Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަލަސްތީން އިސްރާއީލް ހަނގުރާމަ

މުލަ ރޯދަ ދުވަސް ޣައްޒާއިން: ހާރު ނުކެވުނުތާ، ރޯދަ ވީއްލޭނެ ގޮތެއްވެސް ނެތް!

މި ފެށުނު ރަމަޟާން މަހަކީ ޣައްޒާގެ ރަށްވެހިން ދުށް އެންމެ ހިތްދަތި ރަމަޟާން މަސް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 17 މާރިޗު 2024 | އާދީއްތަ 07:19
މި ރަމަޟާން މަހު ދިރިއުޅެން ޖެހިފައި އޮތީ ފިތިބާރުވެފައިވާ ކޭމްޕްތަކުގައި، ކިރިޔަކިރިޔާ ބޯ ހިޔާ ކޮށްލެވޭ ފަދަ ޓެންޓެއްގައި

މި ރަމަޟާން މަހު ދިރިއުޅެން ޖެހިފައި އޮތީ ފިތިބާރުވެފައިވާ ކޭމްޕްތަކުގައި، ކިރިޔަކިރިޔާ ބޯ ހިޔާ ކޮށްލެވޭ ފަދަ ޓެންޓެއްގައި

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ގޭތެރެ ޒީނަތްތެރި ކުރުމަކީ ފިދާ ޙާމިދު ޤަވައިދުން ކޮށް އުޅުނު ކަމެކެވެ. ރޯދަ ވީއްލާ ވަގުތަށް ޚާއްޞަކޮށްގެން، ވީ ވަރަކުން އެކި ބާވަތްބާވަތުގެ ކާބޯތަކެތި ތައްޔާރު ކުރެއެވެ. މި އަހަރު ފިޔަވައެވެ. ނިރުބަވެރި އިޒްރޭލުން ހިންގަމުންދާ ވަރުގަދަ ޤަތުލުޢާންމުގައި ގެދޮރު ގެއްލި، ފިދާގެ ޢާއިލާ މިއަދު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާވައްސެއްގައެވެ. ފިދާ ނިސްބަތް ވަނީ ޚާން ޔޫނިސްއަށެވެ. މިއަދު އެ ޢާއިލާއަކީ ޣައްޒާގެ އެންމެ ދެކުނުގައި ތޮއްޖެހިފައިވާ ދޮޅު މިލިއަނަށް ވުރެ ގިނަ މީހުންގެ ތެރޭގައި ގުނާލެވޭ ބައެކެވެ.

ހިނގަމުން މިދާ 1445 ވަނަ އަހަރުގެ ރަމަޟާން މަހަކީ ފިދާއާއި އޭނާގެ ޢާއިލާއަށް ތަފާތު ދުވަސްތަކެކެވެ. ދިރިއުޅެން ޖެހިފައި އޮތީ އެތައް ބަޔަކު ފިތިބާރުވެފައިވާ ކޭމްޕެއްގައެވެ. ކިރިޔަކިރިޔާ ބޯ ހިޔާ ކޮށްލެވޭ ފަދަ ޓެންޓެއްގައެވެ. ކާބޯތަކެއްޗާއި، ގައްގާ ގޭހާއި، ބޭސް ލިބުން އިންތިހާއަށް ދައްޗެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ރޯދައަށް ހުރުމަށްޓަކައި ސުހޫރު ނުވަތަ ހާރުވެސް ކެއްކޭނެ ފަދައެއް ފިދާއަކަށް ނެތެވެ. ކައްކާނެ ގޭހެއް ނެތެވެ. ބޭރުގައި ހުޅުޖަހައިގެން ކައްކާލެވޭ ވަރަށް ވުރެ ފިނި ގަދައެވެ.

ސުހޫރަށް ކައްކާލެވޭނެ ފަދައެއް ނެތް އިރު، ފުރަތަމަ ދުވަހު ރޯދަވީއްލަން އެއްޗެއް ހަދާނެ ގޮތެއްވެސް ނެތެވެ. ހުރިހާ އެއްޗެއްގެ އަގު އުފުލިފައި ވަނީ އަތް ނުފޯރާ ހިސާބަށެވެ. މޭވާއާއި ތަރުކާރީގެ އަގުތައްވެސް އެހާމެ ބޮޑެވެ. އެއީ ފިދާގެ އެކަނި ޝަކުވާއެއް ނޫނެވެ. ޣައްޒާގެ މުޅި ޢާބާދީއަށް ހެން ކުރަން ޖެހިފައި އޮތް ޝަކުވާއަކީ އެއީއެވެ.

މި ދުވަސްވަރަކީ ޙަމަލާތައް މަޑުޖައްސާލުމުގެ މަޝްވަރާތައް ކުރިއަށް ދާ ދުވަސްވަރެވެ. ފިދާމެންގެ އުންމީދަކީ ވަގުތީ އެއްބަސްވުމެއްގެ ބަދަލުގައި، ދާއިމަށް ޙަމަލާތައް ހުއްޓާލުމެވެ. އަމިއްލަ ގެދޮރަށް ގޮސް، ރަމަޟާން މަހުގެ ރޫޙު ދިރުވާ އާލާ ކުރުމެވެ.

މި ފެށުނު ރަމަޟާން މަހަކީ ޣައްޒާގެ ރަށްވެހިން ދުށް އެންމެ ހިތްދަތި ރަމަޟާން މަހެވެ. ދޮށީ ޢުމުރުގެ މީހުންގެ ފަރާތުންވެސް އިވުނީ ހަމަ އެ އަޑެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންރަމަޟާން 1445ދުނިޔެ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
20 މާރިޗު 2025

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 
04 ފެބުރުއަރީ 2025

ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ

04 ފެބުރުއަރީ 2025
ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ
01 ފެބުރުއަރީ 2025

ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި

01 ފެބުރުއަރީ 2025
ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި
26 ޖެނުއަރީ 2025

ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"

26 ޖެނުއަރީ 2025
ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"
26 ޖެނުއަރީ 2025

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި

26 ޖެނުއަރީ 2025
ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި
25 ޖެނުއަރީ 2025

ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި

25 ޖެނުއަރީ 2025
ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު