Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ބަޔާނުން އަލްފަންސޯ ޑޭވިސް އަށް އައު އެއްބަސްވުމެއް ހުށަހަޅައިފި

އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މާރިޗު 2024 | ބުދަ 00:22
ބަޔާން މިއުނިކަށް ކުޅެމުން އަންނަ އަލްފަންސޯ ޑޭވިސް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ އަލްފަންސޯ ޑޭވިސް

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކެނެޑާގެ ޑިފެންޑަރު އަލްފަންސޯ ޑޭވިސް އަށް، އެ ކުލަބުގެ ފަރާތުން އައު އެއްބަސްވުމެއް ހުށަހަޅައިފި އެވެ.

އުމުރުން 23 އަހަރުގެ ޒުވާން ޑިފެންޑަރު ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާާކީ އެއް އަހަރު އޮތްއިރު، ބައެއް ކުލަބުތަކުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅޭ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބަޔާންގެ ޑައިރެކްޓަރު މެކްސް އެބާލް ވިދާޅުވީ، ބަޔާނުން ވަނީ ޑޭވިސް އަށް ވަރަށް ރަނގަޅު އަދި ވަރަށް މުހިންމު ހުށަހެޅުމެއް ހުށަހަޅާފައި ކަމަށެވެ. އިތުރަށް އެބާލް ވިދާޅުވީ، ދިރިއުޅުމުގައި އާނއެކޭ ނުވަތަ ނޫނެކޭ ބުނަން ޖެހޭ ޙާލަތްތައް ވެސް އަންނާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ޑޭވިސްގެ ފަރާތުން ވަކި ޖަވާބެއް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ޑޭވިސް ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅޭ ކުލަބުތަކުގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑު ހިމެނޭ ކަމަށް މީޑިއާ ތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ސުވާލު އަމާޒު ކުރުމުން އެބާލް ވިދާޅުވީ، ޑޭވިސްއާ ގުޅޭ އެއްވެސް ކަމެއްގައި މިހާތަނަށް ރެއާލްގެ ފަރާތުން ބަޔާނަށް ހުށަހެޅުމެއް ލިބިފައި ނެތް ކަމަށާއި، އެކަމުގެ މަޝްވަރާއެއް ވެސް ކުރިއަށް ނުގެންދާ ކަމަށެވެ.

ޑޭވިސް ވަނީ މިހާތަނަށް ބަޔާނަށް 182 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 13 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ވެސް އޭނާ އަކީ ބަޔާންގައި މުހިންމު ކުޅުންތެރިޔެކެވެ.

ބަޔާން މިއުނިކްއަލްފަންސޯ ޑޭވިސް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު