Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިޔާސީ މަޤާމުތައް

ސިޔާސީ މަޤާމުތަކަށް މިފަހުން އައްޔަންކުރި ފަރާތްތަކުގެ މައުލޫމާތު ހާމަނުކުރުން: ސަރުކާރުން ބުނަނީ ވެބްސައިޓުގެ ޓެކްނިކަލް މައްސަލައެއްކަމަށް

18 މާރިޗު 2024 | ހޯމަ 07:25

ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ނާކާމިޔާބުވި ފަރާތްތަކާއި، ނަން އަނބުރާ ގެންދިޔަ ފަރާތްތައް މަޤާމުތަކަށް އައްޔަނުކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 މާރިޗު 2024 | ހޯމަ 07:25
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު

މީގެ ކުރިން ސަރުކާރުން ގެންދިޔައީ ސިޔާސީ އިސް މަޤާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ މައުލޫމާތުތައް ރައީސް އޮފީހުގެ ވެބްސައިޓުގައި ހާމަ ކުރަމުންނެވެ.

އެހެންނަމަވެސް، ސިޔާސީ އިސް މަގާމުތަކަށް އިތުރަށް މީހުން އައްޔަނު ނުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު  ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވި ފަހުން އައްޔަނު ކުރައްވާފައިވާ ސިޔާސީ މަޤާމުތަކުގެ ތަފްސީލުތަކެއް ވެބްސައިޓުން ފެންނާކަަށް ނެތެވެ.

އެ ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށެވެ. އެގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަނު ނުކުރަައްވަން ނިންމަވާފައިވާކަމަށް ރައީސް އެ ދުވަހު ވިދާޅުވިއެވެ.

އެހެންނަމަވެސް އޭގެ ފަހުންވެސް ސަރުކާރުން ވަނީ ސިޔާސީ އިސް މަޤާމުތަކަށް އެކި ފަރާތްތައް އައްޔަނުކޮށްފައެވެ. އެގޮތުން މަޖިލިސް އިންތިޚާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ނާކާމިޔާބުވި ފަރާތްތަކާއި، ނަން އަނބުރާ ގެންދިޔަ ފަރާތްތައް އޭގެ ތެރޭގައި ހިމެނެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލުމުން، ޕީއެންސީގެ ކެންޑިޑޭޓާ ދެކޮޅަށް އަމިއްލަ ގޮތުން ނުކުތް ޕީޕީއެމްގެ ސިޔާސީ އެކްޓިވިސްޓް އަދި ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލްއަކީ އޭގެ ތެރެއިން އެއް ފަރާތެވެ.

އޭރު މީސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ނަބީލް ބުނީ، އަމިއްލަ ގޮތުން ވާދަކޮށްފިނަމަ ދާއިރާގެ ވޯޓުތައް ބައިބައިވެ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެން ކަމުން ސަރުކާރުން އެންޑޯޒުކުރާ ކެންޑިޑޭޓްގެ ފަހަތަށް އެރުމަށް ނިންމާފައިވާ ކަމަށް ނަން ނަގަމުން ނަބީލް ބުނެފައިވެއެވެ.

ނައިބު ވަޒީރުކަމުގެ މަގާމަށް އައްޔަންކުރެވުނުކަން ނަބީލު އިއުލާންކޮށްފައިވަނީ އޭގެ ދެތިން ދުވަސް ފަހުންނެވެ.

އެ ވާހަކަތައް މީޑިއާތަކުން ވެސް ރިޕޯޓު ކުރިއެވެ. ނަބީލް އެކަންޏެއް ނޫނެވެ. އޭގެ ފަހުންވެސް އެކިއެކި ސިޔާސީ މަޤާމުތަކަށް ދިޔައީ މީހުން އައްޔަންކުރަމުންނެވެ.

ކަން އެހެންވާން ފެށުމުން، މި ސަރުކާރުގެ ސިޔާސީ މަޤާމުތައް 1500 އާ ހިސާބަށް މިސްރާބު ޖަހާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެކި ފަރާތްތަކުން ބުނަމުންދާ ވާހަކައަށް ބާރު ލިބިދެއެވެ.

އެހެންނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުން އެ މައުލޫމާތުތައް ނުފެންނާތީ މީޑިއާތަކުން ވަނީ ރައީސް އޮފީހުގައި ސުވާލުކޮށްފައެވެ. ރާއްޖެއެމްވީންވެސް އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް އޮފީހުން ބުނެފައިވަނީ، އެ މައުލޫމާތުތައް އަޕްޑޭޓް ނުކުރެވި އެ ވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

މި ހަފްތާ ތެރޭގައި އެ މައުލޫމާތުތައް އަދާހަމަ ކުރުމުގެ މަސައްކަތް ކުރާނެކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. މީގެ އިތުރުން ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާއި ސިޔާސީ މަގާމުތައް ސަރުކާރުން ހާމައެއް ނުކުރެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގަ ހުރި މިޝަންތަކަށް އައްޔަންކުރަމުންދާ ސިޔާސީ މުވައްޒަފުންނާއި އަދި މިނިސްޓްރީތަކަށް ވައްދަމުންދާ އެހެނިހެން ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކަށް ވައްދަމުންދާ ސިޔާސީ މުވައްޒަފުން ވެސް ސަރުކާރުން ސާފުކޮށްދީފައި ނުވެއެވެ.

ހިތާމައަކީ، ދައުލަތުގެ ބަޖެޓަށް ލުއި ކުރެއްވުމަށް ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރެއްވުން ނިންމަވާލައްވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވެ، ރައްޔިތުންނަށް އިތުރުފުޅު ހެއްދެވިކަމެވެ. އަދި ނުވިތާކަށް އެ މައުލޫމާތުތައް ވެސް މިއަދު ހާމަނުކުރައްވާކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

20 ޑިސެމްބަރު 2025

އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

20 ޑިސެމްބަރު 2025
އާދިއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ
17 ޑިސެމްބަރު 2025

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް