Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިމިގްރޭޝަންގެ ޚިދުމަތްތައް

އިމިގްރޭޝަންގެ މުވައްޒަފުންގެ މެދުގައި ގުޅުން ރަނގަޅުކޮށް ޚިދުމަތްތައް ޒަމާނީ ކުރުމަށް ޚާއްސަ އިސްކަމެއް ދޭނަން - ޝަމްޢާން

ދިވެހި ޕާސްޕޯޓާ ގުޅޭ ޚިދުމަތްތަކާއި ރާއްޖެއިން ބޭރުން ހޯދާ ޚިދުމަތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދާދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 މާރިޗު 2024 | އާދީއްތަ 17:38
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝަމްޢާން

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝަމްޢާން

މުވައްޒަފުންގެ މެދުގައި ގުޅުން ރަނގަޅުކޮށް ޚިދުމަތްތައް ޒަމާނީ ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންސް މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.

ޝަމްޢާން އެފަދައިން ވިދާޅުވީ ޑިވެސް އިމިގްރޭޝަންގެ 74 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިއްސާކުރެއްވި ބަޔާނެއްގައެވެ. ކުރިއަށް އޮތް އަހަރު ވާނީ މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތަކަށް ބޮޑެތި ޒަމާނީ ބަދަލުތަކެއް ގެންނާނެ އަހަރަކަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ޚިދުމަތް ލިބިގަތުމަށް ލުއިފަސޭހަ ބަދަލުތަކެއް ގެންނަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ މުއައްސަސާގެ ގުޅުން ހީނަރުވެފައިވާ ކަމަށް ފާހަގަކުރައްވާ ޝަމްޢާން ވަނީ އެއީ ކަންބޮޑުވެވަަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މުވައްޒަފުންގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަމްޢާން ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޝަމްޢާން އިތުރަށް ވިދާޅުވީ ދިވެހި ޕާސްޕޯޓާ ގުޅޭ ޚިދުމަތްތަކާއި ރާއްޖެއިން ބޭރުން ހޯދާ ޚިދުމަތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދާދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވަނީ އަތޮޅުތެރޭގައި ދޭ ޚިދުމަތްތައް އަވަސްކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ކަަމަށް ޝަމްޢާން ވަނީ ވިދާޅުވެފައެވެ. އޭނާގެ ވާހަކައިގައި އިމިގްރޭޝަންގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރާނެ އިތުރު ބައެއް މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.

މުހައްމަދު ޝަމްއާން ވަހީދު އިމިގްރޭޝަން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
23 ސެޕްޓެމްބަރު 2025

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް
07 އޯގަސްޓު 2025

" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް " : އިމިގްރޭޝަން

07 އޯގަސްޓު 2025
" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް "  : އިމިގްރޭޝަން
29 ޖޫން 2025

އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި

29 ޖޫން 2025
އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު