Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް

15 ނޮވެމްބަރު 2023 ގެ ލިސްޓުން 15 އަހަރު ވަންދެން މާލޭގައި ދިރިއުޅެފައިވާ ފަރާތްތައް އުނިކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 07:28
ކުރީގެ ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި އެމްޑީޕީގެ ބޯހިޔާވަހި ކަމުގެ ކޮމިޓީގެ މުގައްރިރު އަކްރަމް ކަމާލުއްދީން

ކުރީގެ ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަދި އެމްޑީޕީގެ ބޯހިޔާވަހި ކަމުގެ ކޮމިޓީގެ މުގައްރިރު އަކްރަމް ކަމާލުއްދީން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ ކަމަށާއި، ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަ ދައްކަވަމުން ގެންދަވަނީ ވާނުވާ ވެސް ނޭނގި ހުންނަވައިގެން ކަމަށް އެމްޑީޕީގެ ބޯހިޔާވަހި ކަމުގެ ކޮމިޓީގެ މުގައްރިރު އަދި ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ ކޮމިޓީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ 15 ނޮވެމްބަރު 2023 ގެ ލިސްޓަށް ފުލެޓް ދޭނެކަމަށް މި ސަރުކާރުން ބުނުމަށްފަހު ވެސް 15 އަހަރު ވަންދެން މާލޭގައި ދިރިއުޅެފައިވާ ފަރާތްތައް ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ. އަކްރަމް ވިދާޅުވީ ފުލެޓް ނުލިބޭނެ ކަމަށް ބުނެ މި ސަރުކާރުން ސިޓީ ފޮނުވި ބައެއް ފަރާތްތަކަށް ފުލެޓް ލިބިފައިވާ ކަމަށާއި، އަދި ސިޓީ ލިބުނު ބައެއް ފަރާތްތަކަށް ފުލެޓް ނުލިބެނީ މޭޒު ދަށުން 250،000 ރުފިޔާ ފޯރުކޮށްދިނުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ކަމަށެވެ.

Advertisement - newsAdvertisement

އަކްރަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމް ކުރީ ސަރުކާރުން ހިންގާފައިވަނީ މީގެ ކުރިން ސަރުކާރުން ހިންގާފައިވާ ހުރިހާ ސްކީމެއްގައި ވެސް އަމަލުކޮށްފައިވާ ގޮތަށް ކަމަށާއި، އެއީ އެއް އާއިލާއަކަށް ދެ ބޯހިޔާވަހިކަމެއް ނުލިބޭ ގޮތަށް ކަމަށެވެ.

ނަމަވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވެފައިވަނީ އަޅުގަނޑުމެން ސަރުކާރުގައި 900 އެތައް ބަޔަކަށް އެގޮތަށް ފުލެޓު ދިފައިވާ ކަމަށް. ކަނޑައެޅިގެން އިތުރުފުޅެއް. މުޅިން އޮޅުވާލީ. މިހާރު އެބޭފުޅުން އެކަން ކުރައްވަމުން އެ ގެންދަވަނީ. އެއީ އަޅުގަނޑުމެން އޮންނާނެ އަނބިމީހާ ފިރިމީހާ އަށް ކުރިން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތަކާއެކު އެއްބަސްވުން ހަދާފައި ނުވާނެ. އަދި އަނބިމީހާ އަދި ފިރިމީހާ ގެދޮރުވެރިޔާގެ ސްކީމަށް ފޯމް ހުށަހަޅާފައިވާނަމަ އެދެމެފިރިންނަށް އެލޮކޭޓް ކޮށްފައިވަނީ 1 ފުލެޓް. އަނބިމީހާ އަދި ފިރިމީހާ މި ސްކީމުގެ ދެ ކެޓަގަރީއަށް ވަކިން ފޯމް ލާފައިވާނަމަ އެ ދެމަފިރިންނަށް ހިޔާރުކުރަން ފުލެޓް ހުންނާނީ ހޯލްޑް ކުރެވިފައި.
އެމްޑީޕީގެ ބޯހިޔާވަހި ކަމުގެ ކޮމިޓީގެ މުގައްރިރު އަކްރަމް ކަމާލުއްދީން

އަކްރަމް ވިދާޅުވީ ހޯލްޑް ކުރި ފުލެޓްގެ ވާހަކަ މިނިސްޓަރު މުއްތަލިބު ދައްކަވަމުން ގެންދަވަނީ، އެމްޑީޕީ ސަރުކާރުގައި 76 އިން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ފުލެޓް ނުދީ އެބަހުރިކަމަށް ވިދާޅުވެ ކަމަށެވެ. އަދި އެއީ ކަނޑއެޅިގެން އިތުރުފުޅެއް ކަމަށާއި، މި ސަރުކާރަކަށް އެކަން ހިނގާފައި އޮތްގޮތެއް ނޭނގޭ ކަމަށެވެ.

އަކްރަމް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެ މަސައްކަތް ކުރީ ސިވިލް ސަރވިސް މުވައްޒަފުން ބައިވެރިކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރުކަމުގައި ސިޔާސީ މީހުން އެކަނި ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ގޮތާއި ހިލާފަށް ކަމަށެވެ.

އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް ގެންދިޔައި ސިވިލް ސަރވިސް މުވައްޒަފުން ބައިވެރިކޮށްގެން. ސިވިލް ސަރވިސް މުވައްޒަފުން ތިބޭނީ އަޅުގަނޑުމެން ސިޔާސީ މުވައްޒަފުންނަކީ އައިސް ގޮސްވާ ބައެއް. ކޮންޓިނިއުޓީ ބޭއްވުމަށްޓަކައި އެކަން ހިނގާ ގޮތް ދެނެގަތުމަށްޓަކައި އަޅުގަނޑުމެން ސިވިލް ސަރވިސް މުވައްޒަފުން ގޮަވައިގެން އެކަން ކުރީ. މިބޭފުޅުން އައިސް ކުރި ކަމަކީ ސިވިލް ސަރވިސް މުވައްޒަފުންނަކީ ކުރީ ސަރުކާރުގައި ބައިތިއްބާފައި ތިބި މީހުންނޭ ކިޔައިގެން އެމީހުން ބޭރުކޮށްލީ. ބޭރުކޮށްލީމާ އެބޭފުޅުންނަށް ނޭނގޭ ވާނުވާއެއް. މުއްތަލިބަކަށް ނޭނގެ ވާނުވާއެއް.
އެމްޑީޕީގެ ބޯހިޔާވަހި ކަމުގެ ކޮމިޓީގެ މުގައްރިރު އަކްރަމް ކަމާލުއްދީން

ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މީގެ ކުރިންވެސް އެކި ސްކީމްތަކުގައި ފްލެޓު ލިބުނު 976 ފަރާތެއް ގެދޮރުވެރިޔާގެ ލިސްޓުގައި ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން 76 މާކްސް ލިބިފައިވާ 645 ފަރާތެއް ހިމެނޭ ކަމަށެވެ. ނަމަވެސް އަކްރަމް ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ.

ގެދޮރުވެރިޔާ ސްކީމްބޯހިޔާވަހިކަންއަކްރަމް ކަމާލުއްދީން

ކޮމެންޓް

އިތުރަށް ކިޔާލަން

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

21 ނޮވެމްބަރު 2025
ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

18 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭނގި، މުޅިން ބޭކާރުވި 365 ދުވަހަށް!

ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭނގި، މުޅިން ބޭކާރުވި 365 ދުވަހަށް!

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު