Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގދ ތިނަދޫ

ސަރުކާރަށް މިހާރު ހުވަދޫ އޮތްގޮތް އެނގޭނެ، ދާދި އަވަހަށް އެއްތާކުން ރައްޔިތުން ފެންނާނެ:ނާޒިމް

5 އޯގަސްޓު 2017 | ހޮނިހިރު 06:10

ހުވަދޫ އަތޮޅު ފަހަތަކަށް ނުޖެއްސޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 އޯގަސްޓު 2017 | ހޮނިހިރު 06:10
ހުކުރު ދުވަހު ތިނަދޫގައި ބޭއްވި މުޒާހަރާއަށް ފަހު ބައެއް ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން

ހުކުރު ދުވަހު ތިނަދޫގައި ބޭއްވި މުޒާހަރާއަށް ފަހު ބައެއް ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން

ރައީސް ޔާމީނާއި ސަރުކާރަށް މިހާރު ހުވަދު އަތޮޅުގެ ރައްޔިތުން ތިބިގޮތް އެނގޭނެ ކަމަށާއި ދާދި އަވަހަށް އެކަން އެއްތާކުން ދައްކާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ސަރުކާރާ ދެކޮޅަށް ގދ ތިނަދޫގައި ކުރި މުޒާހަރާގައި ނާޒިމް މިހެން ވިދާޅުވެފައި މިވަނީ ހުވަދު އަތޮޅު ބަނދަރުތައް ސަރުކާރަށް އަމާން ނޫން ކަމަށް ރައީސް ޔާމީން އިންނަވާ ޕީޕީއެމްގެ ވައިބަރ ގުރޫޕެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނިކޮށެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހު ގއ ވިލިނގިއްޔާ ގދ ގައްދޫ އަދި ގއ ކޮލަމާފުށީގައިވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފައިވާއިރު ތިނަދޫގައި ބޭއްވި މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް އެމުޒާހަރާގައި ނާޒިމް ވިދާޅުވީ ހައްޔަރުކޮށްފައި ވަނީ ހުވަދޫ އަތޮޅުގެ ދަރިން ތަކެއް ކަމަށްވާ މެންބަރުން ތަކެއް ކަމަށެވެ. އެގޮތުން މެންބަރު އަމީތާއި މެންބަރު މުހައްމަދު ވަހީދާއި މެންބަރު ސައުދު ހުސައިންގެ އިތުރުން މެންބަރު ފާރިސް މައުމޫން މިހާރުން މިހާރަށް ދޫކޮށްލުމަށް ވަނީ ގޮވާލާފައެވެ.

އަދި މިހާރު ހުވަދޫ އޮތީ ރައީސް ޔާމީނާ އެކުގައި ނޫން ކަމަށާއި ރައީސް ޔާމީން، ރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކާ ޚިލާފަށް ކުރައްވަމުން ގެންދަވާ ކަންކަން ނުހުއްޓައިފިނަމަ އެމަނިކުފާނު އަޒުލު ކުރުމަށް ވެސް ހުވަދޫ ނުކުންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކަންކަން އިސްލާހު ކުރުމުގައި ހުވަދު އަތޮޅުގެ ހިއްސާއަކީ ބޮޑު ހިއްސާއެއް ކަމަށާއި ހުވަދު އަތޮޅުން ކަމެއްގައި ނިކުމެއްޖެ ނަމަ ފަހަތަށް ނުޖެއްސޭނެކަން މީގެ ކުރީގައިވެސް އޮންނާނީ ހާމަވެފައި ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހިސޯރު ކުރުމާއި ޖުޑިޝަރީއަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެކަން ހުއްޓަވާލައްވާ ނުހައްޤުން ކުރަމުންދާ އަނިޔާ ކުރުން ހުއްޓާލުމަށް ގޮވާލެއްވިއެވެ. އަދި އެކަންކަމުގެ ދިފާއުގައި ދާދި އަވަހަށް މުޅި ހުވަދޫ އަތޮޅު އެއްކޮށް އެއްތަނަކަށް އެއްވާނެ ކަމަށާއި މާލެއަށް ވެސް ދާން ޖެހިދާނެ ކަމަށް ތިނަދޫ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އެއް ފަރާތުގެ ގޮތުގައި ހިމެނޭ ނާޒިމް ވިދާޅުވެފައެވެ.

ނާޒިމްގެ އިތުރުން މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އެހެން ބޭފުޅުން ވެސް ވަނީ މިމެސެޖް މިގޮތަށް ސަރުކާރަށް ދެއްވާފައެވެ.

މިމމުޒާހަރާގައި ރައީސް ޔާމީނާއި ސަރުކާރަށް ކުރިން ތާއީދުކުރި ޕީޕީއެމްގެ ބައެއް އިސް ފަރާތްތައް ވެސް ބައިވެރިވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް