Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރު ކެނޑިޑޭޓުން ވަކިނުވުން

ތިޔަ ވިދާޅުވެދެއްވީ ސަރުކާރު ކެނޑިޑޭޓުން ހޮވައިގެން ވާނެ ކަމެއް ނެތް ކަމުގެ ވާހަކަތާ!

ސަރުކާރު ކެނޑިޑޭޓުންގެ ނަމުގައި އެތައް ބަޔަކު ދާއިރާތަކަށް ކުރިމަތިލާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 މާރިޗު 2024 | ހުކުރު 08:53
ރައީސް މުއިއްޒު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙިމް

ރައީސް މުއިއްޒު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙިމް

ނޫނޭ ވާ ސާބަހެވެ. ނޫސްވެރިކަމުގައި މިވީ ދުވަސްވަރު ލައްކަ އިންތިޚާބަކާއި ލައްކަ ކޯޅުމަކާއި އަޅުގަނޑުވެސް ދެކެފީމެވެ. މިފަދަ އޮޅުން ބޮޅުން ވުމެއް ނުދެކެމެވެ. ތިޔަ ހީވަނީ ހަމަ ރަނގަޅަށެވެ. ދައްކަން މިއުޅެނީ ސަރުކާރު ކެނޑިޑޭޓުންގެ ވާހަކައެވެ. ގިނަ ދާއިރާތަކުގައި ކޮންމެ ދާއިރާއަކަށް މީގެ ތެރެއިން ދެތިން ސަރުކާރު ކެނޑިޑޭޓުން އެބަ ލައްވާލައެވެ. އެ ގަހު ކޭލެއް މި ގަހު ކޭލެއް ވަތްކެއް ނުވެއެވެ.

މި ދެންނެވި ސަރުކާރު ކެނޑިޑޭޓު ވަކިނުވުމުގެ ކުޅިވަރު އެންމެ ގަދަ އެއް ދާއިރާ އަކީ ތިމަރަފުށީ ދާއިރާއެވެ. އެ ދާއިރާ އަށް ވާދަކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓު ދީފައި ބޭފުޅަކު އެބަ ހުއްޓެވެ. އެ ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓް އިބްރާހިމް ސަނާހު (ސަންޓޯ) ހުއްޓާ، އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރިޔާޒަށް ތާއީދު ހޯދަން ސަރުކާރުން ފޫގަޅާ ނުކުމެ މަސައްކަތް ކުރަނީ ފިސާރި ފޯރިގަދަކޮށެވެ.

މީގެ ކުރިން ސަރުކާރުގެ ދެ ވަޒީރަކު ސިއްރު ކޮޓަރީގައި ރިޔާޒަށް ތާއީދު ކުރާ ވާހަކަ ދެއްކި މަންޒަރު މީސްމީޑިއާގައި ދައުރުވުމުން އެ ފަހަރު ވެސް ސަރުކާރުން އެކަމަށް ޖަވާބެއް ނުދެއްވައެވެ. ސަރުކާރު ކެނޑިޑޭޓަކު ހުއްޓާ ރައީސް އެހެން ބޭފުޅަކު އެންޑޯސްކުރާ ކަމަށް ފާޅުގައި ބުނަމުންދާ އިރު މިއީ ވިސްނާލުން މުހިންމުކަމެވެ. ކޮންމެ އަކަސް ސަރުކާރު ކެނޑިޑޭޓް ވަކި ކޮށްދޭން އެންމެ ފަހުން ނުކުތް ބޭފުޅަކީ މިސަރުކާރުގެ އިސް ވަޒީރު ކަމަށް ގިނަ ބަޔަކު ބުނާ ވަޒީރެވެ. ސަރުކާރުގެ އެޑްވައިޒަރޭވެސް އެ ބޭފުޅަކަށް ކިޔާ އުޅެއެވެ. އެއީ އަބްދުއްރަހީމެވެ. ރިޔާޒަށް ތާއީދު ހޯދަން ފާޅުގައި ނުކުމެވަޑައިގަތީ ރައީސް އަންގަވައިގެން ކަމަށް އަބްދުއްރަހީމް އެބަ ވިދާޅުވިއެވެ. މިދާކަށް ދުވަހު ސިޔާސީ ޕޯޑިއަމެއްގައި ދެއްކެވި ވާހަކައިން ދެއްކެވީ ޑިމޮކްރަސީ އަށް ހުތުރު މެސެޖެކެވެ. އަނެއް ގޮތަކުން ބަލާނަމަ ސަރުކާރު ކެނޑިޑޭޓުން ހޮވައިގެން ވާނެކަމެއް ނެތްކަން ވިސްނާލަން މި މެސެޖުން ފުދެއެވެ.

އަބްދުއްރަހީމް ނުކުމެވަޑައިގެން ވިދާޅުވަނީ ރިޔާޒަށް ރައީސް ތާއީދު ކުރާ ވަހަކައެވެ. އޭނާ ޕޯޑިއަމްގައި އެކަން ހުއްޓުމުން ރައީސް ތާއީދުކުރަނީ ކާކަށްކަން އެނގޭކަމުގެ ވާހަކައެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި އަބްދުއްރަހީމަށް ވިދާޅުވެދެއްވުނީ މުޅިން އެހެން ލަވައެކެވެ. ފުރަތަމަ ކަމަކީ ސަރުކާރުގެ އިތުބާރު ނުހިފޭކަމެވެ. ސަރުކާރު ހިންގާ މައި ޕާޓީގެ ޓިކެޓް ވަކި މީހަކަށް، ތާއީދު ވަކި މީހަކަށް ދިނުމުން އެނގެނީ ސަރުކާރުގެ ދޯހަޅިކަމެވެ. މަޖިލީހަށް ހޮވައިފި ނަމަ މިކަހަލަ ކިތަންމެ ކިތަންމެ ހިމޭން ކޯޅުމެއް ފާޅުވެގެން އަންނާނެކަން ހަމައެކަނި އަބްދުއްރަހީމްގެ ވާހަކައިން އެނގެއެވެ.

އަބްދުއްރަހީމް ވިދާޅުވާތީ އަޑު އެހީމެވެ. ތިމަންނާ ޕޯޑިއަމް ކައިރީގައި ހުއްޓުމުން ރައީސް ހުންނެވި ގޮތް ސާފު ވާނެ ޔޯލައެވެ. ރައީސްގެ ގޮތް އަބްދުއްރަހީމްގެ ވާހަކަ ފުޅާއި އެކު ސާފެވެ. އެ ގޮތަކީ ޑިމޮކްރަސީ އާއި ބީރައްޓެހިކަމެވެ. އެގޮތަކީ ބީރައްޓެހިކަމެވެ. ފެނުނީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަންކަން ނުކުރާ ނަމަ ސަރުކާރު ހިންގާ މައި ޕާޓީގެ ޓިކެޓް ދިން މީހާ ފަޟީހަތްކޮށްލަން ޖެހިލުން ނުވާ ކަމެވެ. އެހެންވީމަ ސަރުކާރު ކެނޑިޑޭޓަކު ހޮވައިގެން ރައީސް މީހާގެ ހާދިމުންނަށް ވުން ނޫން އެހެން ކަމެއް ހާސިލްނުވާނެކަން ސާފެވެ.

ދެން އޮތް ކަމަކީ ތަހައްމަލްކުރުން ކުޑަކަމެވެ. ސަރުކާރުގެ ޓޮލަރެންސް ލެވެލް ދަށް ވަރު ހަމައެކަނި މިކަމަށް ބަލާލުމުން ވެސް އެނގެއެވެ. މަޝްވަރާ އާއި ހަމަހަމަކަމުގެ އުސޫލެއް ނެތެވެ. އެހެންވީމަ އޮޅިގެން ވެސް އަބްދުއްރަހީމަށް ވިދާޅުވެ ދެއްވުނީ ސަރުކާރުގެ ވާހަކައެވެ. ސަރުކާރު ކެނޑިޑޭޓުން ހޮވުމުގެ ބޭނުމެއް ނެތްކަމުގެ ވާހަކައެވެ. ނުވިތާކަށް ސަރުކާރު ކެނޑިޑޭޓުންގެ ނަމުގައި ރައީސްގެ ގާތް ބޭފުޅުން ނުހޮވުމުން ތެޅިގަންނަ ގޮތް ނިކަން ދެކިބައްލަވާށެވެ. ފެންނަނަނީ ގޮތް ދޫނުކުރުމާއި ހުދުމުހުތާރުކަމެވެ. ސަރުކާރު ކެނޑިޑޭޓުން ހޮވައިގެން ފެންނާނީ ހައްތަހާވެސް މިކަހަލަ ޑިމޮކްރަސީ އާއި ދުރު މަންޒަރުތަކޭ ބުނަން ޖެހެނީ މިހެންވެގެންނެވެ. ސަރުކާރުގެ ކެނޑޭޓުން ހޮވަން ޖެހޭ ކަމަށް މިބޭބޭފުޅުން ޤަބޫލުކުރާ ނަމަ ޓިކެޓް އެއް ބޭފުޅަކަށް ކެމްޕެއިން ދަތުރުތައް އެހެން ބޭފުޅަކަށް ނުދެއްވާނެއެވެ. އެކަން ހަމަ ގައިމެވެ.

އަބްދުއްރަހީމް އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

މާކުރިން ހިސާބު ޖަހައިގެން މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި އަބްދުއްރަހީމް ޕީއެންސީ ބޮޑު ޖަލްސާގައި ބާކީ ވެފައި!

މާކުރިން ހިސާބު ޖަހައިގެން މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި އަބްދުއްރަހީމް ޕީއެންސީ ބޮޑު ޖަލްސާގައި ބާކީ ވެފައި!

15 ނޮވެމްބަރު 2025
ލ. ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ ދުވަހަކު މިބާވަތުގެ މަސައްކަތެއް ކޮށްފައި ނެތް އަބްދުއްރަހީމްގެ އާއިލީ ކުންފުންޏަށް!

ލ. ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ ދުވަހަކު މިބާވަތުގެ މަސައްކަތެއް ކޮށްފައި ނެތް އަބްދުއްރަހީމްގެ އާއިލީ ކުންފުންޏަށް!

06 ނޮވެމްބަރު 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

ރަމަޟާން މަހުގެ ފަހު 10 އަކަށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި

19 މާރިޗު 2025
ރައީސް މުއިއްޒުގެ ރޯލް މޮޑެލް އަބްދުއްރަހީމަށް ތިޔަ ހެއްދެވީ ކިހިނެއް؟

ރައީސް މުއިއްޒުގެ ރޯލް މޮޑެލް އަބްދުއްރަހީމަށް ތިޔަ ހެއްދެވީ ކިހިނެއް؟

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު