Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ ކޯޕަރޭޝަން

އައްޑޫއިން ހދ. އަށް ބަދަލުކުރި ފެނަކަ މުވައްޒަފު: ރައީސް ޔާމީން ޒިމްބާބުވޭގެ ރައީސް ކަމަށް ބަދަލުކޮށްދީ!

5 އޯގަސްޓު 2017 | ހޮނިހިރު 05:27

ފެނަކައިގެ މުވައްޒަފުން ދުރު އަތޮޅުތަކަށް ދަނީ ބަދަލުކުރަމުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 5 އޯގަސްޓު 2017 | ހޮނިހިރު 05:27
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ސިޓީ ފޭދޫ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކު ހދ. ކުރިނބީ ބްރާންޗަށް ބަދަލުކުރުމުން "ވަރުގަދަ" ޝަރުތުތަކެއް ކޮށްފި އެވެ.

އައްޑޫ ސިޓީ ފޭދޫ ފެނަކަ ބްރާންޗުން ހދ. ކުރިނބީ ފެނަކަ ބްރާންޗަށް ބަދަލުކޮށްފައި ވަނީ، ސ. ފޭދޫ، ފަޅޯމާގޭ، ހުސެއިން އާސިރެވެ. ރާއްޖޭގެ ދެކުނުން، އުތުރަށް ބަދަލުކޮށްފައިވާކަން އާސިރަށް އަންގާފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

ކުރިނބީ ބްރާންޗުގެ ވަޒީފާއަށް ތިން ދުވަސް ތެރޭގައި ނިކުތުމަށް އަންގައި، މިދިޔަ މަހުގެ 23 ވަނަ ދުވަހު އޭނާއަށް ފޮނުވި ސިޓީގެ ޖަވާބުގައި، ޝަރުތުތަކަކާ އެކު އޭނާ ވަނީ ހަމަ އެ ދުވަހު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި އޭނާ ބުނެފައި ވަނީ، ކުރިނބީ ބްރާންޗަށް ބަދަލުކޮށްފައިވީ ނަމަވެސް، އައްޑޫއިން ކުރިނބީއަށް ދަތުރުކުރާ އެއްވެސް ކަހަލަ އުޅަނދަކާ ދިމާވެފައިނުވާ ކަމަށާއި ކުއްޔަށް އުޅަނދެއް ހިފައިގެން ކުރިނބީއަށް ދެވޭވަރުގެ ތަނަވަސްކަމެއް އޭނާގެ ނެތް ކަމަށެވެ. އަދި އައްޑޫއިން ކުރިނބީއަށް އެންމެ އަވަހަށް ދަތުރުކުރާ އުޅަނދަކުން އެ ރަށަށް ދާނެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މީގެ އިތުރުން އޭނާ ވަނީ ދެ ޝަރުތެއް ކޮށްފަ އެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހދ. އަތޮޅުގެ ދާއިރާއަކަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ބަދަލުކޮށް ދިނުމާއި، ރައީސް އަބްދުﷲ ޔާމީން ޒިމްބާބުވޭގެ ރައީސްގެ މަގާމަށް ބަދަލުކޮށްދިނުމެވެ.

އޭނާ ވަނީ ކުރިނބީ ބްރާންޗަށް ނިނިކުމެވި ހިނގަމުންދާ ދުވަސްތަކުގެ ތެރޭގައި ކުންފުންޏަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފަ އެވެ. އަދި އެ ދުވަސްތައް އަހަރީ ޗުއްޓީގެ ބާކީ އޮތް ބައިން ހަމަޖައްސައި ދިނުމަށް ވެސް އެދިފައި ވެއެވެ.

ފަހަކަށް އައިސް، ދުރު އަތޮޅުތަކަށް ފެނަކައިގެ މުވައްޒަފުން ބަދަލުކުރަމުންދާތީ، ދިމާވާ ދަތިތައް ބަޔާންކޮށް، މުވައްޒަފުން ދަނީ ފެނަކައަށް ގިނަ އަދަދެއްގެ ސިޓީ ފޮނުވަމުންނެވެ. މުވައްޒަފުން ބުނާ ގޮތުގައި ފެނަކައިން އެކަން އެގޮތަށް ކުރަމުންދަނީ ސިޔާސީ ފިކުރު ހުންނަ ގޮތުން ކަމަށާއި، ބޭނުމަކީ މުވައްޒަފުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭ ހާލަތެއް މެދުވެރިކުރުވުން ކަމަށެވެ. އަދި މި ގޮތަށް ދުރު އަތޮޅުތަކަށް ބަދަލުކުރާ އިރު އެ ރަށްތަކަށް ދަތުރުކުރުމާއި އެ ނޫން ވެސް ކަންކަން ކުންފުނިން ހަމަޖައްސައިނުދޭކަން ވެސް އެ މުވައްޒަފުން ދަނީ ފާހަގަކުރަމުންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް