Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިރާސާކުރާ ޗައިނާގެ އުޅަނދު

ޗައިނާގެ ދިރާސާކުރާ އުޅަނދު ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިން ނަމަވެސް ދިރާސާކުރުމުގެ ހުއްދައެއް ނުދެން: މިނިސްޓަރު

25 މާރިޗު 2024 | ހޯމަ 08:10

މި އުޅަނދު 2022 ވަނަ އަހަރު ވެސް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވި

އަމްނާ އިމާދު
އަމްނާ އިމާދު | 25 މާރިޗު 2024 | ހޯމަ 08:10
ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން ވާހަކަދައްކަވަނީ

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން ވާހަކަދައްކަވަނީ

ޗައިނާގެ ދިރާސާކުރާ އުޅަނދު, ޝިއެން ޔެން ހޮން 3, ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަނުމުގެ ހުއްދަދީފައިވަނީ ތާރީހީ ގޮތުން ދިވެހި ދައުލަތުން އަމަލުކޮށްފައި އޮތް ގޮތަށް ބެލުމަށްފަހު ކަމަށާއި، އެއްވެސް ދިރާސާއެއް ކުރުމުގެ ހުއްދަ ދީފައިނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ޗައިނާގެ އުޅަނދާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ. މެންބަރު ލަބީބު ވިދާޅުވީ ޗައިނާގެ ދިރާސާކުރާ އުޅަނދެއް ކަމަށް ބުނާ އުޅަނދެއް ރާއްޖޭގެ ސަރަހައްދަށް ވަދެ، މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެ ސަރަހައްދުގައި އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި، ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ބަނދަރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް މިސަރަހައްދުގައި މިއުޅަނދު ހަރަކާތްތެރިވާއިރު، މިއުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަދީފައިވަނީ ކޮންކަމަކަށް ބެލުމަށްފަހުތޯ އަދި އެ އުޅަނދު ކުރާ ދިރާސާއަކީ ކޮބައިތޯ މެންބަރު ލަބީބު ސުވާލު އުފެއްދެވިއެވެ.

މި ސުވާލުތަކަށް ޖާވާބު ދެއްވަމުން މިނިސްޓަރު ޣައްސާން ވިދާޅުވީ މި އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވަނީ ތާރީހީ ގޮތުން ދިވެހި ދައުލަތުން އަމަލުކޮށްފައިވާ ގޮތަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން މި އުޅަނދު 2022 ވަނަ އަހަރު ވެސް ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޣައްސާން ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އެއްވެސް ދިރާސާއެއް ކުރުމަށް ހުއްދަ ދީފައިނުވާ ކަމަށާއި، ދީފައިވާ ހުއްދައަކީ އެ އުޅަނދުން ކްރޫއިން ބަދަލުކޮށް، ކާބޯތަކެތި އެރުވުމުގެ ހުއްދަ ކަމަށެވެ.

މިއުޅަނދާއި ގުޅޭގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، ޗައިނާއިން ކަމާގުޅުންހުރި ކަނޑުގެ ސަރަހައްދުގައި ހިންގާ ސައިންޓިފިކް ރިސާޗް ހަރަކާތްތަކަކީ ސުލްހަވެރި ބޭނުމެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އޭގެ ބޭނުމަކީ އިންސާނިއްޔަތަށް ކަނޑުގެ ސައިންޓިފިކް ވިސްނުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ޒިއަންގް ޔަންގް ހޮންގް 3 އާ ބެހޭ ގޮތުން ވަންގް ވިދާޅުވި ގޮތުގައި މި ހަރަކާތްތަކަކީ އދ.ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ޝަރުތުތަކާ ވަރަށް ބޮޑަށް ފެތޭ ހަރަކާތްތަކެއް ކަމަށެވެ.

މި ބޯޓަކީ ޒަމާނީ އެންމެ ފަހުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަނޑުގެ ސަތަހައިން ފެށިގެން ހުރިހާ މައުލޫމާތެއް ބޯޓުގައި ތިބެގެން ނެގޭ ވަރުގެ ގާބިިލުކަން ހުރި ބޯޓެކެވެ.

މި ބޯޓާ ގުޅިގެން އިންޑިޔާ ކަނޑުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ އުފުލާ އިންޑިޔާ އިން ވެސް ދަނީ އެ ބޯޓުގެ ހަރަކާތްތައް ގާތުން ބަލަމުންނެވެ. އެގޮތުން އެ ބޯޓު ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ދަތުރުކުރި ކަން ވެސް އެންމެ ފުރަތަމަ އިއުލާންކުރީ އިންޑިޔާ އަދި ބައިނަލްއަގުވާމީ ނޫސްތަކުންނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް