Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ72 ކިލޯ ޑްރަގް ކޭސް

"ކޯޓުތަކަށް ވަސީލަތްތައް ހޯދައިނުދީ ޝަރީޢަތްތައް އަވަސްކުރަން އުއްމީދުކުރުމަކީ، ބިމުގައި ހުރެގެން ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"

ބަންދުގައި ދިގު މުއްދަތެއް ވަންދެން ތިބި މީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް، އެ މައްސަލަތަކުގައި އަވަހަށް ޙުކުމް ކުރަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މާރިޗު 2024 | ބުރާސްފަތި 10:53
ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުން

ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުން

ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިނުދީ ޝަރީޢަތްތައް އަވަސް ކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުއްމީދުކުރުމަކީ، ކަނޑުގައި ރޮނގު އެޅުމާއި ބިންމަތީގައި ހުރެގެން ހަނދުގައި އަތްލުމަށް މަސައްކަތް ކުރުންފަދަ ކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން އެހެން ބުނެފައިވަނީ 72 ކިލޯ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރަން އުޅުނު މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ތުހުމަތުކުރާ ޢިރުފާން ތަޤިއްޔު ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށް ދިވެހި ރާއްޖޭގެ ހައިކޯޓުން ކުރި ޙުކުމް ބާތިލުކޮށް، ކުރި ޙުކުމުގައެވެ.

މި މައްސަލައިގެ އިސްތިއުނާފު ހުށަހެޅިއިރު ދައުލަތުން ވަނީ އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތަކުގައިވެސް ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ ގޮތްތަަކަކާއި، ތަޙްވީލު ކުރެވޭ ގޮތްތަކަކާއި، ތަޙްވީލުނުކޮށް އަލުން ހުށަހެޅޭ ހާލަތްތަކެއްވެސް ސާފުވެފައި އޮންނަންޖެހޭ ކަމަށް ބުނެފައެވެ. އެކަންކަން ސާފުކޮށްދިނުމަށް ދައުލަތުން އެދިފައިވެއެވެ.

ސުޕްރީމް ކޯޓުގެ ޙުކުމުގައި އެ މައުޟޫޢަށް އަލިއަޅުވާލާފައިވެއެވެ.

އަދި ސުޕްރީމް ކޯޓުން އެ މައުޟޫއާ ގުޅޭގޮތުން ޙުކުމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް، އޭނާގެ ބަންދާމެދު 7 ދުވަހުގެ ތެރޭގައި ގޮތެއް ކަނޑައެޅެންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދު ކުރުމަށްވެސް ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮވެގެން ބަންދުގައި ބައިތިއްބާފައި ތިބޭ މީހުން މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމަކީ ބަންދު މުރާޖަޢާކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ފެންނަން ނެތްކަމަށެވެ.

އެހެންކަމުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުންގެ ހައްގުތައްވެސް ހިމާޔަތްކޮށްގެން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އަސަރު ނުކުރާނެފަދަ ގޮތަކަށް، ދެފަރާތުގެ ހައްގުތައްވެސް މީޒާންކަމާއެކު ހަމަކުރަން ޖެހޭކަން ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.

އަދި ފަނޑިޔާރުން އެކަން ކުރަންވާނީ ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ހާލަތްތަކާއި ހަގީގަތްތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.

އޭގެ އިތުރުން، ބަންދުގައި ދިގު މުއްދަތެއް ހޭދަވިނަމަވެސް، މުޖުތަމައަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫންކަމަށްވެސް ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވެއެވެ.

ޙުކުމުގައި ބުނެފައިވާގޮތުގައި، ބަންދުގައި ދިގު މުއްދަތެއް ވަންދެން ތިބި މީހުންގެ މައްސަލަތައް އަވަހަށް ތާވަލުކޮށް، އެ މައްސަލަތަކުގައި އަވަހަށް ޙުކުމްކުރުމަކީ އޭގެ ހައްލެވެ. އެގޮތުން މިހާރު ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމު އޮތްގޮތުން، ބަންދުގައި ގިނަ އަދަދެއްގެ މީހުން ތިބެންޖެހޭ މައްސަލަތައް ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ ޝަރީޢަތުގެ މަރުޙަލާ އަވަސް ކުރުންކަން ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވެއެވެ.

އަދި އެކަން ކުރެވެން އޮތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އެކަމަށް ބޭނުންވާ އިމާރާތާއި މުވައްޒަފުން ޝަރުޢީ ދާއިރާއަށް ހޯދައިދީގެންކަން ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

ފަނޑިޔާރުން ސިފަ ކުރައްވާފައިވާ ގޮތުގައި ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިނުދީ ޝަރީޢަތްތައް އަވަސް ކުރަން ނުވަތަ ބަންދުގައި ތިބޭ މީހުންގެ އަދަދު މަދުކުރަން އުއްމީދުކުރުމަކީ ކަނޑުގައި ރޮނގު އެޅުމާއި، ބިންމަތީގައި ހުރެގެން ހަނދުގައި އަތްލުމަށް މަސައްކަތްކުރުން ފަދަ ކަމެކެވެ.

ސުޕްރީމް ކޯޓުގައި މި ޙުކުމް ކުރެއްވީ ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން
28 ޖޫން 2025

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.
04 ޖޫން 2025

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި
05 މެއި 2025

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި
16 ފެބުރުއަރީ 2025

މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި

16 ފެބުރުއަރީ 2025
މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ މާދަމާ ހެނދުނު 11:00ގައި
03 ފެބުރުއަރީ 2025

ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް

03 ފެބުރުއަރީ 2025
ސުޕްރީމްކޯޓުންނާއި ހައިކޯޓުން ފެންކަނޑާލާތާ މަހަކަށް ވުރެ ގިނަ ދުވަސް، މުވައްޒަފުންނަށް ގިނަ ދަތިތަކެއް
15 ޑިސެމްބަރު 2024

ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް

15 ޑިސެމްބަރު 2024
ހައިކޯޓުން ބަލައި ނުގަތުމުން ޖިހާދުގެ މައްސަލަ އެންމެ ފަހުން ސުޕްރީމް ކޯޓަށް
23 ސެޕްޓެމްބަރު 2024

ސާޖަންޓް އާދަމްގެ މަރު: އިތުރު ހެކިތަކަށް ނުބަލައި މައްސަލަ ސާބިތުކުރި ގޮތް ގޯސް، 12 އަހަރަށްފަހު މައްސަލަ އަލުން ބަލަން އަންގައިފި!

23 ސެޕްޓެމްބަރު 2024
ސާޖަންޓް އާދަމްގެ މަރު: އިތުރު ހެކިތަކަށް ނުބަލައި މައްސަލަ ސާބިތުކުރި ގޮތް ގޯސް، 12 އަހަރަށްފަހު މައްސަލަ އަލުން ބަލަން އަންގައިފި!
19 ސެޕްޓެމްބަރު 2024

ހަށިވިއްކުވިކަން ސާބިތުވިނަމަވެސް، މީހުން ޓްރެފިކް ކުރުމުގެ ކުށް ދައުލަތަށް ސާބިތެއް ނުކޮށްދެވުނު

19 ސެޕްޓެމްބަރު 2024
ހަށިވިއްކުވިކަން ސާބިތުވިނަމަވެސް، މީހުން ޓްރެފިކް ކުރުމުގެ ކުށް ދައުލަތަށް ސާބިތެއް ނުކޮށްދެވުނު
23 ޖުލައި 2024

ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި

23 ޖުލައި 2024
 ރައީސް ސާލިޙުގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ނުދޭން ވަކާލާތުކުރުމަށްފަހު ކުއްލިގޮތަކަށް ސަރުކާރުގެ ނިންމުން ބަދަލުވެ މައްސަލަވެސް އަނބުރާ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު