Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖަރުމަނު ޤައުމީ ފުޓުބޯޅަ ޓީމު

ނާގަލްސްމަންގެ އެއްބަސްވުން އައު ކުރުމަށް ޖަރުމަނުން މަސައްކަތް ކުރަނީ

ޖަރުމަނާއެކު ނާގަލްސަން ސޮއި ކޮށްފައިވާ އެއްބަސްވުން ހަމަވާނީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 މާރިޗު 2024 | ހޯމަ 00:43
ޖަރުމަނު ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ހޫލިއަން ނާގަލްސްމަން

ޖަރުމަނު ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ ހޫލިއަން ނާގަލްސްމަން

ޖަރުމަނު ޤައުމީ ފުޓުބޯޅަ ޓީމަށް އިރުޝާދު ދެމުން އަންނަ، ހޫލިއަން ނާގަލްސްމަންގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ޖަރުމަނު ފުޓުބޯޅަ ފެޑެރޭޝަނުން ފަށައިފި އެވެ.

އުމުރުން 36 އަހަރުގެ ނާގަލްސްމަން ޖަރުމަނު ޤައުމީ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި ހުރި ހަންސީ ފްލިކް ވަކި ކުރުމަށްފަހު އެވެ. ޖަރުމަނާއެކު ނާގަލްސްމަން ސޮއި ކުރީ ކުރު މުއްދަތެއްގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޖަރުމަނު ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވީ، ނާގަލްސްމަންގެ އެއްބަސްވުން އައު ކުރުމުގެ ވިސްނުން އެ ފެޑެރޭޝަނުން ގެންގުޅެމުން އަންނަ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައްކޮށް، ވާހަކަ ދެކެވެން ޖެހޭނެކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އުންމީދު ކުރަނީ ވީއެންމެ އަވަހަށް ޙައްލެއް ހޯދޭނެ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ މިއަހަރު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުރިން އެކަމަށް ޙައްލެއް ހޯދުމަށް ނާގަލްސްމަން ބޭނުންވާ ކަމަށާއި، އޭނާގެ ނިންމުމަށް ފުރިހަމަ އަށް އިޙުތިރާމް ކުރާނެ ކަމަށެވެ.

ދާދި ފަހުން ނާގަލްސްމަން ވަނީ، ބައެއް ކުލަބުތަކުގެ ފަރާތުން އޭނާ އަށް ހުށަހެޅުންތަކެއް ލިބިފައިވާކަން ހާމަކޮށްފަ އެވެ. ނަމަވެސް ނާގަލްސްމަން ބުނީ މިވަގުތު އޭނާ އަށް އެންމެ މުހިންމީ ޖަރުމަނާއެކު ޔޫރޯ ފުޓުބޯޅަ މުބާރާތަށް ވަރުގަދަޔަށް ތައްޔާރުވުން ކަމަށެވެ. ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ޖަރުމަނުގެ ބަޔާން މިއުނިކުން އަންނަނީ އަލުން އެ ކުލަބަށް ނާގަލްސްމަން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

ނާގަލްސްމަންގެ އިރުޝާދުގެ ދަށުން މިހާތަނަށް ޖަރުމަނުން ކުޅުނީ އެންމެ ފަސް މެޗެވެ. އޭގެ ތެރެއިން ދެ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމުހޫލިއަން ނާގަލްސްމަން

ކޮމެންޓް

އިތުރަށް ކިޔާލަން

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް

08 ސެޕްޓެމްބަރު 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

ޖަރުމަނަށް ގިނަ ކަންތައްތަކެއް ހާސިލު ކުރެވިއްޖެ: ނާގަލްސްމަން

14 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު