Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މުއިއްޒުގެ ރޯލް މޮޑެލް އަބްދުއްރަހީމަށް ތިޔަ ހެއްދެވީ ކިހިނެއް؟

ހެޔޮކަމެއް ކޮށްދިން މީހަކަށް ތެޔޮހަމެކޭ ބުނާތީ އަހަމެވެ. ތިޔަ ހީފުޅު ކުރެއްވީ ރަނގަޅަށެވެ. ދައްކާލެވޭތޯ މިއުޅެނީ ރައީސް މުއިއްޒު، އަބްދުއްރަހީމްގެ ދެބަފައިންނަށް ދެއްވި ބޮޑު ދޯކާގެ ވާހަކައެވެ. ހެޔޮކޮށް ހިތި މީހާއަށް ދިން ބޮޑު ތެޔޮ ހަމުގެ ވާހަކައެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2025 | އަންގާރަ 12:14
ރައީސް މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް

ރައީސް މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް

މިއީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާނަމަ އާކަމެއް ނޫނެވެ. ހައިރާންވެ، އަންތަރީސްވެ، ތަލިން ކުޅު ހިކޭ ވަރުގެ ކަމެއްވެސް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ހަޔާތުގައިވެސް ތަކުރާރުކޮށް ފެނުނު މަންޒަރެކެވެ. ކައިރި މާޒީގައި ހިނގާފައިހުރި ކަންތައްތަކެވެ. ރައީސް މައުމޫނާއި ރައީސް ޔާމީންގެ ވަކިވުމާއި، ރައީސް ނަޝީދާއި ރައީސް ސާލިހުގެ ވަކިވުމާއި، ރައީސް ޔާމީނާއި އަބްދުއްރަހީމްގެ ވަކިވުން މިއީ މިފަދަ ބައެއް މިސާލުތަކެވެ. ނަމަވެސް އަބްދުއްރަހީމް އާއި މުއިއްޒު އާ ދެމެދުގައި މި އެޅި ރެނދު މިހާ ސީރިއަސް ކަމަކަށް ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ހެޔޮކަމެއް ކޮށްދިން މީހަކަށް ތެޔޮހަމެކޭ ބުނާތީ އަހަމެވެ. ތިޔަ ހީފުޅު ކުރެއްވީ ރަނގަޅަށެވެ. ދައްކާލެވޭތޯ މިއުޅެނީ ރައީސް މުއިއްޒު، އަބްދުއްރަހީމްގެ ދެބަފައިންނަށް ދެއްވި ބޮޑު ދޯކާގެ ވާހަކައެވެ. ހެޔޮކޮށް ހިތި މީހާއަށް ދިން ބޮޑު ތެޔޮ ހަމުގެ ވާހަކައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އަޅާ ބަލާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސިޔާސީ ގޮތުން ކުރިން މާ ބޮޑު އުރަތްޕެއް ހުރި ބޭފުޅެއް ނޫނެވެ. އެހާ މަގްބޫލް ބޭފުޅެއްވެސް ނޫނެވެ. މީހުން އެހާ ދަންނަ ބޭފުޅެއްވެސް ނޫނެވެ. ރައީސް މުއިއްޒު މީހުން ދަންނަ ނަމަ ދަންނަނީ ސިޔާސީ ގޮތުން ވަކި ފިކުރެއްގައި ދެމި ނުހުރެވޭ، މަޤާމާއި، ފުރުސަތައްޓަކައި ޕާޓީ ބަދަލުކުރައްވާ، މީހުންނާ ނުގުޅޭ، އަމިއްލަ އެދުން ބޮޑު ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް މި ހުރިހާ ކަމެއް މިހެން ހުއްޓާ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް މުއިއްޒުގެ އަތްޕުޅުގައި ހިފައިގެން، ޕީއެންސީގެ ރިޔާސީ ޓިކެޓް ދީގެން، ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަވާ، މުއިއްޒު ރައްޔިތުންނަށް ދެއްކެވީ އަބްދުއްރަހީމެވެ. އަބްދުއްރަހީމްގެ އިބާރާތުން ނަމަ، މާ ދުރާލާ ޕްލޭން ކުރައްވައިގެން، މާ ކުރިއްސުރެ ރާއްވަވައިގެންނެވެ. އެކަމަށްޓަކައި އަބްދުއްރަހީމްގެ ސިޔާސީ ގިބުލަ ކަމުގައި ބެއްލެވި ރައީސް ޔާމީނާއި، އެ ޕާޓީވެސް ފަހަތަށް ދޫކޮށްލައްވާފައެވެ. އެއީ ހަމަ ހަގީގަތުގައިވެސް މީހަކު މީހަކަށްޓަކައި، މީހަކު މީހަކަށް ހެޔޮ އެދިގެން ވާނެ އެންމެ ބޮޑު އެއް ގުރުބާނީ އެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒުގެ އަތްޕުޅުގައި ހިފައިގެން ނުކުމެ ރައްޔިތުންނަށް ދައްކަވާފައި ނިންމަވާލެއްވީ އެއް ނޫނެވެ. އިންތިހާޔަށް ކެމްޕެއިން ވެސް ކުރެއްވީއެވެ. އެހާ މަގްބޫލް ނޫން ޝަހްސިއްޔަތެއް ވިއްކަވަން ނުކުމެ މުޅި ރާއްޖޭގައި ދަތުރު ކުރެއްވީއެވެ. ރިޔާސީ އިންތިޚާބު ރައީސް މުއިއްޒުއަށް ކާމިޔާބު ކޮށްދެއްވުމަށް ފަހުވެސް އަބްދުއްރަހީމް މުއިއްޒު ދޫކޮށެއް ނުލައްވައެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދަވާ ދެއްވުމަށް ގަދަ އަޅާ މަސައްކަތް ކުރެއްވީއެވެ. އަބްދުއްރަހީމަށް ރައީސް ޔާމީން ހައްދަވައިދެއްވި ޕީއެންސީގެ ރައީސް ކަމުގައި ހުންނަވާ، އެ މަގާމު ދޫކޮށްލައްވާ، ރައީސް މުއިއްޒުއަށް ޕީއެންސީގެ ރައީސްކަންވެސް ދެއްވީއެވެ.

މި ހުރިހާ ކަމެއްގެ ބަދަލުގައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ އަބްދުއްރަހީމް އަކީ އެމަނިކުފާނުގެ ރޯލް މޮޑެލް ކަމަށެވެ. ދުވަހަކު އަބްދުއްރަހީމް ދޫކޮށް ނުލައްވާނެ ކަމަށެވެ. މިކަން ސާބިތުކޮށްދެއްވުމަށް އަބްދުއްރަހީމްގެ ދަރިކަލުންނަށް ޓުއަރިޒަމް މިނިސްޓަރުކަން ދެއްވާ، އަބްދުއްރަހީމަށް ރައްޔިތުންގެ މަޖްލީހުގެ ރައީސްކަންވެސް ދެއްވީއެވެ.

ކޮންމެއަކަސް، ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރެވުނު ބޮޑު މަސައްކަތުގައާއި، ރައީސް މުއިއްޒަށް މަޖްލީހުގެ ސުޕަ މެޖޯރިޓީ ހޯދައިދޭން ކުރެވުނު ބުރަ މަސައްކަތުގައާއި، ސަރުކާރު އުފެދުނީއްސުރެ އިއްޔެ މެންދުރާ ހަމައަށް، ސަރުކާރާއި ރައީސް މުއިއްޒު ދިފާއު ކުރެއްވުމާއި ޕްރޮމޯޓް ކުރެއްވުމުގެ އެންމެ ކުރީ ސަފަށް ނުކުމެ އަބްދުއްރަހީމްގެ ދެބަފައިން ގުރުބާން ވަމުން ދިޔައީ އިޚްލާސްތެރިކަމާއެކުގައި ކަމާމެދަކު ޝައްކެއް ނެތެވެ. ސިޔާސީ ޕޯޑިއަމް ތަކުގައާއި ޓީވީ ޕްރޮގްރާމްތަކުގައިވެސް ރައީސް މުއިއްޒަށް ތައުރީފް ކުރުމުގައި އަބްދުއްރަހީމާއި ދަރިކަލުން ފައިސަލް އުޅުއްވީ އެހެން މީހުންނަށްވުރެ މާ ކުރީގައެވެ. ރައީސް މުއިއްޒުގެ ހިތްޕުޅަށް އެއްވެސް ކިލަނބުކަމެއް އަތުވެދާނެ ކަމަށްޓަކައި ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭންޖެހޭ ވާހަކައާއި، ރައީސް މުއިއްޒު ދިހަ އަހަރު ވެރިކަމުގައި ހުންނަވާނެ ވާހަކައާއި، ރާއްޖޭގެ ވެރިކަމަށް އަބްދުއްރަހީމް ޝައުގުވެރި ނުވާ ވާހަކައާއި، ބަޔަކު ގަދަކަމުން ހަވާލުކުރަން އުޅުނަސް، އެކަމާ ހަވާލު ނުވާނެ ވާހަކަ ފަދަ އެތައް ވާހަކައެއް، އެތައް ފަހަރަކު އަބްދުއްރަހީމް ދައްކަވަމުން ގެންދެވީ މުއިއްޒަށް ވަފާތެރިކަމާއެކުގައި ކަމާމެދަކުވެސް ޝައްކެއް ނެތެވެ.

އެކަމަކު އާޚިރުގައި ކަން ހިނގިގޮތް ބައްލަވާށެވެ. ވެރިކަމަށް ރަނގަޅު އެއް އަހަރު ކިރިޔާ ހަމަވީތަނާހެން އެފަދަ އަބްދުއްރަހީމް ދުރުކުރައްވަން ފެއްޓެވީއެވެ. ވަފާތެރިކަމާ، އިޚްލާސްތެރިކަމާއެކު ކޮށްދިން ކަންކަން ހަނދުމަފުޅު ނެތި އަބްދުއްރަހީމް ބޭކާރު ކޮށްލައްވަން ފެއްޓެވީއެވެ. އެންމެ ފަހުންގޮސް ނުފެނި ނުދާނެ މަންޒަރުވެސް ފެނުނީއެވެ. އަބްދުއްރަހީމްގެ ދަރިކަލުން ފައިސަލް ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަގާމުން ވަކި ކުރެއްވީއެވެ. އަބްދުއްރަހީމް ވިދާޅުވަނީ ވީގޮތެއް ނޭނގޭ ކަމަށެވެ. ރައީސް މުއިއްޒު އެކަން އެހެން ކުރައްވަންޖެހޭ ސަބަބެއްވެސް ނުއޮންނާނެ ކަމަށެވެ. އެ ދެބަފައިންވެސް މަސައްކަތް ކުރަމުން އައީ ވަފާތެރިކަމާއި އިހްލާސްތެރިކަމާއެކުގައި ކަމަށެވެ. އެކަމަކު އަބްދުއްރަހީމަށް ވެސް އެނގިވަޑައިގަންނަވާ ކަމެއް އެބަ އޮތެވެ. އެއީ އަބްދުއްރަހީމާއި ރައީސް މުއިއްޒުއާ ދޭތެރޭ އޮތް ގުޅުން ރަނގަޅުނަމަ ރައީސް މުއިއްޒު އެކަން އެގޮތަށް ނުކުރެއްވީސް ކަމެވެ.

ކޮންމެއަކަސް ގެންދަވާނީ ދައްކަވަންހުރި ތަނެއް ދައްކަވާފައޭ ބުނާތީ އަހަމެވެ. މިއީވެސް ދެއްކެވި މަންޒަރެކެވެ. ރައީސް މުއިއްޒު މީގެ ކުރިން އެއްލަވާލެއްވީ އެމަނިކުފާނުގެ އެއް އަތް ކަމުގައި ބުނެއުޅުނު ރަމީޒެވެ. މިފަހަރު އައިސް މި ލައްވާލީ އަބްދުއްރަހީމްގެ ގައިގައެވެ. ތިމާއަށް ޕާޓީގެ ޓިކެޓް ހޯދައިދީ، ތިމާ ޕްރޮމޯޓް ކުރަން އިޝްތިހާރުކޮށްދީ، ތިމާއަށް ތާއިދާއި ވޯޓު ހޯދަދީ، ތިމާ ރާއްޖޭގެ ރައީސްކަމަށް ހަދައިދިން އަބްދުއްރަހީމާއި އޭނާގެ ދަރިކަލުން މިއަދު ރައީސް މުއިއްޒު އެއްލަވާލެއްވުމުން އެއީ އެ މަނިކުފާނުގެ ފިތުރަތޭ ބުނެ ނިންމާލެވިދާނެތޯއެވެ؟ މީހެއްގެ ވިއްޔާ ގޮތެއްވެސް ހުންނަން ވާނެ ނޫންތޯއެވެ؟ އިހްސާންތެރި ކަމަކީވެސް އޮންނަ އެއްޗެކެވެ. އިންސާނިއްޔަތު ކަމަކީވެސް އޮންނަ އެއްޗެކެވެ. އެކަމަކު ރައީސް މުއިއްޒަށް މިހާވަރުވެސް ނުވި ދެއްތޯއެވެ.

މަގޭ ރިޕޯޓްއަބްދުއްރަހީމް އަބްދުﷲކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު