Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކައުންސިލް މިނިސްޓްރީ

ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް

17 މާރިޗު 2024 | އާދީއްތަ 07:39

އެއީ ކައުންސިލް ރަމްޒުކޮށްދޭ ކޮމިޓީ އެއް ކަަމަށް ޤަބޫލުނުކުރައްވާކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ވިދާޅުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މާރިޗު 2024 | އާދީއްތަ 07:39
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކާ ބެހޭ ވުޒާރާއެއް އުފައްދަވާކަމަށް އިއުލާނުކުރުމާ ހިސާބުން ވެސް ރައީސް ޑރ. މުއިއްޒުގެ އެ ނިންމެވުމަކީ ކައުންސިލްތަކަށް ނުފޫޒު ފޯރުވާ އެ ކައުންސިލްތަކަށް އެޕާޓީގެ ސަރުކާރުން ދިން ގާނޫނީ ބާރުވެރިކަން ކަނޑުވާލުމަށް ކުރެއްވި ކަމެއް ކަން އެނގިގެން ދިޔަކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީން ބުނެއެވެ.

އެކަމުގެ އެއް ހެކި ފެނިގެން ދިޔައީ ސަރުކާރުން ކެމްޕޭނު ޙަރަކާތްތަކަށް ކައުންސިލުތަކާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާތީ އެކަމާ ހިތްހަމަ ނުޖެހިގެން ނ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނާއި ގުޅިގެން ކައުންސިލް މިނިސްޓްރީން ދެއްކި ވާހަކައިންނެވެ.

ކައުންސިލުގެ ބަޔާން ބާތިލު ކުރަން އެލްޖީއޭއިން އެންގި މައްސަލައިގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކައުންސިލް މިނިސްޓަރ ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައި ކައުންސިލަކުން ކަމަކާއި ގުޅިގެން ނެރޭ ބަޔާނަކާއި ގުޅިގެން އެފަދަ ފިޔަވަޅެއް ނާޅާނެކަމަށެވެ.

ސުވާލަކީ، އެލްޖީއޭއިން އަޅާނެ ފިޔަވަޅުތަކާއި، ނާޅާނެ ފިޔަވަޅުތައް އަދި އެލްޖީއޭއިން އަމަލު ކުރަންވީ ގޮތް ކައުންސިލް މިނިސްޓްރީއަށް ނިންމޭނެތޯއެވެ؟

ކައުންސިލަކުން ޤަވާއިދާ ޚިލާފަށް ކަމެއް ކޮށްފިނަމަ، އެކަންކަން ބަލާނެ ބެލެނިވެރި ފަރާތަކީ އެލްޖީއޭއަށްވީއިރު، އެލްޖީއޭއިން ކުރިއަށް އޮތް ތަނުގައި ފިޔަވަޅު އަޅާނެ ކަންކަމާއި ނާޅާނެ ކަންކަން ސަރުކާރުގެ ވުޒާރާއަކުން ކިޔާދޭން ފެށުމުން، މިއީ ކައުންސިލުތަކާއި އިދާރާތަކުގެ ގާނޫނީ ބާރުވެރިކަން ކަނޑުވާލުންކަމަށް ނުވެ ދާނެތޯއެވެ؟

ދެންވެސް ދައްކަން އޮތީ އެކަމުގެ އެހެން މިސާލެކެވެ.

ކުރީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި، ހައުސިން މިނިސްޓްރީއަށް ލަފާ ދިނުމަށް ސަރުކާރުން އުފެއްދި މިނިވަން ކޮމިޓީއަށް ލަފާ ދިނުމަށް، މާލެ ސިޓީ ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް އުފައްދާފައިވާ ކަމަށް ބުނި ނަމަވެސް އެކަން ކުރީ މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި މަޝްވަރާކޮށްގެން ނޫންކަން ވަނީ ހާމަވެފައެވެ.

އެކަމާ ގުޅިގެން ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނަށް އެކަނި ބަލާލި ނަަމަވެސް، ސަރުކާރުން، ޚާއްސަކޮށް ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރުތަކަށް އަރައިގަންނަމުންދާ މިންވަރު ހާމަވާނެއެވެ.

ހައުސިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައިބުނެފައި ވަނީ "ހައުސިން ކޮމިޓީ"ގެ މުހިއްމު ނިންމުންތައް ނިންމުމުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމަނަން ބޭނުންވާ ކަމަށެވެ.

އަދި އެކަމަށްޓަކައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ މަޝްވަރާ ވެސް ހޯދާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހިސާބުން އުފެދޭ ސުވާލަކީ، ސިޓީ ކައުންސިލުގެ ބައިވެރިވުން ހިމެނުމަށް މަޝްވަރާ ކުރަންޖެހެނީ ކައުންސިލް މިނިސްޓްރީއާތޯއެވެ؟ އެހެންކަމަށްވާނަމަ، ރައްޔިތުންގެ ނުހަނު މަސްލަޙަތު އޮތް މައްސަލައަކާމެދު ލަފާ ދިނުމުގެ ބާރު މި ދޫކޮށްލީ ސަރުކާރުގެ އެއް މިނިސްޓްރީއާއި އަނެއް މިނިސްޓްރީއާ ދެމެދު ކުރެވުނު މަޝްވަރާގެ މައްޗަށް ނިންމުނު ކޮމިޓީއަކަށްތާއެވެ.

އެގޮތުގެ މަތިން ފަސް ކައުންސިލަރުންގެ ކޮމިޓީއެއް، މިނިސްޓަރު ޑރ. އަލީ ހައިދަރު އެކުލަވާލައްވާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. 

އެހެންނަމަވެސް، އެއީ މަޝްވަރާ ކުރުމެއް ނެތި ކޮށްފައިވާ ކަމެއްކަމަށްވާތީ، އެއީ ކައުންސިލް ރަމްޒުކޮށްދޭ ކޮމިޓީ އެއް ކަަމަށް ޤަބޫލުނުކުރައްވާކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ވިދާޅުވެއެވެ.

ސުވާލަކީ، ކައުންސިލުތަކުގެ މައްޗަށް ސަރުކާރުގެ ބާރު ހިންގައި، ކައުންސިލުތަކުގެ ބާރު ކަނޑުވާލުމަށް އަދި މިފަދަ ކިތައް ކަންކަން ހިނގާނެތޯއެވެ؟ މިކަންކަން މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީތަކުންވެސް ބަލަން ޖެހެއެވެ.

ނޫނީ މިއީ އަލުން އަނެއްކާވެސް 2013 ގައި އުފެދުނު ޕީޕީއެމްގެ ވެރިކަމުގައި ރައްޔިތުންގެ އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ އުނިކޮށް, ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރު އަނެއްކާވެސް ކަނޑުވާލުމުގެ ފިކުރު މި ސަރުކާރުން އިއާދަކުރުމަށް ކުރަމުންދާ ކަންކަން ކަމަށް ބުނެ ނިންމާލައިގެން ތިބޭނީތޯއެެވެ؟

މިނިސްޓްރީ އޮފް ހައުސިން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް
14 ޑިސެމްބަރު 2024

އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ

14 ޑިސެމްބަރު 2024
އަލިފާނުގެ ހާދިސާ އާއި ގުޅިގެން ތަހުގީގުކުރުމަށް ބޭރުގެ އެހީ ހޯދަނީ
09 ޖޫން 2024

ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި

09 ޖޫން 2024
ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ހައުސިން މިނިސްޓްރީން ސޮއިކޮށްފި
07 މެއި 2024

ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

07 މެއި 2024
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
04 މެއި 2024

ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ

04 މެއި 2024
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
07 އެޕްރީލު 2024

ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި

07 އެޕްރީލު 2024
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
01 އެޕްރީލު 2024

ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"

01 އެޕްރީލު 2024
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
01 އެޕްރީލު 2024

ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް

01 އެޕްރީލު 2024
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
15 މާރިޗު 2024

ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

15 މާރިޗު 2024
ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި
14 މާރިޗު 2024

ގޯތީގެ ރަޖިސްޓްރީތަކާ ހަވާލުވުމަށް ފަހު ފުރުސަތު ދީފި

14 މާރިޗު 2024
ގޯތީގެ ރަޖިސްޓްރީތަކާ ހަވާލުވުމަށް ފަހު ފުރުސަތު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް