Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓުން

އެއްވެސް ތަހުގީގެއް ނުކޮށް ދެވަނަ ފަހަރަށް އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ އިސްތިއުނާފުކޮށްފި

ޕާސްޕޯޓު ދެވަނަ ފަހަރަށް ހިފަހެއްޓީ 20 ޖެނުއަރީން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2025 | ބުދަ 09:25
ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

އެއްވެސް ތަހުގީގެއް ނުކޮށް ދެވަނަ ފަހަރަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު އަކުރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އަކްރަމްގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ "ގެދޮރުވެރިޔާ" ސްކީމާއި ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެދިގެންނެވެ. ޕާސްޕޯޓު ހިފަހެއްޓީ 20 ޖެނުއަރީން ފެށިގެން އަންނަ މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.

Advertisement - newsAdvertisement

މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ހުށަހަޅާފައިވާއިރު އޭގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/PHA/2025/13 ކޯޓު އަމުރުން އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) އަދި (ބ) އާ ހިލާފަށް ކަމަށް އިސްތިއުނާފުގައި ބުނެފައިވެއެވެ.

އެގޮތުން އަކްރަމް ކަމާލުއްދީންގެ ޕާސްޕޯޓު ހިފަހައްޓައި، އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތުގައި އޭނާ ދިވެހިރާއްޖެއިން ފުރައިގެން ދިޔުން މަނާކުރުމުގެ އަމުރު ނެރުއްވާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާއަށް ރިއާޔަތްކޮށްގެންކަމަށް އެ އަމުރުގައި ބަޔާންކޮށްފައިވީނަމަވެސް، ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދުމަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިދީފައިވާ ބާރަކަށްވީނަމަވެސް، އެ މާއްދާގެ ދަށުން މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދުމަށްޓަކައި އެ މީހަކު ކުށެއް ކުރަމުންދާކަން/ ކޮށްފިކަން/ ކުރަން އުޅޭކަމަށް ގަބޫލުކުރެވޭ މިންވަރުގެ އެކަށީގެންވާ ހެކިލިބިފައި ވާންޖެހޭކަމާއި އެ މީހަކު ފިލައިގެން ދާން އުޅޭ ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރުން؛ މި ދެ ކަންތައް ވެސް ފުރިހަމަވާންޖެހޭކަން އެ މާއްދާގެ ނައްސުން އެނގެން އޮންނަ ކަމަށެވެ.

އަދި ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، އަކްރަމް ކަމާލުއްދީން ދިވެހިރާއްޖެ ދޫކޮށް ފިލައިގެން ދާން އުޅޭ ކަމަށް ބެލެވޭ ސަބަބަކީ، އޭނާއަކީ، ދިވެހިރާއްޖެއިން ބޭރުގައި އުޅުމުގެ މާލީ ތަނަވަސްކަން ހުރި ފަރާތެއްކަން އޭނާގެ ބޭންކް ސްޓޭޓްމަންޓްއިން އެނގެން އޮތުމެވެ. އެހެންނަމަވެސް، މި ސަބަބަށް ބާރުދޭ ހެކީގެ ގޮތުގައި ހުށަހަޅާފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކުރާ ހެކިތަކަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަބްދުﷲ ޖިހާދު ގަޒިއްޔާގައި ބުނެފައިވާ ފަދަ، ތުހުމަތުގައިވާ މީހާ ފިލައިގެން ދާން އުޅޭ ކަން ކޮރޮބޮރޭޓްކޮށްދޭ ފަދަ ހެކިތަކެއް ނޫން ކަމަށް އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން އިން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ހިމެނޭ ބޭންކް ސްޓޭޓްމަންޓާއި ޓްރެވަލް ހިސްޓްރީ އިން ދަލާލަތުކޮށްދޭނެ ކަމަކީ، އޭނާގެ މާލީ ހާލަތު ހުރި ގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ މާލީ ގާބިލްކަން އޭނާގެ ހުރިކަމަށެވެ. އަދި ޓްރެވަލް ހިސްޓްރީއިން ދަލާލަތުކޮށްދޭނީ، މާޒީގައި އޭނާ ރާއްޖެއިން ބޭރަށް ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލެވެ. މި ލިޔުންތަކަކީ، އޭގެ ޒާތުގައިވެސް، އޭނާއަށް ލިބިފައިހުރި މާލީ ގާބިލްކަމުގެ ބޭނުންކޮށްގެން، ރާއްޖެއިން ފިލައިގެން ދިޔުމަށް ރޭވުމެއް ރާވަމުންގޮސްފައިވާކަމަށް ބާރުދޭނެ ހެއްކެއް ނޫން ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރަށް، ފިލައިގެން ދާން އުޅޭ ކަމަށް ބާރުދޭ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، މައްސަލައާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ޕްލިމިނަރީ ރިޕޯޓެވެ. މި ރިޕޯޓަކީ، ތުހުމަތުކުރެވޭ މައްސަލައިގައި ކޮމިޝަންގެ ހޯދުންތަކުގެ މައްޗަށް އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ފިލައިގެން ދާން އުޅޭ ކަމަށް ބެލުމަށްޓަކައި 'ރިލެވެންޓް' ހެއްކެއް ނޫން ކަމަށް ފާހަގަކޮށްފައިވެއެވެ.

އަކްރަމް ކަމާލުއްދީންގެ މައްޗަށް ކޮށްފައިވަނީ،  "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާތީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) (ށ) ގެ 1 އަދި 2 ވަނަ ނަންބަރުގެ ދަށުން ރިޝްވަތު ހުށަހެޅުމާއި އާއި އެ ގާނޫނުގެ 513 ވަނަ މާއްދާގެ (ށ) ގެ 1 އަދި 2 ވަނަ ނަންބަރުގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ރަސްމީ ހައިސިއްޔަތާއި ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ތުހުމަތުތަކެވެ. މި ހާލަތުގައި ކޯޓުން ބަލަންޖެހޭނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި އޭނާއާ ގުޅުވާލެވޭ، ނުވަތަ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކޮށްފައިވާކަމަށް ބާރުދޭ ހެކި ލިބިފައިވޭތޯ ކަމަށް އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ.

އަދި ކޯޓު އަމުރަށް ބަލާއިރު، މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ މައްސަލައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރިލިމިނަރީ ރިޕޯޓަކާއި، ވެރިފަޔަރ ސުބުހަތު އަލީ ވަޒީފާއިން ވަކިވިފަހުންވެސް އެ ފަރާތުގެ ލޮގިން ބޭނުންކޮށްގެން، ތުހުމަތުކުރެވޭ ފަރާތްތަކުން ފޯމުތަކަށް ބަދަލުގެނެސްފައިވާކަން އަންގައިދޭ ލިޔެކިޔުން ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުގެ ހޯދުންތައް ހިމެނޭ ޕްލިމިނަރީ ރިޕޯޓަކީ، ތަހުގީގަށް ފެންނަ ކަންކަމުގެ މައްޗަށް ތައްޔާރުކުރެވިފައިވާ އިނީޝަލް ރިޕޯޓެއްކަން ދޭހަވެއެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައި ހުންނާނެ ކަމަށް ބެލެވެނީ، ކޮމިޝަނަށް ދޭހަކުރެވޭ ކަންކަމެވެ. ނަމަވެސް، އެ ރިޕޯޓަކީ، އޭގެ ޒާތުގައި، އެ ރިޕޯޓުގައި ބަޔާންކުރާ ވަކި ކަމަކަށް ބާރުދޭ ހެއްކާ ވަކިން ބުރަދަނެއް ދެވިދާނެ ހެއްކެއް ނޫން ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ގެދޮރުވެރިޔާ ޕޯޓަލް އަށް އެކްސެސްވެގެން ފޯމުތަކަކަށް ބަދަލު ގެނެސްފައިވާކަން އަންގައިދޭ ލިޔެކިޔުންތަކުގެ ވާހަކަ ބަޔާންކޮށްފައިވާއިރު، ޕޯޓަލް އަށް އެކްސެސް ވެފައިވަނީ، ސުބުހަތު އަލީ ކިޔާ މީހެކެވެ. ތިންވަނަ ފަރާތަކުން ޕޯޓަލް އަށް އެކްސެސްވެފައިވަނީ އަކްރަމް ކަމާލުއްދީންގެ އެނގުމާއި ފެނުމުގެ ތެރެއިން ނުވަތަ އޭނާގެ އިރުޝާދުގެ ދަށުންކަން އެނގޭނެ އެއްވެސް ހެއްކެއް ނެތި، މި ލިޔެކިޔުންތަކާ އަކްރަމް ކަމާލުއްދީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅުވާލެވޭނެ ހަމައެއް ނޯންނާނެ ކަމަށް އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ހިމެނެއެވެ.

އަކްރަމްގެ ފަރާތުން ހުށައެޅުއްވި ނުކުތާތަކުގައި ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް އެއް އަހަރު ވެގެންދާއިރު، ހަގީގަތުގައިވެސް، އަކްރަމް ކަމާލުއްދީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި އަސާސެއް އޮތްނަމަ، އަދި ކުށްކޮށްފައިވާކަމުގެ އެކަށީގެންވާ ހެކި ހުރިނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދުނު އިރު އިތުރު ހެކި ގަރީނާ ހުށަހަޅާނެ ކަމަށެވެ. މީގެންވެސް ހާމަވާ ކަމަކީ، ތަހުގީގު އެތަށް ގުނައަކުން ދިގުލައިގެން ގޮސްފައިވާއިރުވެސް، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުދޭ އެކަށީގެންވާ ހެކި ނެތްކަން ކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، އިސްތިއުނާފުކުރެވޭ އަމުރު ހޯދުމަށް އެދުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނުނިޔަތް އޮތްކަންވެސް ހާމަވާކަމުގައި ދެކެމެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަކްރަމް ކަމާލުއްދީންގެ މައްޗަށް ތަހުގީގު ހިނގަމުންދާއިރު، އެ މުއްދަތުގެ ތެރޭގައި، އޭނާގެ ޕާސްޕޯޓު ހިފަހައްޓަންޖެހޭ ފަދަ ހާލަތެއް އޮތްކަމަށް އެ ކޮމިޝަނަށް ފެނިވަޑައިގެންފައިނުވާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، ހަމަ އެ މުއްދަތުގެ ތެރޭގައިވެސް އޭނާގެ ބޭންކް ސްޓޭޓްމަންޓާއި ޓްރެވަލް ހިސްޓްރީ އިން އޭނާއަކީ ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ މާލީ ގާބިލްކަން ހުރި ފަރާތެއްކަން އެނގެން އޮންނާނެކަން ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރެވެމުންމިދާ މައްސަލައިގައި އަކްރަމް ކަމާލުއްދީންގެ ފަރާތުން ކުށުގެ އަމަލު ހިންގާފައިވާނަމަ، އެކަން އެނގޭނެ ހެކިތަކެއް މިހާތަނަށް ހޯދިފައިނުވަނީވެސް، އެފަދަ އަމަލެއް ހިންގާފައިނުވާތީ ކަމަށް ބުނެފައިވެއެވެ. އަދި ތަހުގީގުގެ މި ވޭތުވެދިޔަ މުއްދަތުގައި އޭނާއަށް ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރުމަށް އެއްވެސް ކަހަލަ ހުރަހެއް ކުރިމަތިކުރުވާފައިނެތްއިރު، މިހާރު މިފަދަ އަމުރަކަށް އެދެންޖެހޭނީ، ކުރިން އޮތް ހާލަތު ބަދަލުވެގެންދާ ފަދަ ކަމެއް މެދުވެރިވިނަމައެވެ. މައްސަލައިގައި ލިބިފައިވާކަމަށް ބުނާ ހެކިތައް އަދިވެސް ހުރީ ހަމަ ހުރި ގޮތުގައެވެ. އޭނާ ކުއްލިއަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމަށް މަސައްކަތް ނުކުރާއިރު، ބަދަލުވެގެންދިޔަ ހާލަތަކީ ކޮބައިކަންވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ސާފުކޮށްދޭންޖެހޭ ކަމުގައި ދެކޭ ކަމަށް ފާހަގަކޮށްފައިވެއެވެ.

އަދި އިސްތިއުނާފުކުރާ ފަރާތުން ދެކޭ ގޮތުގައި، މިދަނޑިވަޅުގައި، އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް އެދުމުގެ ފަހަތުގައި ވަނީ،  ގެދޮރުވެރިޔާ ސްކީމްގެ ދަށުން މި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކަކުން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުތައް ފެންމަތިވުމާ ގުޅިގެން، އެކަންކަމުގައި ފަރުދާ އަޅުވައި، މުޅި މައްސަލައިގެ މިސްރާބު އެހެން ދިމާލަކަށް އަނބުރާލުމުގެ ނުނިޔަތެކެވެ. އެހެންނޫންނަމަ، މީގެ ކުރިންވެސް، ތަހުގީގު ކުރިއަށް ދިޔަ މުއްދަތުގައި އޭނާ ފިލައިގެން ގޮސްދާނެ ކަމުގެ ބިރު އޮތްކަމަށް ބުނެ، ފުރުން މަނާކުރުމުގެ އަމުރަކަށް އެދުމުގެ ފުރުސަތު އޮތީ ހުޅުވިފައި ކަމަށް ވެސް އިސްތިއުނާފީ ނުކުތާގައި ބުނެފައިވެއެވެ.  

އެހެންކަމާއެކު، ކްރިމިނަލް ކޯޓުގެ އަމުރަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 75 ވަނަ މާއްދާގެ (ހ) އާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅުއްވައިދެއްވައި، އެ އަމުރު ބާތިލްކޮށްދިނުމަށް އެދިފައިވެއެވެ.

އަކްރަމް ކަމާލުއްދީންކްރިމިނަލް ކޯޓްހައި ކޯޓުއެންޓި ކޮރަޕްޝަން ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު