Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތިތައް

މި ސަރުކާރުން މަސައްކަތްކުރަނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ބަޔަކަށް ގޯތިތައް ދިނުމަށް: އަކްރަމް

ބިންވެރިން ތިބީ ވާނުވާގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މާރިޗު 2024 | ހޮނިހިރު 07:51
ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން

ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން

މި ސަރުކާރުން މަސައްކަތްކުރަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތިތައް ލިބިފައިވާ މީހުންގެ ގޯތިތައް އަތުލައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ބަޔަކަށް އެ ގޯތިތައް ދިނުމަށް ކަމަށް، ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ 5 މެންބަރުންގެ ހައުސިންގ ކޮމިޓީއެއް އެކުލަވާލައި އެކަން އާއްމުކުރުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭނެކަމަށް ސަރުކާރު ގެޒެޓުގައި ޝާއިއުކޮށްފައިވާ ފަރާތްތަކަށް އެ ގޯތި ހަވާލުކުރުމަކީ ލާޒިމު ކަމެއް ކަމަށެވެ.

ސަރުކާރު ބަދަލުވުމާއެކު ގޯތި ހަވާލުކުރުމުގެ ޕްރޮގްރާމް ހުއްޓައިލިކަމަށާއި، އެތައް ބިންވެރިންނެއް މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓަށް ގޮސް ވާނުވާ ބަލަމުންދިޔައިރު، އެކި ފަހަރު އެމީހުން ދިނީ އެކި ޖަވާބު ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބިންވެރިން ތިބީ ވާނުވާގައި ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވިގޮތާ ޚިލާފަށް އެމަނިކުފާނުގެ ދޮގު ދޮލަނގު ޕްރޮގްރާމް ހިންގަވަން ފައްޓަވާފައި ވާކަމަށް އަކްރަމް ތުހުމަތުކުރެއްވިއެވެ.

ޕޯޓަލަށް އިޝާރާތްކުރައްވައި އަކްރަމް ވިދާޅުވީ، ރަޖިސްޓްރީ ހަވާލުކުރަމުން ދަނީ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދައިގެން ކަމަށާއި، އެ ޕޯޓަލަށް ވަނުމަށް ބިންވެރިންނަށް ވަރަށް ތަކުލީފު އުފުލަންޖެހޭ ކަމަށެވެ. އެޕޮއިންޓްމަންޓް ހެއްދުމަށް ދެނީ ވެސް ވަކި މުހުލަތެއް ކަމަށާއި، އެޕޮއިންޓްމެންޓް ނުލިބޭ މީހުން ނުވަތަ އެކަމަށް ނޭދެވުނު މީހާއަށް ވާންވީ ގޮތް ނޭނގޭކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މި ގޮތަކަށް މިކަން ނުކުރެވޭނެ ކަމަށާއި، ރައްޔިތުންގެ އަޑު އުފުލާނެ ކަމަށެވެ. އަދި މިނިސްޓްރީ ސާފުކޮށް ވާންވީ ގޮތް ނުބުނެ، ހާމަނުކުރަނީ ނާންނަ މީހުންގެ ގޯތިތައް އަތުލައި، ރައީސް މުއިއްޒު ބޭނުންފުޅުވާ ބަޔަކަށް ގޯތިތައް ބަހައިލުމަށް ކަމަށް އަކްރަމް ތުހުމަތުކުރެއްވިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން، ކުރީ ސަރުކާރުން އާންމުންނަށް ދީފައިވާ ގޯއްޗެއް އަތުނުލައްވާނެ ކަމަށާއި، އެހެންނަމަވެސް ގޯތި ދީފައިވާ ސަރަހައްދުތައް ބަދަލުވެދާނެ ކަމަށް އައު ސަރުކާރުގެ ހައުސިންގ މިނިސްޓަރު، ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ. އެކަމުގައި ސަރުކާރުން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާކަމަށް ބުނެ، ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 19639 މީހުންނަށް ގޯތި ލިބެއެވެ. އެއީ ހުޅުމާލެއިން 1351 ބިން، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިމެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ.

ބިންވެރިޔާ ސްކީމްގޯތި ގެދޮރުއަކްރަމް ކަމާލުއްދީން

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް

16 އޮކްޓޯބަރު 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު