ކުރިމަލާން ޖެހުނު ދަތިތަކާ އެކު ހާލަތު ގޯސްވީއެވެ. އެއްވެސް ހައްލެއް ފެންނަން ނެތް ދަރަޖައަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު